އަރަބިދުނިޔެ

އިޒްރޭލުން ވިޔަފާރި މަރުކަޒެއް އެޅުމަށްކަމަށްބުނެ ބިއުރުއްސަބަޢްގައި އޮތް އިސްލާމީ ޤަދީމީ ޤަބުރުސްތާނެއް ކޮނެ އެތާންގެ ހުރުމަތް ކަނޑާލައިފި

ލިޔުނީ: އަޙްމަދު ޝަމީނު ދޮންމަނިކު

ބިއުރުއްސަބަޢްގައި އޮތް ތުރުކީ ޤަބުރުސްތާނުގެ ނަމުން މަޝްހޫރުވެފައިވާ އިސްލާމީ އަސާރީ ސަރަޙައްދެއް އަދި ޤަބުރުސްތާނެއްގެ މަތީ ވިޔަފާރި މަރުކަޒެއް އެޅުމަށްކަމަށްބުނެ އިޒްރޭލުގެ ކުންފުއްޏަކުން އެތާންގައި ބިޔަ ވަޅުގަނޑުތަކެއްކޮންނަމުންއެބަ ގެންދެއެވެ. މިކަމާ ނުރުހުން ފާޅުކޮށް މިދިޔަ ހުކުރުދުވަހު އަލްއަޤްޞާ ފައުންޑޭޝަން ފޯ އެންޑޯމެންޓްސް އެންޑް ހެރިޓޭޖް ގެ ފަރާތުންވަނީ ނޫސްބަޔާނެއް ނެރެފައެވެ.

މި ފައުންޑޭޝަންގެ މެންބަރު ފަރްހޫދުއްސައްޔިދު ބުނެފައިވަނީ މިމަސްކަތްކުރަމުން ގެންދާ އިސްރާއީލުގެ ފަރާތްތަކަށް މިއީ މުސްލިމުންގެ ޤަބުރުސްތާނެއްކަން އެނގޭނެކަމަށާ ނަމަވެސް އެމަސައްކަތް ހުއްޓާނުލާ ކުރިޔަށް އެގެންދަނީ ބިއުރުއްސަބަޢްގެ މުނިސިޕަލްޓީ އިން އެތާންގައި ޢިމާރާތްކުރުމުގެ ހުއްދަދީފައިވާތީކަމަށް ބުނެއެވެ.

1947ގައި އ.ދ އިން ހުށަހެޅި ދެދައުލަތުގެ ހައްލުގައިވެސް ބިއުރުއްސަބަޢް ހިމެނިފައިވަނީ ޢަރަބިންގެ ބިންތަކުގެތެރެއިންނެވެ. ނަމަވެސް 1948ގައި އިޒްރޭލުގެ އިސްތިޢުމާރީބާރުންވަނީ އެތާނގައި އޮތް މިޞްރުޢަސްކަރިއްޔާގެ ބާރު ބަލިކޮށް އެރަށް ހިފާފައެވެ. --އެމް.ބީ.ނިއުސް

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *