ރާއްޖޭގެ ޚަބަރު ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްކަމަށް ރައީސް އޮފީހުން ބުނެފި

ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްކަމަށް ރައީސް އޮފީހުން ބުނެފި

ރައީސް އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމުކުރުމަށްކަމަށް ރައީސް އޮފީހުން ބުނެފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ރާއްޖޭގެ އާ ރައީސް ޑރ މުހައްމަދު ވަހީދު ހަސަން މަނިކު، ފޮޓޯ ދިއިސްލާމް: އިބްރާހިމް އަޝްވާގު

މިހާރު ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު ވަހީދު ހަސަން މަނިކު އެންމެ އިސްކަމެއް ދެއްވަނީ ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ގާއިމުކޮށް ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުމަށްކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުން މިހެން ބުނެފައިމިވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްކޮށް ހުންނަވައިގެން އިއްޔެ ހަވީރު އެމްޑީޕީ އިން މަގުމަށްޗަށް ނުކުމެ އަމާންކަން ގެއްލޭފަދަ ވަރަށް ދަށުދަރަޖައިގެ އަމަލުތަކެއް ހިންގާފައިވަނިކޮށެވެ.

ރައީސް އޮފީހުން ބުނެފައިވަނީ މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުން ކެތްތެރިކަމާއެކު،  ޤާނޫނުއަސާސީ ނަގަހައްޓައި، ޤާނޫނުތަކުގެތެރޭގައި ޙަރަކާތްތެރިވުމުގައި، އާ ހިތްވަރަކާއެކު މަސައްކަތް ކުރަންވީ ވަގުތުކަމަށެވެ. އަދި މިވަގުތު ރައީސް ޑރ ވަހީދު އެންމެ އިސްކަމެއް ދެއްވަނީ  ރާއްޖޭގެ ހަމަޖެހުމާއި އަމާންކަން ޤާއިމްކޮށް، ރައްޔިތުންނަށް ރައްކާތެރިކަން ހޯއްދަވައިދެއްވުންކަމަށެވެ.

މިހާރު ރާއްޖޭގައި އެމްޑީޕީ ގެ އެކްޓިވިސްޓުން ދަނީ ރާއްޖޭގެ އަމާންކަން ނަގާލާއި ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށްޓަކައި ސަރުކާރުގެ މުދަލަށާއި އިމާރާތްތަކަށް ބޮޑެތި ގެއްލުންތަކެއް ދެމުންނެވެ. މިކަމާ ގުޅިގެން ރާއްޖޭގައި އަމާންކަން ގާއިމުކުރުމަށްޓަކައު ފުލުހުންނާއި ސިފައިންދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

އިއްޔެ އެމްޑީޕީން ހިންގާފައިވަނީ ޓެރަރިޒަމްގެ އަމަލެއްކަމަށް ހޯމް މިނިސްޓަރު ޑރ މުހައްމަދު ޖަމީލު އަހަމުދު  ވިދާޅުވެފައިވާއިރު އެކި ރަށްރަށުގެ ޕޮލިސް ސްޓޭޝަންތަކާއި ސަރުކާރުގެ އެކި އިމާރާތްތަކަށް އެމްޑީޕީގެ ސަޕޯޓަރުން ދިން ގެއްލުން ވެސް ކުށްވެރިކުރައްވާ ކަމަށާއި އެކަން ވެސް ތަހުގީގުކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް ނަޝީދު  ވަނީ ވިދާޅުވެފައެވެ.

ޓެގް

ޑރ ވަހީދު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.