ދުނިޔެ ފަލަސްތީނުގެ ބިންތަކުގައި އުޅޭ ޔަހޫދީ އަންހެނުން އިސްލާމްވަމުންދާ މިންވަރާމެދު ޔަހޫދީ ފާދިރީން ކަންބޮޑުވުން ފާޅުކުރާނީ

ފަލަސްތީނުގެ ބިންތަކުގައި އުޅޭ ޔަހޫދީ އަންހެނުން އިސްލާމްވަމުންދާ މިންވަރާމެދު ޔަހޫދީ ފާދިރީން ކަންބޮޑުވުން ފާޅުކުރާނީ

ފަލަސްތީނުގެ ބިންތަކުގައި އުޅޭ ޔަހޫދީ އަންހެނުން އިސްލާމްވަމުންދާ މިންވަރާމެދު ޔަހޫދީ ފާދިރީން ކަންބޮޑުވުން ފާޅުކުރާނީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ފަލަސްތީނުގެ ބިންތަކުގައި ދިރިއުޅެމުންގެންދާ ޔަހޫދީ އަންހެނުން އިސްލާމްދީނުގެ ހިދާޔަތް ލިބި އިސްލާމްވާ މިންވަރު އިތުރުވަމުންދާތީ ޔަހޫދީ ފާދިރީން އެކަމާ ކަންބޮޑުވުން ފާޅުކޮށްފިއެވެ.

ޔަހޫދީ އަންހެނުންގެ ތެރެއިން އިސްލާމްދީނަށް ވަންނަމުންދާ ގިނަ އަންހެނުންނަކީ މުސްލިމުންނަށް ޢަދާވާތްތެރިކަމެއް ނުގެންގުޅޭ ތަންކޮޅެ މެދުމިނުގެ ޔަހޫދީންކަމަށް އިޓިޒެކް ރިޓަރ ނަމަކަށް ކިޔާ ހައްދުފަހަނައަޅާފައިވާ ޔަހޫދީއަކު، މިކަމާއިމެދު ޔަހޫދީ ފާދިރީން ކަންބޮޑުވުން ފާޅުކުރަމުންދާތީ، ކުރި ދިރާސާއަކުން ދައްކާކަމަށް އޭނާ އެޤައުމުގެ ނޫސްތަކަށް މަޢުލޫމާތުދީފައިވެއެވެ.

އިޓިޒެކް އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، މިއަންހެނުން އިސްލާމްދީނަށް ގިނަ ފަހަރު ވަންނަނީ މުސްލިމް ފިރިހެނުންނާ ކައިވެނީގެ ގޮތުން ގުޅުމަށްޓަކައި ކަމަށާ އަނެއްބައި އަންހެނުން އިސްލާމްވަނީ އިސްލާމީ ދަޢްވާ ފަތުރާ މުސްލިމް ޓީވީ ޗެނެލްތަކާއި އިންޓަރނެޓާއި އިސްލާމް ދީނަށް ގޮވާލާ ދާޢީން ގެ ތަޤްރީރުތަކާއި ދަރުސްތައް އަޑުއިވިގެންކަމަށެވެ.

ޔަހޫދީންގެ ތެރޭގައި އިސްލާމްދީން ފެތުރެމުންދާތީ އެކަން ހުއްޓުވުމަށް ޔަހޫދީ އިސްތިޢުމާރުންދަނީ ކެނޑިނޭޅި މަސައްކަތްކުރަމުންނެވެ. އެގޮތުން ޔަހޫދީ އިސްތިޢުމާރުގެ ސަލާމަތީބާރުތަކުން އިސްލާމްދީނަށް ދަޢުވަތުދޭ ފަލަސްތީނުގެ ދީނީ ޢިލްމުވެރިންނަށް ތަފާތުއެކިގޮތްގޮތުން ފިއްތުންތައް ކުރިމަތިކޮށް އެޢިލްމުވެރިންގެ ދަޢުވަތައް ހުރަސްއަޅައެވެ.

ޔަހޫދީ އިސްތިޢުމާރުގެ ނޫސްތަކުން ހާމަކޮށްފައިވާގޮތުގައި 2011ވަނަ އަހަރު 55 ޔަހޫދީން އަންހެނުން އިސްލާމްދީން ޤަބޫލުކޮށްފައިވާއިރު، ކޮންމެ އަހަރަކު އެވްރެޖްކޮށް 50 އަންހެނުން އިސްލާމްވާކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.