ރިޕޯޓް

ރައްޔިތުމީހާ ބޭނުންވާ ގޮތް..............!!!

ފޮޓޯ: މައުރޫފް ޚަލީލު

އިސްލާމްދީނަކީ ރައީސް މީހާވެސް އެ ބުނާފަދަ ސަމާޙަތުގެ ދީނެވެ. މެދު މިނުގެ ދީނެވެ. ފުރިހަމަ ދީނެކެވެ. މަޢާފް ދިނުމަށް ލޯބި ކުރާ ދީނެކެވެ. ނަމަވެސް އެއީ ރައީސް މީހާ ވިސްނާފަދަ މެދު މިނުގެ ދީނެއް ނޫނެވެ. އާދޭހެވެ. ދީން ބާއްވާލެއްވުނު އިރު ދީނަކީ މެދު މިނުގެ ދީނެކެވެ. އެއީ ވައްކަން ކުރާ މީހުން އަތްކަނޑައި ޒިނޭކުރާ މީހުން ރަޖަމުކޮށް ޙައްޤަކާއި ނުލާ މީހުން މަރާ މީހުން ކިބައިން ޤިޞޯސް ވެސް ހިފުން އެ ދީނެއްގައި ހިމަނުއްވާ މާތް ﷲ ވަޙީ ކުރައްވައްފައި ވަނީ މެދު މިނުގެ ދީނެއް ކަމުގައެވެ. މި ކަމުގައި ދުވާލަކު އެއްފަހަރު ރައީސް މީހާ ޕޯޑިއަމް ތަކައް އަރާ މެދު މިނުގެ ދީނެކޭ ނުކިޔަސް ވެސް މެއެވެ. ނަމަވެސް މިހާ ހިސާބުން އުފެދޭ ސުވާލަކީ ވައްކަން ކުރާ މީހުން އަތް ނުކަނޑައި ޒިނޭކުރާ މީހުން ރަޖަމު ނުކޮށް ޙައްޤަކާއި ނުލާ މީހުން މަރާ މީހުން ކިބައިން ޤިޞޯސް ނުހިފާނަމަ ނުވަތަ އެ ދީނުގެ ބައެއް ޙުކުމް ތައް ރައީސް މީހާ ބޭނުންހާ ގޮތަކަށް ކޮށާ މަށާފަ ދެންވެސް މެދު މިނުގެ ދީނަކަށް ވޭތޯއެވެ؟ ނުވަތަ ރައީސް މީހާ އަށް ފެންނަ ބައިތައް ނުވަތަ "އަޅުގަނޑަށް ވިސްނޭގޮތުގަ" އޭ ކިޔާ މި ދީނުގެ ބައެއް އުނި ކުރުމައްފަހުވެސް މި ދީން މެދު މިނުގެ ދީނަކަށް ވޭތޯއެވެ؟ ފަހަރުގައި އެއީ "ޑިމޮކްރަސީ" ދިނަށް ވެދާނެއެވެ. އެހެންވިއްޔާ ކޮންމެހެން އެއަށް އިސްލާމް ދީނޭ ކިޔާ ވާހަކަ ނުދައްކަވާށެވެ.

އޭ މިތިބަ މޮޔަ ވިސްނުމުގެ އަހުލުވެރިންނޭވެ! ތިބާ އަށް ﷲ ދޫ ދެއްވީ އެ ދުލުގެ މިނިވަންކަން ދެއްވި ފަރާތައް ޙަރާމްކޯރުވުމަކަށް ނޫނެވެ. ދުލުގެ މިނިވަންކަން ތިޔަ ބުނާ ޑިމޮކުރަސީ ދީނުގެ ހުރިހާ ކަމަކަށް އޮތަސް އިސްލާމްދީނުގަ މާތް ﷲ ބާއްވާލެއްވި ޙުކުމް ތަކަށް ފާޑުކިޔުމަށް މިނިވަން ކަމެށް ނުދެއްވައެވެ. އެހެނީ މިއީ ތިޔަ ހީފުޅުކުރައްވާކަހަލަ ދޯދިޔާ ދީނެއް ނޫނެވެ. މި ދީނަކީ ވަރަށްވެސް ފުރިހަމަ ދިނެއްކަން އަޅުގަނޑުމެން ހުރިހާ ދިވެހިން ޤަބޫލުކުރަމެވެ. އެހެން ކަމުން އެކި އެކި ނަންނަމުގައި ބާއްވާ ޖަލްސާތަކުގެ ޕޯޑިއަމް ތަކަށް އަރުއްވާ ރައްޔިތުމީހާ އެދޭ ގޮތޭ ކިޔާ ވާހަކަ ނުދައްކަވާށެވެ.

