ސައިންސާއި ޓެކް ހިލޭ ލިބޭ ސޮފްޓްވެއާބޭނުން ކުރަމާތޯ

ހިލޭ ލިބޭ ސޮފްޓްވެއާބޭނުން ކުރަމާތޯ

ހިލޭ ލިބޭ ސޮފްޓްވެއާބޭނުން ކުރަމާތޯ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދިވެހި ރާއްޖޭގެ ޤާނޫނީ މަސްރަހަށް ނަޒަރެއް ހިންގާލާއި އަވަސް މުސްތަޤުބަލެއްގައި އަޅުގަނޑުމެންގެ މިގައުމަށް ކޮޕީރައިޓް ލޯއެއް އައުމަކީ އެކަށީގެންވާ ކަމެކެވެ. ފުރަތަމަ ވިސްނާލަށްވަންވީ ކޮޕީރައިޓް ލޯއަކަށް އަމަލު ކުރަންޖެހިންގެ ނަމަ މީގެ މާނައަކީ ކޮބާކަމެވެ. ކޮޕީރައިޓް ލޯއެއް އަތުވެއްޖެ ނަމަ އެއްވެސް ސޮފްޓްވެއާއެއް ރަޖިސްޓްރީ ނުކޮށް ބޭނުން ކުރުމަކީ މަނާކަމަކަށް ވާނެއެވެ. އަޅުގަނޑުމެން ޢާއްމު ކޮށް ބޭނުން ކުރަމުން މިދަނީ ސޮފްޓްވެއާގެ ވަގު ކޮޕީތަކެވެ. މީގެ އަސްލު ކޮޕީތަކަކީ ނުލާހިކު އަގުބޮޑު ތަކެއްޗެވެ. މިވަގުތު މާލޭގައި ވިންޑޯސް އެސް.ޕީ އެއްގެ އަގަގީ 2000ރފއެވެ. އަދި ވިންޑޯސް ވިސްޓާގެ އަގަގީ 2500ރފއެވެ. ކޮންޕިއުޓަރ ބޭނުން ކުރާފަރާތް ތަކަށް އެނގޭނެ ފަދައިން ހަމަ އެކަނި ވިންޑޯސް އެޅުމަކުން އެއިން މާބޮޑު ބޭނުން ނުހިފޭނެއެވެ. އޮފީސް ސޮފްޓްވެއާވެސް ބޭނުންވާނެއެވެ. އަދި މިނޫންވެސް އެތައްބައިވަރު ސޮޕްވެއާއެއް ބޭނުންވާނެއެވެ. އަޅުގަނޑު އަންދާޒާ ކުރިގޮތުން ކޮމްޕިޓަރ 10000ރފ ގަންނަށް ލިބޭނަމަ، ހަމަ މިއަގު ނުވަތަ އެއައްވުރެ ބޮޑު އަގެއް ބޭނުންވާ ސޮފްވެއާ ގަތުމަށް ހަރަދުވާނެއެވެ.

މިކަމުގެ ހައްލަކީ ކޮބާތޯއެވެ. މިކަމުގެ ހައްލަކީ ހިލޭ ލިބޭ ސޮފްޓްވެއަރ ބޭނުން ކުރުމެވެ. އަތައްބައިވަރު ހިލޭ ލިބޭ ސޮފްވެއާރ ތަކެއް މިހާރު ދަނީ އަގުބޮޑެތި ސޮފްޓްވެއަރ ތަކާއިވާދަކުރަމުންނެވެ. މިގޮތުން ފާހަގަ ކޮށްލެވޭ ސޮފްވެއާތަކުގެ ތެރޭގައި، ފަޔާފޮޝް، އޯޕަންއޮފީސް ފަދަ ސޮފްޓްވެއަރ ހިމެނެއެވެ. އަދި މީގެ އިތުރުން ލިނަޝް އޮޕަރޭޓިން ސިސްޓަމް އަކީވެސް އެއްވެސް އަގަކާއި ނުލާ ހިލޭ ލިބެން ހުންނަ ސޮފްވެއާއެކެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.