އަޅުގަނޑުމެންގެ ކުރިމަތީގައިވަނީ މާތް ވެގެންވާ ރަމަޟާން މަހެއެވެ. އެއީ ޤުރުއާންގެ މަހެވެ. އެމަހެއްގައި 1000 ރެއަށްވުރެން ހެޔޮކަން ބޮޑުވެގެންވާ ރެއެއްވެއެވެ. މިގޮތުން ބަލާއިރު 'ޒިކްރު' އަކީ ރަމަޟާން މަހު އަޅުގަނޑުމެންގެބައިވެރިޔާއެވެ.
ޒިކްރު އަކީ ޤުރުއަން ސޮފްޓްވެއަރ އެކެވެ. މުޅިން ހިލޭލިބޭ އޯޕަންސޯސް ސޮޕްވެއަރ އެކެވެ. ޒިކްރުގައި އެކުލެވިގެންވަނީ ދެބައެވެ. އެއީ ސޫރަތުގެ ބަޔާއި ގުރުއާންގެ ބަޔެއެވެ. ތިރީގައިވާ ފޮޓޯގަނޑު ބައްލަވާ ލައްވާށެވެ.
ކަނާތްފަރާތުގައި އެވަނީ ގުރުއާންގެ ސުރަތްތަކާއި އޭގެ ތަރުޖަމާއެވެ. އަދި ވާތް ފަރާތުން ބޭނުންވާ ސޫރަތެއް އިޙްތިޔާރު ކުރެވޭނެއެވެ. އަދި ހަމަ މީގެ އިތުރުން ސޫރަތުގެ ނަމާއި އަދި ސޫރަތަކީ މައްކީ ނޫނީ މަދަނީ ސޫރަތެއްކަންވެސް އެނގޭގޮތަށް ލިޔެވިގެންވެއެވެ. އަދި ހަމަ މިއާއި އެކު ސޮފްވެއަރ އާއި އެކު ގިނަ އަދަދެއްގެ ޝެއިހުން ކިޔަވާވިދާޅުވެފައިވާ ކިޔުންތައްވެސް ލިބެން ހުންނާނެއެވެ. މިޒަމާނަކީ ކޮންޕިޔުޓަރގެ އަޅުގަނޑުމެންގެ ދިރިއުޅުމުގެ ބަޔަކަށް ދުވަސްވަރަކަށް ވެފައިވާއިރު ޒިކްރު އަކީ ކޮންޕިއުޓަރ ގައި އަޅުގަނޑުމެންގެ ދިނީ އެކުވެރިޔާއެވެ. ޒިކްރުއަކީ ހުރިހާ އޮޕަރޭޓިން ސިސްޓަމެއްގައި (ވިންޑޯސް، ލިނަކްސް އަދި މެކް) ގައި މަސައްކަތް ކުރާ ގޮތައް ފަރުމާ ކުރެވިފައިވާ ސޮޕްވެއަރ އެކެވެ.
މިސޮފްވެއަރ ޑައުންލޯޑް ކުރެއްވުމަށް www.zekr.org އަށް ޒިޔާރާތް ކޮށްލައްވާށެވެ..




ކޮމެންޓް (0)
ލޯޑް ކުރަމުން...