އޭޝިއާ ބަޑީގެ ހަމަލާއެއްގައި ޕާކިސްތާނުގެ ތިން ޝީއީ ވަކީލުން މަރުވެއްޖެ

ބަޑީގެ ހަމަލާއެއްގައި ޕާކިސްތާނުގެ ތިން ޝީއީ ވަކީލުން މަރުވެއްޖެ

ބަޑީގެ ހަމަލާއެއްގައި ޕާކިސްތާނުގެ ތިން ޝީއީ ވަކީލުން މަރުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ޕާކިސްތާނުގެ ކަރާޗީގައި ޝީއީ ރާފިޟީ ފިރްޤާއަށް ނިސްބަތްވާ ޤާނޫނީ ވަކީލުންތަކަކަށް ބަޔަކު ބަޑިން ހަމަލާދީފިއެވެ. މަޢުލޫމާތު ލިބިފައިވާގޮތުގައި މިހަމަލާގައި ތިން ވަކީލަކު މަރުވެ ހަތަރުވަނަ މީހާއަށްވަނީ ވަރަށް ބޮޑެތި ޒަހަމްތަކެއްވެފައެވެ.

ވަވީލުންގެ ކާރަށް ހަތިޔާރު އަޅައިގެން ތިބި ބަޔަކު އައިސް ބަޑި ޖަހާފައިވަނީ އެވަކީލުންތަށް ކޯޓުން ގެއަށް ދިޔަ މަގުމަތީގައެވެ.

 ފުލުހުން ހާމަކޮށްފައިވާގޮތުގައި ވަކީލުންނަށް ހަމަލާދީފައިވަނީ ހަތަރު މީހުންނެވެ. ދެސައިކަލަކުން އައި މިހަތަރުމީހުންވަނީ ކާރުގެ ކުރިމައްޗަށް އަރައި ކާރަށް ބާޑި ޖަހާފައިކަމަށް ފުލުހުން އިތުރަށް ބުނެފައިވެއެވެ. މިހަމަލާދީފައިވަނީ ބުދަދުވަހު ހަވީރު ތިނެއްޖެހިއިރެވެ.

"އެމީހުން ޖަހާފައިވަނީ 6 އުންޑަ. ކާރުގެތެރެއިން އަހަރެމެންނަށް ވަނީ 9މިލިމީޓަރުގެ 4 ކޭސިންފެނިފަ،" ފުލުހުން މީޑިއާއަށް މަޢުލޫމާތުދީފައިވެއެވެ.

 ބަޑީގެ މިހަމަލާގައި ކާރުގެ ވިންޑްޝީލްޑްވަނީ އެއްކޮށް ތަޅައިގެންގޮސްފައެވެ. ހަމަލާދިން ހިސާބުގަނޑައި ކައިރި ހިސާބެއްގައި ފުލުހުންގެ ވޭނެއް އޮތްނަމަވެސް ހަމަލާދިން މީހުންވަނީ ފިލާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.