އޭޝިއާ ތާލިބާނުންނާއެކު މަޝްވަރާ ކުރުމަށް އަދިވެސް ތައްޔާރަށް ހުންނެވި ކަމުގައި ކަރުޒާއީ ވިދާޅުވެއްޖެ

ތާލިބާނުންނާއެކު މަޝްވަރާ ކުރުމަށް އަދިވެސް ތައްޔާރަށް ހުންނެވި ކަމުގައި ކަރުޒާއީ ވިދާޅުވެއްޖެ

ތާލިބާނުންނާއެކު މަޝްވަރާ ކުރުމަށް އަދިވެސް ތައްޔާރަށް ހުންނެވި ކަމުގައި ކަރުޒާއީ ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ސަރަހައްދީ ހަމަޖެހުމަށާއި އަފްޣާނިސްތާނުގެ ކުރިމަގަށްޓަކައި އަދިވެސް ތާލިބާނުންނާއެކު މަޝްވަރާގެ މޭޒުދޮށަށް ވަޑައިގެންނެވުމަށް ތައްޔާރަށް ހުންނެވި ކަމަށާއި އެކަމާއި ބެހޭގޮތުން އެކި ފެންވަރުގައި އަދިވެސް މަސައްކަތްތައް ކުރެވެމުންދާ ކަމުގައި އަފްޣާނިސްތާނުގެ ރައީސް ހާމިދު ކަރުޒާއީ ވިދާޅުވެއްޖެއެވެ.

އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ބައިނަލްއަޤްވާމީ ފައުޖުގެ ހަރަކާތްތަކާއި ބެހޭގޮތުންނާއި އަފްޣާނިސްތާނުގެ ތަރައްޤީ އާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށް އިނގިރޭސިވިލާތަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކަރުޒާއީ ވިދާޅުވީ ބައިނަލްއަޤްވާމީ އެހީއަކީ އެޤައުމަށް ވަރަށް މުހިއްމު އެއްޗެއް ކަމަށާއި ގިނަ ޤައުމުތަކުން އެހީ ދެއްވާނެ ކަމުގެ ޔަޤީންކަން ދެމުންދާކަމަށެވެ.

އަފްޣާނިސްތާނަށް އަންނަމުންދާ ބަދަލުތަކާއެކު، މިހާރު ގިނަ މަސައްކަތްތަކެއް ކުރަންޖެހިފައިވާ ކަމަށާއި އެކަމުގައި ހުޅަނގުގެ ޤައުމުތަކުން ލިބެމުންދާ އެއްބާރުލުމާއި އެހީތެރިކަން ޝުކުރުވެރިކަމާއެކު ފާހަގަ ކުރައްވާ ކަމުގައިވެސް ވިދާޅުވިއެވެ.

ނޭޓޯ އާއި އެމެރިކާ ސިފައިންނަށް އަމާޒުކޮށްގެން އަފްޣާނިސްތާނުގައި ދެވެމުންދާ ހަމަލާތައް މަދުކުރެވިފައިވާއިރު، ބައިނަލްއަޤްވާމީ ފައުޖުގެ ފަރާތުން ދެމުން އަންނަ ހަމަލާތަކުގައި މަރުވާ އާންމުންގެ ޢަދަދު މަދުކުރުމަށްވެސް ޚާއްޞަ މަސައްކަތްތަކެއް ކުރެވެމުންދެއެވެ.

ކަރުޒާއީ ވިދާޅުވި ގޮތުގައި ކުރިން މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ކުރެވުނު މަސައްކަތުން ނަތީޖާ ނުނެރެވުނު ނަމަވެސް، މިފަހަރު އަލުން އާޢަޒުމެއްގައި މަޝްވަރާތައް ކުރިއަށް ގެންގޮސްގެން ބޭނުންވާ ނަތީޖާ ހާޞިލް ކުރެވޭނެކަމަށް ކުރެވޭ އުއްމީދު ވަރަށްބޮޑު ކަމަށެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.