އޮސްޓަރޭލިޔާގެ މިސްކިތަކަށް ބަޔަކު ހަމަލާ ދޭ މަންޒަރު ސެކިއުރިޓީ ކެމެރާތަކުން ފެނިއްޖެ.
އޮސްޓަރޭލިޔާގެ ނިއުކާރސަލް މިސްކިތަށް ބަޔަކު ހަމާލާ ދޭ މަންޒަރުތަށް ސެކިއުރިޓީ ކެމެރާތަކަށް އަރަފައިވާކަމަށް ހާމަކޮށްފިއެވެ.
މި އަމަލު އެމީހުން ހިންގައިފައި ވަނީ ކުޑަކުދިންގެ ޤުރުއާން ކްލާސްތަކެއް ނިއްމާލާފައި ދިޔަތާ ކުޑަ އިރުކޮށްފަހުންނެވެ. ގާގައި ސޮލީބު ރަމްޒު ކޮށްދޭ ޓެޓޫ ޖަހަފައި ތިބިބަޔަކު މިދަޔަ ހޯމަ ދުވަހުގެ ރޭ 9.30 ގައި މިސްކިތުގެ ބޭރުގޭޓް ފައިންޖަހާ ވައްޓާލުމަށްފަހު އަތުގައި ވާ އެއްޗަކުން މިސްކިތުގެ ދޮރުގައި ޖާހަފައި އެތެރެއަށް ވަދެގެން ދިޔަތަން މި ވިޑިޔޯ ފޫޓެޖުން ފެނިގެންދެއެވެ. އަދި މީގެތެރެއިން އެއްބަޔަކު މިސްކިތުން ބޭރުގައި ތިބެގެން ގާފަދަ ތަކެތި މިސްކިތާއި ދިމާލަށް އުކަމުން ހަޅޭލަވަމުން ދިޔަތަން މިވީޑިޔޯއިން ފެނިގެން ދެއެވެ. އަދި މިހާރު މި ވީޑިޔޯ ވަނީ ފުލުހުންނަށް ހުށައަޅާފައެވެ.
ނިއުކާރސަލުގެ މުސްލިމު އެސޯޝިއޭޝަންގެ ނައިބް ރައީސް ޑައިނާ ރަހް ހާމަ ކުރި ގޮތުގައި މި މިސްކިތަކީ އަބަދުވެސް މީހުން ނަމާދުކުރުމައި ރޭ އަޅުކަމުގައި ވަގުތު ހޭދަ ކުރާ މިސްކިތެއްކަމުން މިހަމަލާ ދެވުނު ރޭ ވެސް ބަޔަކު ނަމާދަށް ތިބިކަމަށާއި އަދި މިސްކިތުގެ އެތެރޭ ދޮރު އެވަގުތު ހުރީ ތަޅުލައިފައި ކަމުން ހަމަލާދޭން އުޅުމީހުންނަށް ވަނީ އެތެރެއަށް ވަންނަން ކުރި މަސައްކަތް ނާކާމިޔާބު ވެފަކަމުގައި ވެސް ރަހް މައުލޫމާތު ދިނެވެ.
ރަހް އިތުރަށް ކިޔާދިނުން ގޮތުގައި ފާއިތުވި 3 މަސްދުވަހުގެ ތެރޭގައި ވަރަށް ގިނަ ހަމަލާތަކެއް މި ސިޓީގައި ދިރިއުޅޭ މުސްލިމުންނަށާއި މިސްކިތްތަކަށް އަމާޒުކޮށް ދެވިފައިވެއެވެ. މި ގޮތުން ކޮށްފައިވާ ދުއްތުރާތަކުގެ ތެރޭގައި ކުނި ކޮތަޅު މިސްކިތުގެ ހަރިންމަތެރެއަށް އުކުމާއި އަދި ބޭރު ފެންސު ހަލާކޮށްފައިވެއެވެ. އަދި މިދިޔަ އަހަރުގެ އޭޕްރިލް މަހުގައި ވަނީ މަރާލެވިފައިވާ 3 އޫރުގެ ފޮޓޯ، ސިޓީ އުރައަކަށް ލުމަށްފަހު މިސްކިތައް ވަންނަތާ ކުރިމަތީގައި ބާއްވާފައެވެ. ރަހް ބުނިގޮތުގައި މި އޫރު މަރާލެވިފައިވަނީ އާ މިސްކިތެއް ބިނާ ކުރަން ލިބިފައި ވާ ބިމުގައި ކަމަށާއި އަދި އެ އޫރުތަކުގެ އެއްބައި ވަޅުލެވިފައިވާތަން ފޮޓޯތަކުން ފެނިގެން ދެއެވެ. މިސްކިތައް ނަމާދަށް އަންނަ މީހުންގެ ކާރު ފަދަ ތަކެއްޗައް ގެންލު ދީފައިވާކަމަށް ވެސް އޭނާ ހާމަކުރިއެވެ.
އޮސްޓަރޭލިޔާގެ މިސަރަހައްދުގައި ދިރި އުޅޭ މުސްލިމުންނަށް ކާފަރުންގެ ފަރާތުންދަނީ ތަފާތު ގޯނާތަކާއި ކުރިމަތި ވަމުންނެވެ. އަދި މުސްލިމުންވަނީ ބިރުވެރިކަމެއްގައި ތެރޭގައިއެވެ. ނިއުކާރސަލްގެ"ޗީފް އޮފް ޕޮލީސް" ޑީން އޮލްސެން ހާމަ ކުރިގޮތުގައި ފުލުހުން މިހާރު ދަނީ މިކަންތައްތައް ތަހްޤީގު ކުރަމުން ކަމަށާއި އަދި އެ ފަދަ ކުށް ކުރާކަމަށް ސައްކު ކުރެވޭ މީހުންނާއި ސުވާލު ކުރަމުން ދާކަމުގައި ވެސް އޭނާ ބުނިއެވެ. އަދި މިގޮތުން ސެކިއުރިޓީ ކެމެރާތަކަކީ މިސްކިތައް ގެއްލުން ދޭބަޔަކު ބެލުމަށްޓަކައި ހަރު ކުރެވިފައި ވާ އެއްޗެހި ކަމަށް ވެސް ޑީން ބުނިއެވެ. އަދި ޑީން ވަނީ މުސްލިމުންނަށް ގޯނާ ކުރާ މީހުންގެ މައުލޫމާތެއް އެއްވެސް ފަރާތަކަށް ލިބިފައި ވާނަމަ ލަސް ނުކުރައްވާ ފުލުހުންނާއި ހިއްސާކުރުމަށް ގޮވާލާފައެވެ.
މިހަމަލާގެ ވީޑިއޯފުޓޭޖް:
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!
ކޮމެންޓް (0)
ލޯޑް ކުރަމުން...