ދުނިޔެ ޗައިނާ ބަހުން އެންމެ ފުރަތަމަ ކުރެވުނު ޤުރުއާނުގެ މާނައިގެ ތަރުޖަމާކަމަށް އެނގިފައިވާ ފޮތުގެ ދެލިކޮޕީއެއް ފެނިއްޖެ

ޗައިނާ ބަހުން އެންމެ ފުރަތަމަ ކުރެވުނު ޤުރުއާނުގެ މާނައިގެ ތަރުޖަމާކަމަށް އެނގިފައިވާ ފޮތުގެ ދެލިކޮޕީއެއް ފެނިއްޖެ

ޗައިނާ ބަހުން އެންމެ ފުރަތަމަ ކުރެވުނު ޤުރުއާނުގެ މާނައިގެ ތަރުޖަމާކަމަށް އެނގިފައިވާ ފޮތުގެ ދެލިކޮޕީއެއް ފެނިއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޗައިނާ ބަހުން އެންމެ ފުރަތަމަ ކުރެވުނު ޤުރުއާނުގެ ތަރުޖަމާކަމަށް އެނގިފައިވާ ފޮތުގެ ދެލިކޮޕީއެއް ފެނިއްޖެއެވެ. މިފޮތް ހޯދާފައިވަނީ ޗައިނާގެ އުތުރުގެ ޕްރޮވިންސެއްކަމުގައިވާ ގަންސޫ ޕްރޮވިންސްގައި މަސައްކަތްކުރަމުންދާ ޘަޤާފީކަންކަން ދިރާސާކުރަމުން އަންނަ މުސްލިމުންގެ ޓީމަކަށެވެ.

އެޓީމުން ހާމަކޮށްފައިވާގޮތުގައި ޤުރުއާނުގެ މިތަރުޖަމާއަކީ 1912ވަނަ އަހަރު މީހަކު އަތުން ލިޔެފައިވާ ތަރުޖަމާއެކެވެ. މިއީ މިހާތަނަށް ޗައިނާ ބަހުން ލިޔެވިފައިވާ އެންމެ ފުރަތަމަ ތަރުޖަމާ ކަމަށް އެޓީމުން ބުނެފައިވެއެވެ.

މިތަރުޖަމާ ލިޔެފައިވަނީ ޗައިނާގެ ދެ ދީނީ ޢިލްމުވެރިންކަމުގައިވާ ޝާ ޒޮންގއާއި މާ ފުލޫ ކަމަށް މިތަރުޖަމާ ހޯދައިފައިވާ ޓީމުން މަޢުލޫމާތު ދީފައިވެއެވެ.

މިޓީމުގައި އެންމެ އިސްކޮށް ޙަރަކާތްތެރިވާ ޑިންގ ޝިރެން ހާމަކޮށްފައިވާގޮތުގައި ޝާ އާއި މާ މިތަރުޖަމާ ކުރަން ފަށާފައިވަނީ 1909ވަނަ އަހަރުކަމަށާއި އަދި މިތަރުޖަމާއެކީ ނިމުނީ 1912ވަނަ އަހަރުއެވެ. އަދި އޭނާ ބުނެފައިވާގޮތުގައި ޝާ ވަނީ މިތަރުޖަމާގެ ތިން ކޮޕީ އަތުން ލިޔެފައެވެ.

ތާރީޚް އިލްމުވެރިން ހާމަކުރާގޮތުގައި ޗައިނާއަށް އިސްލާމްދީން އެންމެ ފުރަތަމަ ފެތުރިފައިވަނީ 618ވަނަ އަހަރުއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.