އެފްރިކާދުނިޔެ

ނައިޖީރިއާގެ މިސްކިތެއް ބިމާ ހަމަކުރުމުން އެޤައުމުގެ މުސްލިމު ލީޑަރުން ކަންބޮޑުވުން ފާޅުކޮށްފި

ކްރިސްޓިއަނުންގެ އަޣްލަބިއްޔަތު އޮންނަ ދެކުނު ނައިޖީރިއާގެ ސްކޫލެއްގައި ހުރި މިސްކިތެއް ބިމާ ހަމަކޮށްލުމުގެ ސަބަބުން އެޤައުމުގެ ކްރިސްޓިއަނުންނާއި މުސްލިމުންނާއި ދެމުދު އޮންނަ ދެކޮޅުވެރިކަން އިތުރުވެއްޖެއެވެ. ކްރިސްޓިއަނުންގެ މިނޭއްގާނީ ޢަމަލުގެ ސަބަބުން އެޤައުމުގެ މުސްލިމު ލީޑަރުންވަނީ އެކަމާ ކަންބޮޑުވުން ފާޅުކޮށް އެކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ.

ނައިޖީރިއާގެ ކޮންފަރެންސް އޮފް އިސްލާމިކް އޯރގަނައިޒޭޝަން (ސީއައިއޯ)ގެ ކޯރޑިނޭޓާ މައްލާމް ޢަބްދުﷲ ޝުޢައިބްއަށް ހަވާލާދީ އިސްލާމް އޮންލައިން އިން ހާމަކޮށްފައިވާ ގޮތުގައި މި ހާދިސާގެ ސަބަބުން މުސްލިމުންނަކީ ހައްދުފަހަނައަޅާފައިވާ ބައެއްކަމަށް ތުހުމަތުކުރުމަށް އަވަސްވެގަންނަ މީހުންގެ ޙަޤީޤަތް ވަރަށް ރަނގަޅަށް ހާމަވެފައިވާކަމަށެވެ.

ރިވަރ ސްޓޭޓް ޔުނިވަރސިޓީ އޮފް ސައިންސް އެންޑް ޓެކްނޮލޮޖީގެ އިސްވެރިން ބިމާހަމަކުރި މިސްކިތަކީ އެ އިންސްޓިޓިއުޓްގައި ތަޢުލީމު ހާސިލްކުރަމުން އަންނަ މުސްލިމު ދަރިވަރުން އަޅުކަން ކުރުމަށްޓަކައި އަޅާފައިވާ މިސްކިތެކެވެ. މުސްލިމުންނަށް އެތަނުގައި މިސްކިތެއް އެޅުމަށް އެތަނުގެ އިސްވެރިން ހުރަސް އަޅާފައިވާއިރު އެތަނުގައ ކްރިސްޓިއަނުން އަޅުކަން ކުރުމަށްޓަކައި ހަ ފައްޅި އަޅާފައިހުރެއެވެ.

މަޢުލޫމާތި ލިބިފައިވާގޮތުގައި މިސްކިތް ސުންނާފަތިކޮށް ބިމާ ހަމަކުރިތަން ވީޑިއޯކުރި ދެމުސްލިމުން ދަރިވަރަކު ވަނީ އެކަމާއި ގުޅިގެން ހައްޔަރުކޮށްފައެވެ.

ކްރިސްޓިއަނުންނާއި މުސްލިމުންނާއި ދެމެދު އޮންނަ ހަތުވެރިކަން އިތުރަށް ގޯސްވެ ހަމަނުޖެހުންތަކަކަށް ނުދަނީސް މިމައްސަލަ ޢަދުލުވެރިކަމާއި އެކު ތަޙްޤީޤްކުރުމަށް ނައިޖީރިއާގެ ދީނީ ޢިލްމުވެރިން އެޤައުމުގެ ސަރުކާރަށް ވަނީ ގޮވާލާފައެވެ.

މުސްލިމުންނާއި ޒާތީގޮތުން ޖައްސާލައި، މުސްލިމުންނަށް ދުއްތުރާކޮށް ހެދުމަކީ އެއީ އެއްގޮތަކަށްވެސް ޤަބޫލުކުރެވޭނެކަމެއްނޫންކަމަށްވެސް ޢިލްމުވެރިން ހާމަކޮށްފައިވެއެވެ.

ގުޅުންހުރި

2 ޚިޔާލު

  1. ހަރުކަށި އިބާރާތުން ކުށްވެރިކޮށްލީމަ ނިމުނީތޯ ؟

  2. މިހުރީއޭ މިއުޅޭ ނުބައި ކާފަރު ޝައިތާނުން މުސްލިމުންނާއިމެދު ކަންކުރާ އުސޫލަކީ. އެކަމަކުވެސް މިއުޅޭ ކެނެރީގޭ މަޖުނޫނު ކާފަރުންނާ ގުޅިގެން ދުނިޔޭގެ އެދުންވެރިކަމުގައި މަސްތުވެހުރެ ދިވެހި އިސްލާމީ ފަސްގަނޑުގައި ފައްޅިއަޅަން މިހިރަހުރެގެން ތެޅޭތެޅިފޮޅުމެއް ނިކަން ދެކިބަލާށެވެ. ހޭބަލިވެގެން މުޅި ދުނިޔޭގަ ލެއްވިއްޔަލެއްވިހާ ކާފަރަކު މިމާތްދީނާއި ދެކޮޅަށް ނުކުތަކަސް ﷲގެ ރަޙްމަތްފުޅުން މިދީންދާނީ ކުރިއަރަމުންނެވެ. މިއީ އަޅުގަނޑުމެންގެ ޢަޤީދާއެވެ. ﷲއަކުބަރު….

Your email address will not be published. Required fields are marked *