އަރަބިދުނިޔެދުނިޔެ

މިސްރުގެ ހުރިހާ މިސްކިތެއްގައި އެއް ބަންގިއެއް ގޮވާގޮތަށް ނިންމައިފި

ލިޔުނީ: ހުސެއިން ސާލިމް

ކުރިއަށް މިއޮތް ރަމަޟާން މަހާއެކު މިސްރުގެ މިސްކިތްތަކުގައި އެއްބަނގިއެއް ގޮވާގޮތަށް އެ ޤައުމުގެ މިނިސްޓްރީ އޮފް ރިލިޖިއަސް އެންޑޯމެންޓުން ނިންމަވައިފިއެވެ. އެ މިނިސްޓްރީއިން ހާމަކުރައްވާގޮތުގައި، ދެން އެ ޤައުމުގައި ބަންގި ގޮވާނީ ވެރިކަންކުރާ ކެއިރޯގައި ހުންނަ ސްޓޫޑިއޯއެއްގައި އެކަންޏެވެ. އަދި ޙާއްޞަކުރެވިފައިވާ ވަކި ރިސީވަރުތަކެއްގެ އެހީގައި މިސްކިތްތަކަށް އެ ބަނގީގެ އަޑު ފޯރުކޮށްދެވޭނެއެވެ.

މިސްރުގެ މިނިސްޓްރީ އޮފް ރިލީޖިއަސް އެންޑޯމެންޓުން މި ނިންމެވި ނިންމެވުމާ އެތައް ބަޔަކު ދެކޮޅު ހަދަމުން ދާއިރު، މިކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކުރަށްވަމުން ގެންދަވަނީ މިސްކިތްތަކުގެ މުދިމުންނެވެ. މިސްރުގެ މިސްކިތްތަކުގައި މި ދެންނެވި "އާ ގޮތަށް" ބަނގި ގޮވަން ފެށުމާއެކު މިހާރު މިސްކިތްތަކުގައި ބަންގި ގޮވަމުންދާ މުދިމުން ބަނގި ގޮވާކަށް ނުޖެހޭނެއެވެ. ރިލީޖިއަސް އެންޑޯމެންޓު މިނިސްޓްރީން ހާމަކުރަށްވާ ގޮތުގައި ކެއިރޯގައި ބަނގި ގޮވާ މުދިމުންގެ ތެރެއިން އެންމެ މޮޅު 30 މުދިމުން އެމީހުން ވަނީ ނަގައިފައެވެ. އަދި ސްޓޫޑިއޯގައި ބަނގި ގޮވަމުން ދާނީ މި މުދިމުންކަމަށް އެ މިނިސްޓްރީން ހާމަކުރަށްވައެވެ.

އެންމެ ފުރަތަމައިނުން "އާ ގޮތަށް" ބަނގި ދޭން ފެށޭއިރު އެ ބަނގި އިވެމުން ދާނީ ކެއިރޯގެ ބައެއް މިސްކިތްތަކުން އެކަންޏެވެ. އެހެންނަމަވެސް މަޑު މަޑުން އެކަން ތައާރަފުކުރަމުން ގޮސް މިސްރުގައި ހުންނަ 106000 މިސްކިތުގައިވެސް މި ގޮތަށް ބަންގި ދެވެން ފަށާގޮތަށް މިނިސްޓްރީން ވަނީ ނިންމަވައިފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *