ރާއްޖޭގެ ޚަބަރު ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އެއްވެސް ކަހަލަ ޖަރީމާއެއް ހިންގައިގެން ނުވާނެ: އަލްހާން

ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އެއްވެސް ކަހަލަ ޖަރީމާއެއް ހިންގައިގެން ނުވާނެ: އަލްހާން

ސަލާމަތީ ބާރުތަކަށް އަމާޒުކޮށް އެއްވެސް ކަހަލަ ޖަރީމާއެއް ހިންގައިގެން ނުވާނެ: އަލްހާން

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އަލްހާން ފަހުމީ މާރޗު 1 ވަނަ ދުވަހު މަޖިލިސް ބޭރުގަ މަޑުކޮއްލައިގެން– ދިއިސްލާމް ފޮޓޯ އަސްވާގު

ގުޅޭ ލިޔުންތައް :

ގައުމީ ސަލާމަތީ ބާރުތަކަށް އަމާޒުކޮށްގެން އެއްވެސް ކަހަލަ ޖަރީމާއެއް ހިންގައިގެން ނުވާނެކަމަށް އެމްޑީޕީ ގެ ނައިބު ރައީސް އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

"ހަވީރު" ނޫހަށް އިއްޔެ ދެއްވި ބަސްދީގަތުމެއްގައި އަލްހާން ވިދާޅުވީ ސިޔާސީ ގޮތުން ދިމާވެފައިވާ ކަންތައްތައް ހައްލުކުރަންޖެހޭނީ ޑިމޮކްރެޓިކް ހަމަތަކުގެ މަތިން މަޝްވަރާ ކޮށްގެން ކަމަށާއި ބަދަލު ހިފުމުގެ ރޫހުގައި އެއްވެސް ކަމެއް ހައްލެއް ނުވާނެކަމަށެވެ. އަދި ފުލުހުންނާއި މެދު އެ އަމަލުކުރާ ގޮތާމެދު ކަންބޮޑުވާކަމަށާއި ހަރުކަށި އިބާރާތުން އެކަންތައް ކުށްވެރިކުރާކަމަށް އަލްހާން ފަހުމީ ވިދާޅުވިއެވެ.

މީގެއިތުރުން އެ ކަންކަމަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫންކަމަށާއި އެ ޖަރީމާތައް ގާނޫނީ އިމުގެ ތެރެއިން މަސައްކަތްކޮށް ހުއްޓުވާ ފިޔަވަޅު އެޅުމަށް ފުލުހުންނަށް ވަނީ އަލްހާން ފަހުމީ ގޮވާލައްވާފައެވެ.

އޭނާ ވަނީ އެމްޑީޕީގެ ސިޔާސީ އެކްޓިވިސްޓުން ވެސް އެފަދަ ޖަރީމާތަކުގައި ބައިވެރި ނުވުމަށް ގޮވާލައްވައިފަ އެވެ.

ފަހަކަށް އައިސް ފުލުހުންނަށް އަމާޒުކޮށް ހަމަލާތަކެއް ދަނީ ދެމުންނެވެ.

ޓެގް

އަލްހާން ފުލުހުން އެމްޑީޕީ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.