އަރަބިދުނިޔެދިއިސްލާމްދުނިޔެ

އެމެރިކާގެ އެހީތެރިކަމަށް މިސްރުގެ ރައްޔިތުންގެ ދެކޮޅުވެރިކަން އިތުރުވަނީ!


އެމެރިކާއިން، މިސްރުގެ އިޤްތިޞާދީ ދާއިރާއަށް ދެމުން ގެންދާ އެހިތަކާ، މިސްރުގެ ރައްޔިތުން ދެކޮޅު ހަދާ މިންވަރު އިތުރުވަމުން ދާކަމަށް ސާވޭއަކުން ދަށްކައިފިއެވެ.

މިދިޔަ ފެބްރުއަރީ މަހުކުރި ދިރާސާ އަކަށް ފަހު ގެލަޕް ޕޯލިން އޯގަނައިޒޭޝަން އިން ހާމަ ކުރި ގޮތުގައި، މިސްރުގެ ރައްޔިތުންގެ 80 އިންސައްތަ އަށްވުރެއް ގިނަ މީހުން، އެމެރިކާއިން ދެމުން ގެންދާ އެހީތަކާ ދެކޮޅެވެ. މިއީ، ނިމިގެން ދިޔަ 2011 ވަނަ އަހަރުގެ އޭޕްރީލް މަހާ އަޅާ ބަލާއިރު 30 އިންސައްތައިގެ ކުރި އެރުމެކެވެ. އަދި ޑިސެމްބަރ މަހާ އަޅާ ކިޔާ އިރު 11 އިންސައްތައިގެ ކުރި އެރުމެކެވެ.

މީގެ އިތުރުންވެސް ގެލަޕް  އިން ހާމަ ކުރި ގޮތުގައި، މިސްރުގެ އާބާދީގެ 85 އިންސައްތަ މީހުން، އެމެރިކާއިން، މިސްރުގެ އެކި ޖަމްޢިއްޔާ ޖަމާޢަތްތަކަށް ދެމުން ގެންދާ އެހީތަކާވެސް ދެކޮޅެވެ. މިކަމަށް ދެކޮޅު ހަދާ މީހުންގެ ނިސްބަތް ވަނީ ނިމިގެން ދިޔަ އަހަރުގެ ފަހު ދެތިން މަސްދުވަހަށް ވުރެއް 10 އިންސައްތަ އިތުރުވެފައެވެ.

ގެލަޕް އިން އޭޕްރީލް މަހު ކުރި އެހެން ދިރާސާއަކުން ދަށްކާ ގޮތުން، މިސްރުގެ އާބާދިގެ 56 އިންސައްތަ މީހުން، މިސްރުން ވޮޝިންޓަން އާ އެކު ގާތް ގުޅުމެއް ބޭއްވުމަކީ ޤައުމަށް ގެއްލުން ހުރި ކަމެއް ކަމަށް ދެކޭކަމަށްވެސް ވަނީ ދަށްކާފައެވެ. މިއީ ނިމިދިޔަ އަހަރުގެ ޑިސެމްބަރ އަށްވުރެއް 16 އިންސައްތައިގެ އިތުރުވުމެކެވެ.

ބޭރުގެ ފައިސާގެ އެހީތެރިކަމާއެކު، މިސްރުގެ ޖަމްޢިއްޔާ ޖަމާޢައްތައް ބޭނުންކޮށްގެން ގަވައިދާ ހިލާފަށް މިސްރުގައި ހަމަނުޖެހުން އުފައްދަން މަސައްކަތްކުރުމުގެ ކުށުގައި އެމެރިކާގެ 19 މީހެއްގެ މަށްޗަށް ދައުވާ ކުރުމަށް މިސްރުން ނިންމި ހިސާބުން، މި ދެ ޤައުމުގެ މެދުގައި އޮތް ގުޅުން މިހާރު ވަނީ ހީނަރުވެފައި ކަމަށް މުހައްލިލުން ހާމަކުރަށްވައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *