ދަރުސް ޚަބަރު ޝައިޚް ސަމީރު ކ. ގުޅީގައި ދަރުސް ދެއްވަނީ

ޝައިޚް ސަމީރު ކ. ގުޅީގައި ދަރުސް ދެއްވަނީ

ޝައިޚް ސަމީރު ކ. ގުޅީގައި ދަރުސް ދެއްވަނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޝައިޚް ސަމީރު ދަރުސެއް ދެއްވަނީ – ދިއިސްލާމް ފޮޓޯ : ޢަބްދުﷲ ޝަފީޢު އިހްސާން

ޖަމްޢިއްޔަތުއްސަލަފްގެ ނައިބް ރައީސް އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ދެ ދަރުސެއް ކ. ގުޅީގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.

ސަލަފުން ބުނީ އެޖަމްޢިއްޔާއާއި ކ. ގުޅީ ޒުވާނުންނާއި ގުޅިގެން ބާއްވާ ފުރަތަމަ ދަރުސް އޮންނާނީ މާޗް 16 ވާ ހުކުރުދުވަހުގެ އަސުރުނަމާދު ފަހުން އެރަށު މަސްޖިދުއްނަޞްރުގައި ކަމަށެވެ. އަދި ދެވަނަ ދަރުސް އޮންނާނީ ހުކުރުދުވަހުގެރޭ ރޭގަނޑު ގުޅީ ސްކޫލްގައި ކަމަށާއި އެދަރުސަށް ދަޢުވަތުދީފައި ވަނީ ހުރިހައި ބެލެނިވެރިންނަށާއި ސްކޫލު ކުދިންނަށް ކަމަށެވެ.

މިއީ ޖަމްޢިއްޔަތުއްސަލަފުގެ ފަރާތުން ރާއްޖެތެރޭގެ އެކިރަށްރަށުގައި ބާއްވަމުންގެންދާ ދަރުސް ދިނުމުގެ ޕްރޮގްރާމުގެ ދަށުން ކުރިއަށްދާ ޙަރަކާތެއް ކަމަށް އެޖަމްޢިއްޔާއިން ބުނެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.