ރާއްޖޭގެ ޚަބަރު އެއްވެސް އަމުރެއް ގައުމަށްޓަކައި ނޫން ގޮތަކަށް ސިފައިންނަށް ނުކުރައްވާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ

އެއްވެސް އަމުރެއް ގައުމަށްޓަކައި ނޫން ގޮތަކަށް ސިފައިންނަށް ނުކުރައްވާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: އަލީ އަހްސަން

އެއްވެސް އަމުރެއް ގައުމަށްޓަކައި ނޫން ގޮތަކަށް ސިފައިންނަށް ނުކުރައްވާނެ ކަމަށް ރައީސް މުހަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައީސް ނަޝީދު މިފަދަ މޭރުމަކުން ވާހަކަ ދައްކަވާފައިވަނީ އިއްޔެ ސިފައިންގެ އޮފިސަރުން ތަމްރީނުކުރާ ވިންގު ހުޅުއްވައިދެއްވުމަށް ފަހު ސިފައިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ނަޝީދުގެ ވާހަކައިގައި "މި ގައުމަށްޓަކައި ނޫން ގޮތަކަށް، މި ރާއްޖެއަށްޓަކައި ނޫން ގޮތަކަށް އަޅުގަނޑުގެ އެއްވެސް ކޮމާންޑެއް އެއްވެސް ބަހެއް ސިފައިންނަކަށް ނުނުކުންނާނެ،" ކަމަށް ވަނީ ވިދާޅުވެފައެވެ.

"ރާއްޖެއަށްޓަކައި ނޫން ގޮތަކަށް އަޅުގަނޑުގެ އެއްވެސް ކޮމާންޑެއް އެއްވެސް ބަހެއް ސިފައިންނަކަށް ނުނުކުންނާނެ" ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވަނީ ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ތަފާތު 'އޯޑަރުތައް ދޭކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތު ކޮށްފައިވަނިކޮންނެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތު ކުރާގޮތުގައި ސިޔާސީ ފަރާތްތަކަށް ބިރުދެއްކުމާއި ބަންދުކުރުމަކީ ސީދާ ރައީސް ނަޝީދުގެ އެންގުމަށް ސަލާމަތީ ބާރުތަކުން ކުރަމުން އަންނަ ކަންކަމެވެ.

އަސްލު: ސަންދާނު.ނެޓް

ޓެގް

ސަރުކާރު

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.