އަރަބިދުނިޔެ

"ތާލިބާނުންގެ ހަމަލާތައް އިތުރުވަމުންދަނީ، އާންމުން މަރުވަމުން ދާތީ"- ނޭޓޯ

ލިޔުނީ: ހުސައިން ސާލިމް

އަފްގާނިސްތާނުގައި ހަރަކާތްތެރިވަމުންދާ ނޭޓޯއިން ކުރިޔަށް ގެންދިޔަ ސްޓަޑީތަކަކުން، އެމެރިކާ ނުވަތަ ނޭޓޯގެ ސިފައިން ދޭ ހަމަލާއެއްގައި އާންމުން މަރުވާ ކޮންމެފަހަރަކު އޭގެ ބަދަލުގައި ހަނގުރާމަވެރިންގެ ފަރާތުން 6 ހަމަލާ އަންނަކަމަށް ދައްކައިފިއެވެ. އަދި ކޮންމެ ހަމަލާއެއްގެ ބަދަލު ހިފުމަށް ދޭ ހަމަލާތައް އިތުރު 6 ހަފްތާގައިވެސް ކުރިޔަށް ދާކަމަށް މި ސްޓަޑީއިން ވަނީ ހާމަވެގެން ގޮސްފައެވެ.

ހަނގުރާމައިގާ މަރުވާ އާންމުންގެ މީހުންނާ، ތާލިބާނުން ދޭ ހަމަލާތަކާ މިފަދަ ގުޅުމެއް ވާކަމަށް ބެލެވޭ އެންމެބޮޑު އެއް ސަބަބކަށްވަނީ އެފަދަ ކޮންމެ ހަމަލާއަކަށްފަހު އެ ހަމަލާއެއްގައި ގެއްލުން ލިބިނު ފަރާތްތަކުން ތާލިބާނުންނަށް އެއްބާރުލުން ލިބެމުން ދިޔުމެވެ. މިހެންކަމުން އެމެރިކާއާއި، ނޭޓޯގެ ހަމަލާތައް އިތުރުވެގެން ދިޔަ ވަރަކަށް ތާލިބާނުންގެ ހަނގުރާމަވެރިންގެ އަދަދު އިތުރުވެގެން ދާނެކަމަށް މިވަނީ ބެލެވިފައެވެ.

"ނަތީޖާ ދައްކާގޮތުން ހަނގުރާމަވެރިންގެ އަދަދު މަދުކުރަން އަހަރުމެން ބޭނުންނަމަ، އަހަރުމެންނަށް ކިތަންމެ ނުރައްކާ ބޮޑުވި ނަމަވެސް، އަހަރުމެން ދޭ ހަމަލާތަކުގައި އާންމުން މަރުވާ ނިސްބަތް ދަށްކުރަންޖެހޭ" ސްޓަޑީއަށްފަހު ނެރުމަށް ހަމަޖެހިފައިވާ ރިޕޯޓުގައިވެއެވެ.

މި ސްޓަޑީގެ ސަބަބުން އެމެރިކާއާއި، ނޭޓޯގެ ސިފައިންގެ ހަނގުރާމައިގެ ޕޮލިސީތަކަށް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އަންނާނެކަމަށް މިވަނީ ބެލެވިފައެވެ. އެގޮތުން ވައިގެ ހަމަލާތަކާއި އެހެނިހެން ބައެއް ބާވަތްތަކުގެ ހަމަލާތައް ދިނުމުގައި އިތުރު ދަތިތަކެއް ކުރިމަތިވެގެން ދާނެކަމަށް މިހާރުވަނީ ބެލެވެން ފަށައިފައެވެ. އަފްގާނިސްތާނުގައި މިހާރުކުރަމުންދާ ހަނގުރާމައިގައި، ގިނަ ބަޔަކު ޤަބޫލުކުރާ ގޮތުގައި އެމެރިކާ މިހާރުވަނީ ބަލިވެފައެވެ. މިއަހަރުގެ މިހާތަނަށް މުޅިއެކު ބޭރުގެ 414 ސިފައިން މަރާލައިފާ ވާއިރު، އޭގެތެރެއިން 269 މީހުންނަކީ އެމެރިކާގެ ސިފައިންނެވެ.

ގުޅުންހުރި

1 ޚިޔާލު

  1. Al-Hamdhu Lillaahi Shukuru

Your email address will not be published. Required fields are marked *