އިސްލާމްދީން ބަލައިގަންނަންޔާ ބަލައިގަންނަން ވާނީ އެ ދީން ބާއްވާލެއްވި އިރު އޮތް ގޮތަށެވެ. މި ދީން ތިޔަބައިމީހުންގެ ޤާނޫނު ހަދާ ފަދައިން ތިޔަ ބުނާ "މެދު މިނުގެ" އެއްޗަކަށް ހަދައިފި ނަމަ ވާނެ ގޮތް ރައްޔިތުމީހާއަށް ވަރަށް ރަނގަޅަށް އެނގެއެވެ. އަދި ކިޔެއްތަ، ރައީސް މީހާ ވެރިކަމަށް ރައްޔިތުމީހާ އެރުވީ ދީނައް ނަސްރު ދިނުމުގެ ނަމުގައި އެއަށް ޖޯކް ޖަހާ ހަޖޫ ޖަހާކަށް ނޫނެވެ. އެތައް އަހަރަކަށް މޫ ލައިފަ، ރައްޔިތުން ލުހެ ނުލެވޭނެޔޭ ބުނި ވެރިކަން އޭގެ އެންމެ ބުޑުން ނުހެލަން ވެސް ﷲ ކުޅަދުންވަންތަކަން އެންމެ ރަނގަޅައް އެނގޭނީ ތިޔަބައިމީހުނަށެވެ.

އެހެނަކުން ނޫނެވެ. ރައްޔިތު މީހާ ބޭނުންވަނީ 24 ގަޑި އިރު ހަމައިގަ ހުންނާށެވެ. ރައްޔިތު މީހާ ބޭނުންވަނީ ﷲ ބާއްވާލެއްވި ޙައްދުތަށް ޤާއިމް ކުރުމަށެވެ. ރައްޔިތު މީހާ ބޭނުންވަނީ މާތް ﷲ ލަޢުނަލް ލައްވާފަވާ ޔާޙޫދީންނާއި ގުޅުން ބަދަހި ނުކުރުމަށެވެ. ރައްޔިތު މީހާ ބޭނުންވަނީ ފަސާދައިން މި ޤައުމު ސަލާމަތް ވުމެވެ. ރައްޔިތު މީހާ ބޭނުންވާ ގޮތް އެގުން އެހާ މުހިންމު ކަމުގަ ވަނީ ނަމަ 23 ވަނަ ދުވަހު ހަމަހިމޭން ކަމާއި އެކު އަޑު އެހުން މުހިންމެވެ.

ގުޅުންހުރި

4 ޚިޔާލު

  1. ބުޝް އާއި އޮއްބަމާ ބުނާ ކަހަލަ މެދުމިނެއް މިރައީސްމީހާ ބޭނުންވަނީ… ބުޝް އޮއްބަމާވެސް ބުނީ ތިމަންނަމެން މުސްލިމުންނަކާ ހަނގުރާމައެއް ނުކުރަމޭ ހަނގުރާމަ ކުރަނީ ޓެރަރިސްޓުންނާއެވެ. ހައްދުފަހަނަ އަޅާފައިވާ މީހުންނާއެވެ. ތިމަންނަމެން މިއުޅެނީ ޑިމޮކްރަސީ ގެންނާށެވެ. ޓެރަރިސްޓުން ނުވަތަ ހައްދު ފަހަނައަޅާފައިވާ މީހުން އެއުޅެނީ ހައްދުފަހަނަ އެޅުން ފަތުރާށެވެ. ހަމަހިލާއެހެންނެއް ނުވާނެއެ. އަހަރުމެން ހައްދުފަހަނައެޅިމީހުން މިދުނިޔޭން ފޮހެލާނަމެވެ. ހަމަ އެގޮތަށް މިރައީސް މީހާވެސް ބުނަނީ މިތާ މިއުޅެނީ ހައްދު ފަހަނައެޅުން ފަތުރާށެވެ. (އިސްލާމީ ޝަރީޢަތް ޤާއިމްކުރާށެވެ.) ހަމަހިލާއެހެންނަކުން ވެވުނަކަ ނުދޭނަމޭ. އެމީހުން ހުއްޓުވާނަމޭ… ﷲތަޢާލާ އަހަރެމެން މިކަލޭގެ ނުބައިކަމުން ސަލާމަތް ކުރައްވާށި އާމީން

