އޮސްޓްރޭލިއާގެ އާބާދީ ބޮޑު ސިޓީތަކުގެ ތެރެއިން ސިޑްނީގެ ބޭންކްސްޓައުން އަދި މެލްބަންގެ ކޯބަރގް ފަދަ ސިޓީތަކަކީ ރަށެއްގެ ތެރޭގައިވާ ވަކި ރަށެއްފަދަ ތަންތަނެވެ. އެސިޓީތަކުގެ ރައްޔިތުންގެ އަމިއްލަ ބަހާއި ޤަވާއިދުތަކެއް އޮވެއެވެ. އަދި އެމީހަކު ބޭނުން ގޮތަކަށް ހެދުންއެޅުމުގެ މިނިވަންކަން ލިބިފައިވެއެވެ. ރަނގަޅަސް ރަނގަޅު ނޫނަސް އެމީހުންގެ ހަމައަކީ މުސްލިމުން ނޫން މީހުންނަށް އެސިޓީތަކުގައި މަރުހަބާ ނުކިޔުމެވެ.
ނަމަވެސް ދާދި ފަހުން އެމީހުން ވަނީ އޮސްޓަރޭލިއާގެ ރީތިގެ ރާނީގެ ގޮތުގައި ހޮވުނު ރަޝޭލް ފިންޗުއަށް މަރުހަބާކިޔާފައެވެ. ރަޝޭލް ވަނީ އިސްލާމުންގެ ދިރިއުޅުން ތަޖުރިބާކޮށްފައެވެ.
މީގެ 8 އަހަރު ކުރިން މުސްލިމަކަށްވުމުގެ ފަހުރުވެރިކަން ހާސިލްކޮށްގެން ހުރި ރެބެކާ ކޭ ވަނީ އޭނާ މުސްލިމަކަށްވުމުގެ ކުރީގެ ވާހަކަތަކާއި އަދި އިސްލާމްދީން ގަބޫލުކުރުމަށްފަހު ހާޔާތް ބަދަލުވީ ގޮތުގެ ވާހަކަތައް ރަޝޭލް އާއި ހިއްސާކޮށްފައެވެ. އެގޮތުން ކޭ ބުނީ ކުރީގައި އޭނާއަކީ މުސްލިމުން ދެކެ ވަރަށް ރުޅި އަންނަ މީހެއްކަމަށާއި ނަމަވެސް އޭރުގައިވެސް ވަރަށް ގިނައިން ރޭޑިއޯއިން އިސްލާމްދީނާ ބޭހޭ ގޮތުން ދައްކާ ވާހަކަތައް އަޑުއަހާ ކަމަށެވެ. މިއަދު ކޭއަކީ އޮސްޓަރޭލިއާގެ ފަހްރުވެރި މަޑުމައިތެރި އަދި ޢިއްފަތްތެރި މުސްލިމް މަންމައެކެވެ.
"ކަލާނގެ ދެކެ ބިރުގަތުމާއި އެކަލާނގެ ދީން ގަބޫލުކުރުން ވެގެން ދިޔައީ އަހަރެންނަށް ހުރިހާ އިންސާނުންނަށް ޤަދަރުކުރަން ދަސްވުމާއި އަދި ހަމުގެ ކުލައަށް ނުވަތަ ސިފައަކަށް ބެލުމެއް ނެތި އެމީހުންދެކެ ލޯބިވުން ދަސްވެގެން ދިޔަކަމަކަށް" ކޭ ކިޔާދިނެވެ.
މުސްލިމުންގެ ހަޔާތް ތަޖުރިބާކުރަން އެސިޓީއަށް ގޮސް އުޅުނު ރީތިގެ ރާނީ ބުނީ މުސްލިމުންނަކީ ޤަދަރުވެރި އަދި ޤަދަރު ލިބިގެންވާ ބައެއް ކަމަށާއި އަދި ހުރިހާ މީހުންވެސް މުސްލިމުންނަކީ ނަމޫނާ ބައެއްކަމަށް ބަލަން ޖެހޭނެކަމަށެވެ. ރަޝޭލް ވަނީ އެސިޓިގެ މިސްކިތަކަށް ޒިޔާރަތްކޮށްފައެވެ. ރަޝޭލް ބުނިގޮތުގައި މިސްކިތް ތެރެއަށް ވަނުމުން ތަފާތު އިހްސާސްތަކެއް ކުރެވުނެވެ. އުފާވެރިކަމާއި ހަމަހިމޭންކަން އިހްސާސްކުރެވުނެވެ.
އިސްލާމުންގެ ދިރިއުޅުން ތަޖުރިބާކުރި ރީތިގެ ރާނީ ވަނީ އިސްލާމުން އަންހެނުން ހެދުން އެޅުމާއި ދަރިން ތަރުބިއްޔަތުކުރުމުގެ ކަންތައްތައްވެސް ބަލާ ތަޖުރިބާކޮށްފައެވެ. އަދި އެފަދަ އުފާވެރި ބަޔަކު ދުވަހަކުވެސް ނުދެކޭކަމަށް ބުނަމުން އެސިޓީގެ މުސްލިމުންނަށް މިފަދަ ފުރުސަތެއް ދިންކަމަށްޓަކައި އެމީހުންނަށް ރަޝޭލް ވަނީ ޝުކުރުއަދާކޮށްފައެވެ.
ރަޝޭލްގެ އެންމެ ފަހުބަހެއް ގޮތުގައި އޭނާ ބުނެފައި ވަނީ މުސްލިމުންނަކީ ޢިލްމުވެރި، ޤަދަރުވެރި އުފާވެރި ބައެއް ކަމަށް ހުރިހާ މީހުންވެސްވެސް ބަލައިގަންނަން ވެއްޖެކަމަށެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...