އޭޝިއާ

މަރާލާފައިވާ ނަޖިސް އޫރު، މެލޭޝިއާގެ މިސްކިތްތަކަށް އަޅައިފި

ޚަބަރު: ދިއިސްލާމް.ކޮމް

މެލޭޝިއާގެ މިސްކިތްތަކަށް 'އޫރު' ގެ ހަމަލާތަށް އިތުރުވަމުން ދާކަމަށް މެލޭޝިޔާގެ މީޑިއާތަކުން ހަބަރު ފަތުރަމުން އެބަދެއެވެ.

މިއީ މެލޭޝިޔާގައި މިހާރު ފެށިގެން އުޅޭ ދީނީ ކޯޅުމުގެ ތެރޭގައި ޢައިރު ދީންތަކުގެ މީހުން ކޮށްފައިވާ ކަމެއްކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ. 'އަހަރެމެން ފަތިސް ނަމާދަށް އައިއިރު މިސްކިތުގައި ލެޔާއި އެކު ތަތްތެޅިފައިވާ ދެ އޫރު އޮތް.' މެލޭޝިޔާގެ މިސްކިތެއް ބަލަހައްޓާ އިސްފަރާތަކާއި ހަވާލާދީ ނޫސްތަކުގައި ވެއެވެ.

މީގެ ތިން ހަފްތާ ކުރިންވެސް މެލޭޝިޔާގައި މުސްލިމުން ނަމާދު ކުރާ ހޯލެއްގެ ތެރޭންވެސް ވަނީ މަރާލާފައިވާ އޫރެއް ފެނިފައެވެ. އިސްލާމް ދީނުގައި އޫރަކީ 'ނަޖިސް' އެއްޗެއްގެ ގޮތުގައި ކަނޑައަޅާ މުސްލިމުން ކެއުން ހަރާމްވެފައިވާ އެއްޗެކެވެ. މިމައްސަލާގައި މެލޭޝިޔާގެ ދީންތަކުގެ މެދުގައި ވަނީ ވަރަށް ބޮޑެތި ކޯޅުންތަށް ހިނގަމުންނެވެ. އެގޮތުން ކްރިސްޓިއަން ޗާޗްތަކާއި ފައްޅިތަކަށްވެސް ދަނީ އެފަދަ ހަމަލާތައް ރައްދުވަމުންނެވެ.

ޤައުމެއްގައި ތަފާތު ދީންތަށް އޮތުމުގެ ނަތީޖާއެއްގެ ގޮތުގައި މިފަދަ އެތައް ހާދިސާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ދަނީ ހިންގަމުންނެވެ. ދީނީ އަޅުކަން ކުރާ ތަންތަން ނަޖިސްކުރުމާއި އަލިފާންޖެހުމާއި އިމާރާތްތަކަށް އޮއްގަލުގެ ހަމަލާތައް ދަނީ އަމާޒުވަމުންނެވެ.

ފޮޓޯ: މެލޭޝިޔާގެ ފުލުހުން މިސްކިތުގައިވާ އޫރު ނަގަނީ...

ގުޅުންހުރި

1 ޚިޔާލު

  1. އަހަރެން ހިތަށް ތަސައްވަރުކުރެވޭ މިދިވެހިރާއްޖޭގައި ތަފާތު ދީންތަކަށް އަޅުކަން ކުރުމުގެ މިނިވަންކަންދީފިނަމަ މިގައުމު އޮންނާނެ ހާލަތު.މިހާރުވެސް ސިޔާސީ ޕާޓީޕާޓީތަކަށް ނިސްބަތްވެތިވެ އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅާ ހަރުގެތަކާއި ޖަގަހަ ތަކަށް ހަމަލާދީ ކަޅުތިޔޮޖަހާ މީހުންގެ މުދަލަށާ ފުރާނައަށް މިއޮތްގެން ގެއްލުންދީ ޖެއްސުންކުރަނީއެވެ.ކަންމިހެންހުރިއިރުގާ ތަފާތު ދީންތަކަކަށް ނިސްބަތްވެގެންތިބެ އަޅުކަންކުރުމަށް ހުއްދަދީފިނަމަ ކަންތައްއޮންނާނެ ހިސާބު ވިސްނާލަބަލާށެވެ.ޔާﷲ.އަޅަމެންގެ މިގައުމު ކާފަރުންގެ ވަކިތަކުން ސަލާމަތްކުރައްވާނދޭވެ.ރެއާއިދުވާލު މިކާފަރުންތައް މިއިސްލާމީ މުޖުތަމައު ހަލާކުކުރަން ރާވަމުންދާ ރޭވުންތައް ނެތިކުރައްވާ މިދީން ކުރިއެރުވުމަށް އިބަﷲ އިރާދަކުރައްވާފައިވާ ފަރާތްތަކުގެ މަސައްކަތުގައި ބަރަކާތްލައްވާންދޭވެ.އަޅަމެންނަށް ނަސްރުދެއްވާ އިބަކަލާންގެ ދީން މިވަތަނުގައި އިއްޒަތްތެރި ކުރައްވާނދޭވެ.މުނާފިގު ވެރިންގެކިބައިން މިގައުމު ސަލާމަތްކުރައްވާނދޭވެ.ގިޔާމަތާއި ޖެހެންދެން މިގައުމުގެ ދީނަކީ އިބަކަލާންގެ ހައްގުދީންކަމުގައި ލައްވާންދޭވެ.އާމީން.

Your email address will not be published. Required fields are marked *

More in އޭޝިއާ