އަރަބިދުނިޔެ

އިޒްރޭލާއި، ލުބުނާނާ ދެމެދު ކުރިމަތިލުންތަކެއް ކުރިޔަށް އެބަދޭ

ލިޔުނީ: ހުސެއިން ސާލިމް

ލުބުނާނާއި، އިޒްރޭލާ ގުޅޭ ބޯޑަރު ކައިރީ މިއަދުގެ ވަގުތެއްގައި ދެ ޤައުމުގެ ސިފައިންގެ މެދުގައި ހަމަލާތަކެއް ބަދަލުކުރެވެމުން އެބަދެއެވެ. ކުއްލިގޮތަކަށް މިއަދު މި ފެށުނު ހަމަލާތަކުގައި މިހާތަނަށް ލުބުނާނުގެ ސިފައިންގެ މީހަކާއި، އާންމުންގެ މީހަކަށް އަނިޔާ ވެފައިވާއިރު، އިޒްރޭލުގެ އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމެއް އަދި ވަނީ ކަޝަވަރު ނުކުރެވިއެވެ.

"އިޒްރޭލުން ފޮނުވާލި ހަތަރު ރޮކެޓެއް އައިސް ޖެހުނީ ލުބުނާނުގެ އާމީގެ ޕޮޒިޝަނެއް ކައިރިއަށް. އެހެންވެ ލުބުނާނުން އޭގެ ބަދުލުގައި ހަމަލާ ދިނީ" އެ ސަރަހަށްދުގައި ހަރަކާތްތެރިވަމުންދާ ލުބުނާނުގެ އޮފިޝަލަކު ކިޔައިދިންކަމަށް އޭ.އެފް.ޕީ ނޫސް އެޖެންސީން ޚަބަރު ދެއެވެ.

މި ހަމަލާތައް ފެށިގެން އައީ އިޒްރޭލުގެ ހަނގުރާމަވެރިން ލުބުނާނުގެ ބޯޑަރުތެރޭގައި ހުރި ގަހެއް ވަށްޓާލުމަށް މަސައްކަތްކުރުމުންކަމަށް ޚަބަރު ލިބެއެވެ. އެހެންނަމަވެސް އިޒްރޭލުގެ ރަސްމީ އިދާރާތަކުން ޚަބަރު ދޭގޮތުގައި އިޒްރޭލުން ރޮކެޓު ހަމަލާތަކެއް ދީފައިވަނީ، އިޒްރޭލުގެ އިންޖިނޭރުންތަކެއް މަސައްކަތުގައި އުޅެނިކޮށް ލުބުނާނުން އެމީހުންނަށް ހަމަލާދިނުމުން ރައްދުދިނުމުގެ ގޮތުންކަމަށެވެ.

ބޯޑަރުގެ ކައިރީ ކުރިޔަށްދާ މި ހަމަލާތަކަށް އަދިވެސް ހުއްޓުމެއް ނާންނަކަމަށް އިޒްރޭލުގެ ސަލާމަތީ ފަރާތްތަކުން ޚަބަރު ދެއެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *