ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސަސާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.
ދިޓީވީގައި ވާހަކަ ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒު ވިދާޅުވީ، ފާއިތުވީ 3 އަހަރުގެ ތެރޭގައި ފުލުހުންގެ ޤާނޫނާ އެއްގޮތްވާ ގޮތުގެމަތީން ޢަމަލުކުރުމަށް ފުލުހުންގެ މުވައްސަސާއަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމަށެވެ. އަދި ފާއިތުވީ 3 އަހަރުގައި ފުލުހުންގެ މުވައްސަސާއަށް ސިޔާސީ ނުފޫޒް އިންތިހާއަށް ކުރިމަތިވެފައިވާކަމަށާއި ސިޔާސީ ބޭފުޅުން ސިޔާސީ ބޭނުމަށް ފުލުހުންގެ މުއައްސަސާ ޤުރުބާންކޮށް ކަންކަން ކޮށްގެން ޤައުމު ހަމައަކަށް ނޭޅޭނެކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.
ފުލުހުންގެ ފުލުހުންގެ ޤާނޫނީ ވާޖިބް އަދާކުރުމުގައި މިހާތަނަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކީ ފާއިތުވީ ތިން އަހަރުގެ ތެރޭގައި ފުލުހުންގެ މުއައްސާއަށް ކުރިމަތިކުރުވި ސިޔާސީ ނުފޫޒްތަކާއި، ކުރަމުންދިއަ ޤާނޫނާއި ޚިލާފް އަމުރުތައްކަމަށް އަބްދުﷲ ރިޔާޒު ވިދާޅުވިއެވެ.
ފުލުހުންގެ އަގު ވައްޓާލުމަށް މަސައްކަތްކުރާ ފަރާތްތަކަށް އިޝާރަތް ކުރައްވާ އަބްދުﷲ ރިޔާޒު ވިދާޅުވީ ، ފުލުހުންނަކީ ރައްޔިތުންގެ ޚިދުމަތުގައި ތިބޭ ބައަކަށްވާއިރު ފުލުހުންގެ އިތުބާރު ރައްޔިތުންގެ ކުރިމަތީގައި ގެއްލުވާލުމަށް ހިންގަމުންދާ ހަރަކާތްތަކަކީ ވަރަށް ޒިންމާދާރުކަން ކުޑަކޮށް، ސިޔާސީ މަގްސަދުތަކެއް ހާސިލް ކުރުމަށް ކުރެވޭ ކަންތައްތަކެއްކަމަށެވެ.
ފުލުހުންގެ ޚިދުމަތަށް 79 އަހަރު އިއްޔެ ފުރުފައިވާއިރު ގައުމުގެ އަމާންކަމާއި ސުލަހް މަސްލަސް ގާއިމުކޮށް މަގުމައްޗަކީ ރައްކާތެރިތަނަކަށް ހެދުމަށް ފުލުހުން ދަނީ ގިނަ އޮޕެރޭޝަންތައް ހިންގަމުންނެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...