ދަރުސް ޚަބަރު އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – މާޗް 16، ހުކުރު ދުވަސް

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – މާޗް 16، ހުކުރު ދުވަސް

އިސްލާމިކް މިނިސްޓްރީގެ ދަރުސް ތާވަލް – މާޗް 16، ހުކުރު ދުވަސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އިސްލާމީ މަރުކަޒުގައި ބޭއްވި ދަރުސެއްގެ ތެރެއިން - ދިއިސްލާމް ފޮޓޯ : އިސްމާއީލް އަފްރާހް

ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުންގެންދާ ދަރުސްތަކުގެ ތެރެއިން މާޗް 16 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އާންމުކޮށްފިއެވެ.

މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.

1- އިސްލާމީ މަރުކަޒް – އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު)

2- މަސްޖިދުސުލްޠާން ޙަސަން ޢިއްޒުއްދީން (ތައިބާ މިސްކިތް) - އައްޝައިޚް ޢުޘްމާން ޢަބްދުﷲ (މައުޟޫއު: ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު)

3- މަސްޖިދު އިސްކަންދަރު - އައްޝައިޚް މުޙައްމަދު ފާރޫޤް (މައުޟޫއު: ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު)

4- މަސްޖިދުއްސުލްތާން މުޙައްމަދު ބިން ޢަބްދުﷲ (ވިޔަފާރިވެރިންގެ މިސްކިތް) - އައްޝައިޚް އަޙްމަދު މޫސާ (މައުޟޫއު: ދަރިން ރަނގަޅުގޮތުގައި ތަރުބިއްޔަތު ކުރުމުގައި މައިންބަފައިންގެ ދައުރު)

މިދަރުސްތަކުގެ އިތުރުން ކޮންމެ ހުކުރު ދުވަހެއްގެ އަޞްރު ނަމާދަށްފަހު މަސްޖިދު އިބްރާހީމްގައި ބާއްވަމުންދާ ޤުރުއާން ތަފްޞީރު ކްލާސް މިހުކުރުގައިވެސް އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ. މިކްލާސް ނަންގަވައިދެއްވަނީ ޤައުމީ ޔުނިވަރސިޓީގެ ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒްގެ އެކްޓިންގ ޑީން އައްޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްއެވެ.

މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.