"އިސްލާމު ދީނުގެ ހިމާޔަތުގައި ދިވެހިން" މި ނަމުގައި 23 ޑިސެމްބަރ 2011 ވީ ހުކުރުދުވަހު ހަވީރު ދ. ކުޑަހުވަދޫ ބޯޅަދަޑުގައި ކުރި މުޒާހަރާ އަށް ހުރަސްއަޅައި ހަމަނުޖެހުން ހިންގުމަށް އެމްޑީޕީގެ މަދުބަޔަކު މަސައްކަތް ކޮއްފާވާކަމަށް އެރަށު މީހުން ބުނަމުން އެބަދެއެވެ.
ރާއްޖޭގެ އެކިކަންކޮޅުތަކުގައި އެއްލައްކައަށްވުރެގިނަ ދިވެހިން ބައިވެރިވެގެންކުރި ސުލްހަވެރި މުޒާހަރާގައި ދ. ކުޑަހުވަދޫގައި ހަމަނުޖެހުން ހިންގުމަށް މަސައްކަތް ކޮށްފައިވަނީ އެމްޑީޕީ އަށް ނިސްބަތްވާ 12 ވަރަކަށް މީހުންނެވެ. މަންޒަރު ދުތްމީހަކު ނަންނުޖެހުމަށް ޝަރުތުކޮށް ވިދާޅުވިގޮތުގައި، މުޒާހަރާއަށް ހުރަސްއަޅަން މަސައްކަތް ކުރިމީހުން މުޒާހަރާފެށިވަގުތު އެސަރަހައްދުގެ ހުޅަނގުފަރާތުން ޕިކަޕެއްގައި އަޑުގަދަކުރާއަކުން ބޮޑުބެރު ލަވަޖަހަމުން ގެންދިޔައެވެ. އަދި މުޒާހަރާ ފެށުމުގެ ގޮތުން ކީރިތި ޤްރުއާން ކިޔަވަމުން ގެންދިޔަ ވަގުތުވެސް ބޮޑުބެރުލަވަ އޭގެ އެންމެ ބާރުމިނުގައި ޖަހަމުން ގެންދިޔަކަމުގެ މަޢުލޫމާތު ލިބިފައިވެއެވެ.
އެބައިމީހުން މުޒާހަރާ ރޫޅާލުމަށް ކުރި މަސައްކަތް ކާބިޔާބު ނުވުމުން، ސުލްހަވެރިކަމާއެކު ކުރަމުންދިޔަ މުޒާހަރާގެ ބައިވެރިންނާއި ދިމާލަށް ޕިކަމުގައި އަންނަން ފެށުމުން، ކުޑަހުވަދޫގައި ތިއްބަވާ ފުލުހުންވަނީ އެބައިމީހުން ހުއްޓުވާފައެވެ. އެހެންކަމުން މުޒާހަރާގެ ބައިވެރިންނަށް ސީދާކުޅެވެގޮތް ނުވާކަމަށް ވެއެވެ. އަދި މުޒާހަރާ ވެގެން ދިޔައީ ފެށުނީންސުރެ ނިމެންދެން ވަރަށް ސުލްހަވެރި މުޒާހަރާ އަކަށް ކަމުގައި މަޢުލޫމާތު ލިބިފައި ވެއެވެ.
އަދި މީގެ އިތުރުން ކުޑަހުވަދޫ ކައުންސިލުން މައުލޫމާތު ދިންގޮތުގައި މުޒާހަރާ ފެށުމުގެ ކުރިންވެސް، ކައުންސިލްގެ ފަރާތުން ރައްޔިތުންނަށް އެނައުންސްމަޓްދޭ ސިސްޓަމް ބޭނުންކޮށްގެން މުޒާހަރާއަށް ނުނުކުތުމަށް ރައްޔިތުންނަށް ގޮވައި ދިނުމަށްއެދި އެމްޑީޕީ ގޮފީގެ އިސްވެރިން އެދެމުން އައިކަމުގައި ވެއެވެ. ޤާނޫނާއި ޤަވާއިދުގެ އިމުގެ ތެރެއިން ކައުންސިލުން ހުއްދަނަގައިގެން ސުލްހަވެރިކަމާއެކު ބާއްވަން ހަމަޖައްސާފައިވާ އެމުޒާހަރާ، އެމީހުން އެދިފައިވާ ގޮތަށް ކައުންސިލްގެ ފަރާތުން އެކަން ނުކުރެވޭނެކަމަށް އެންގުމުން، އެނައުސްމަންޓްދޭ ސިސްޓަމް ބަހައްޓާފައިވާ އިމާރާތުގެ މައިދޮރު ފަޅާލައި އެއިމާރާތަށް ޤަވާއިދާ ޤާނޫނާހިލާފަށް ވަދެ އެނައުންސްމަންޓް ދިނުމަށް މަސައްކަތް ކޮށްފައިވާ ކަމުގައިވެއެވެ.
މަންޒަރުދުތް ބަޔެއް ފަރާތްތަކުން މަޢުލޫމާތު ދިންގޮތުގައި، މުޒާހަރާއަށް ހުރަސްއަޅައި މުޒާހަރާ ރޫޅާލުމަށް މަސައްކަތް ކޮއްފައިވަނީ ކުޑަހުވަދޫގައި ހުންނަ މެދުދާއިރާގެ ޤައުމީ އިދާރާގައި މަސައްކަތްކުރާ 2 ނައިބަކާއި، ސްކޫލްގެ ދިވެހި ޓީޗަރަކާއި، އެމްޑީޕީ ގޮފީގެ ބަޔެއް އިސްބެފުޅުންނާއި އަދި ކުޑަހުވަދޫގައި މަސްތުވާތަކެތި ބޭނުންކުރާކަމަށް ތުހުމަތުކުރެވޭ އަދި ވަޅިން މީހުނަށް ހަމަލަދީ މާރާމާރީ ހިންގުމުގެ ކުށުގައި ހައްޔަރުކޮށްފައިވާ ކުދިންނެވެ.
މުޒާހަރާ ކުރިޔަ ނުދިނުމަށް އެކިގޮތްގޮތުން ހުރަސް އަޅާފައިވީނަމަވެސް، މުޒާހަރާ ކުރިޔަށްގޮއްސައިވަނީ ވަރަށް ސުލްހަވެރިކަމާއި އެކުގައިކަން މުޒާހަރާ އިންތިޒާމްކުރި ފަރާތުންވަނީ ހާމަކޮށްފައެވެ. އަދި ސުލްހަވެރި މުޒާހަރާ ހަޖަމް ނުކުރެވިގެން ހުރަސްއަޅަން މަސައްކަތް ކުރިފަރާތްތަކަށްވަނީ މަލާމާތް ރައްދުވެފައެވެ. ޚާއްސަކޮށް ކީރިތި ޤުރުއާން ކިޔަވަމުންދިޔަ ވަގުތުގައި އެތަނުގައި އަޑުގަދަކުރާއިން ބޮޑުބެރުލަވަ ޖެހި، ލާދީނީ މި އަމަލު ވަރަށްގިނަ ފަރާތްތަކުން ވަނީ ކުއްވެރި ކޮއްފައެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...