  2. 19 އަހަރުގެ ޒުވާނެއްގެ ޝުޢޫރު: މިގަުމަށް ބޭނުންވަނީ އިސްލާމްދީނުގެ ފުރިހަމަ ގާނޫން…ކޮންމެ ދިވެއްސަކީ މުސްލިމަކަށް ވަނީނަމަ ކޮންމެމުސްލިމެއް އެބަޖެހޭ ﷲ އަހަރުމެންނަށް ދޫކުރަށްވާފައިވާ 2 އެތީގައި ހިފަން…އެއީ ކީރިތި ޤުރުއާން އަދި ކީރިތިރަސޫލާ(ސއވ)ގެ ސުންނަތް،،،މީގެން މިދޭތިތެރެއިން އެކައްޗަކަށް ވެސް އިންކާރުކޮށް ފިނަމަ އެމީހަކީ އާޙިރަތުގައި ނާކާމިޔާބުވެރިއެއް. ދެން ފަހެ ކީއްވެ ﷲ ގެ ބަސްފުޅައް ބިރުވެތި ނުވަނީ.. ބޭނުންވަނީ ދުންޔަވީ އުފާތޯ؟…އަމިއްލަ އަށް ވިސްނާ…..އަހަރެން ގެ ބުއްދި މިކަމުގަ ވިސްނަން ތަންދޭތީ ﷲ(ސވއ) އަށް ހަމްދުކުރަން…ނަމަވެސް ނުވިސްނޭ ބޮޑެތި ފިރިހެނުންނަކީ ހަމަ މޮޔައިން…އަމިއްލަ ނަފްސް ދެކެ ރުޅި އެދުވަހަކުން އަންނާނެ….ދެންވެސް ވިސްނާ…އަދި ހައްޤު ގެ ބަހުގައި ހިފަން ބިރުނުގަނޭ ދުންޔަވީ އުފާތައް ގެއްލިދާނެތީ….އަހަރެންގެ ދުޢާ އަކީ ހެޔޮވިސްނުން އަހަރެމެން އެންމެންނައް ދެެއްވުން އަދިސީދާވެގެންވާ ތެދުމަގުދެއްކެވުން…އާމީން…

  3. ރައްޔިތުން ބޭނުންވިއަސް ނުވިއަސް ޖެހޭނީ ﷲގެ ފުރިހަމަ ޝަރީއަތް މިގައުމުގަ ތަންފީޒް ކުރަން

  4. އިސްލާމީ ޝަރީޢަތަކީ ރުހުނަސް ނުރުހުނަސް ތަންފީޒު ކުރަން ޖެހޭ ޝަރީޢަތެއް. ރުހުނަސް ނުރުހުނަސް ﷲގެ އަމުރު ފުޅުތަކަށް ބޯލަނބައި ކިޔަމަންވާތީ އަހަރެމެންނަށް “އިސްލާމުންނޭ” ކިޔަނީ. އެކަން ރައީސްމީހާއަށް ނޭގުނަސް ފުރިހަމަ މުސްލިމެއް ވިއްޔާ އިނގޭނެ. ރައީސްމީހާ އިސްލާމޭ ކިޔާއިރު “އިސްލާމް” މި ބަހުގެ މާނަ އެނގުނަސް ހަމަ ސާބަސް

Your email address will not be published. Required fields are marked *

More in ރިޕޯޓް