ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި، އިސްލާމިކް މިނިސްޓްރީ އިން އިންތިޒާމްކޮށްގެން ސިލްސިލާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްތަކުންގެ ދަށުން، ކޮންމެ ހުކުރު ދުވަހެއްގެރޭ އިޝާ ނަމާދަށްފަހު މާލެ ސިޓީގެ މިސްކިތްތަކުގައި ބާއްވަމުން ގެންދާ ދަރުސްތަކުގެ ތެރެއިން ފެބްރުއަރީ 24 ވަނަ ދުވަހުގެރޭ ބޭއްވުމަށް ހަމަޖެހިފައިވާ ދަރުސްތަކުގެ ތާވަލް އާންމުކޮށްފިއެވެ.
މިގޮތުން ދަރުސް ތާވަލް ހަމަޖެހިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1- އިސްލާމީ މަރުކަޒް – އައްޝައިޚް މުޙައްމަދު ރަޝީދު އިބްރާހީމް ރަޝީދު (މައުޟޫއު: ފުރިހަމަ މުސްލިމަކަށްވާނީ ކިހިނެއް؟)
2- މަސްޖިދުސުލްޠާން ޙަސަން ޢިއްޒުއްދީން (ތައިބާ މިސްކިތް) - އައްޝައިޚް ޢުޘްމާން ޢަބްދުﷲ (މައުޟޫއު: ޙަސަދަވެރިކަމާއި ރުޅިވެރިކަމަކީ މުސްލިމުންގެ ގޮތެއް ނޫނެވެ.)
3- މަސްޖިދުއް ޝަހީދު ޢަލީ - އައްޝައިޚް ނިމާލް މުޙައްމަދު (މައުޟޫއު: ފުރިހަމަ މުސްލިމަކަށްވާނީ ކިހިނެއް؟)
4- މަސްޖިދު ޞަލާހުއްދީން - އަލްއުސްތާޛް އަޙްމަދު މައުމޫން (މައުޟޫއު: ފުރިހަމަ މުސްލިމަކަށްވާނީ ކިހިނެއް؟)
5- މަސްޖިދު ފުރުޤާން - އައްޝައިޚް ޙުސައިން ޢަބްދުﷲ ސަޢީދު (މައުޟޫއު: ފުރިހަމަ މުސްލިމަކަށްވާނީ ކިހިނެއް؟)
މިދަރުސްތަކަށް ވީހާވެސް ގިނަ ބޭފުޅުން ޙާޟިރުވުމަށް އިސްލާމިކް މިނިސްޓްރީން އެދެއެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...