ބޭނުންވާ ތަކެތި
6 ދޮން އަނބު ( ތުނިކޮށް ތޮށިމާފައި )
ވަޅޯމަސް ( ކުދިކޮށްކޮށާފައި )
2 ފިޔާ ( ކޮށާފައި )
1 ސައިސަމުސާ ލޮނުމެދު ( ޗިސްކޮށްފައި )
1 ސައިސަމުސާ އިގުރު ( ޗިސްކޮށްފައި )
2/1 ސައިސަމުސާ މުގުރި ކާފޫރުތޮޅި
2/1 ސައިސަމުސާ މުގުރި ފޮނިތޮށި
2/1 ޖޯޑު ހަނާކުރި ހަވާދު
1 ސައިސަމުސާ ތެޅިމިރުސް
ރާނބާފަތް
ހިކަނދިފަތް
1 ޖޯޑު ބޯކިރު
3 ޖޯޑު ފެންކިރު
1 ގިތެޔޮ މިރުސް
ރަހަލާ ވަރަށް ލޮނު
ތެޔޮ
ތައްޔާރުކުރާނެ ގޮތް
ހިކަންދިފަތް، ގިތެޔޮ މިރުސް، ރާނބާފަތް އަދި ތެޔޮ އަޅުއްވާ ފިޔާ މީރުކޮށްލައްވާށެވެ. ފިޔާކޮޅު ރަތްވުމުން އޭގެތެރެއަށް ބޯކިރު ފިޔަވާ ބާކީ ހުރި ހުރިހާ ބާވަތްތައް އަޅުއްވާ 10 މިނެޓް ވަންދެން ކައްކާލައްވާށެވެ. ދެން ލޮނުހެޔޮވަރު ކުރައްވާ ބޯކިރު އަޅުއްވާ ކެކިގަތުމުން އުދުންމަތިން ބާލުއްވާށެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...