އޭޝިއާ އީރާނާއި ދެކޮޅަށް ހަމަލާދޭ ކޮންމެ ޤައުމަކާއި ދެކޮޅަށް ހަމަލާދޭނަން : އިންޤިލާބީ ލަޝްކަރު

އީރާނާއި ދެކޮޅަށް ހަމަލާދޭ ކޮންމެ ޤައުމަކާއި ދެކޮޅަށް ހަމަލާދޭނަން : އިންޤިލާބީ ލަޝްކަރު

އީރާނާއި ދެކޮޅަށް ހަމަލާދޭ ކޮންމެ ޤައުމަކާއި ދެކޮޅަށް ހަމަލާދޭނަން : އިންޤިލާބީ ލަޝްކަރު

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އީރާނާއި ދެކޮޅަށް އަސްކަރީގޮތުން ހަމަލާދޭ ކޮންމެ ޤައުމަކާއި ދެކޮޅަށް ހަމަލާދޭނެ ކަމަށާއި ރައްދުގައި ހަމަލާއެއް ދޭންޖެހިދާނެކަމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމުގައި އީރާނުގެ އިންޤިލާބީ ލަޝްކަރުގެ ކޮމާންޑަރުގެ ނާއިބު ވިދާޅުވެއްޖެއެވެ.

އީރާނުން ކުރިއަށްގެންދާ ނިއުކްލިއަރ މަޝްރޫޢުގެ މަސައްކަތް ހުއްޓުވުމުގެ ނަމުގައި އީރާނަށް އެއްވެސް ޤައުމަކުން ހަމަލާދިނުމަކީ އޭގެ ނަތީޖާ ވަރަށް ގޯސްވެގެންދާނެ ޢަމަލެއްކަމަށް ސިފަ ކުރައްވަމުން ހުސައިން ސަލާމީ ވިދާޅުވި ގޮތުގައި އީރާނުގެ އަސްކަރީ ޤާބިލްކަމާއިމެދު ސުވާލު އުފެދޭ ވަރަށްވުރެ ކުޅަދާނަ ކަމާއެކު ލަޝްކަރު ފުރިހަމައަށް ތައްޔާރު ވެފައިވާކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި އީރާނުގެ ފަސްގަނޑަށް އަމާޒުކޮށްގެން އެއްވެސް ފަރާތަކުން ހަމަލާއެއް ދީފިނަމަ، އަމިއްލަ ފަސްގަނޑުގެ ދިފާޢުގައި އިންޤިލާބީ ލަޝްކަރުން ހަމަލާދޭނެ ކަމަށެވެ.

 އިސްރާއީލާއި އެމެރިކާއިން އަސްކަރީ ގޮތުން މެދުއިރުމަތީ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާން ފެށުމާއި ގުޅިގެން އީރާނަށް ހަމަލާއެއް އަމާޒުވުމުގެ ފުރުޞަތު އެބައޮތްކަމަށް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެހެންނަމަވެސް، އީރާނަށް ހަމަލާ ދިނުމަކީ އެކަމުގެ ސަބަބުން ވަރަށްބޮޑު ނޭދެވޭ އަސަރެއް ކުރިމަތި ކުރުވާނެ ކަމެއް ކަމުގައިވެސް ގިނަ ޤައުމުތަކަކުން ހާމަކުރެއެވެ.

 މިގޮތުން ތުރުކީވިލާތުގެ ބޮޑުވަޒީރު ވިދާޅުވެފައިވާ ގޮތުގައި މިދަނޑިވަޅުގައި އީރާނަށް އެއްވެސް ކަހަލަ ހަމަލާއެއް އަމާޒުކުރުމަކީ އެކަމުގެ ސަބަބުން މުޅި ދުނިޔެއަށް އޭގެ ނޭދެވޭ އަސަރުކުރާނެ ކަމެއްކަމަށެވެ. އެހެންކަމުން، އީރާނަށް ހަމަލާއެއް ދިނުމުގެ ކުރިން އެކަމާއިމެދު ފުންކޮށް ވިސްނެވުމަށް އޭނާވަނީ ގޮވާލައްވާފައެވެ.

އީރާނުން ތަކުރާރުކޮށް ހާމަކުރަމުންދާ ގޮތުގައި އެޤައުމުން މަސައްކަތް ކުރަމުން އަންނަނީ ނިއުކްލިއަރ ހަކަތަ އުފައްދައިގެން މަދަނީ ބޭނުންތަކަށް އޭގެ ބޭނުން ކުރުމަށެވެ. އެހެންނަމަވެސް، އެމެރިކާ އާއި ހުޅަނގުގެ ޤައުމުތަކުގެ އިތުރުން އިސްރާއީލުން ހާމަކުރާ ގޮތުގައި އީރާނުގެ މަޤްޞަދަކީ ނިއުކްލިއަރ ބޮމާއި ހަތިޔާރު އުފެއްދުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.