އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހަކުވެސް 23 ޑިސެމްބަރ ގެ މުޒާހަރާގައި ބައިވެރި ވުމަށް ޝެއިޚް ޠޮއްޔިބު ގޮވާލައްވައިފި
އީމާން ކަމުގެ ޒައްރެއްގެ މިންވަރު ހުރި މީހަކުވެސް 23 ޑިސެމްބަރ ގައި ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމަށް ޝެއިޚް ޠޮއްޔިބު އެންމެހާ އަޚުންނާއި އުޚުތުންނަށް ގޮވާލައްވައިފިއެވެ.
ޝެއިޚް ޠޮއްޔިބު ވިދާޅުވެފައިވަނީ އީމާންތެރިކަމުގެ ޒަައްރެއްގެ މިންވަރުވެސް ހިތުގެ ތެރޭގައިވާނަމަ އިސްލާމް ދީނުގެ ދިފާއުގައި، އިސްލާމްދީނުގެ ހިމާޔަތުގައި އިސްލާމްދީނަށްޓަކައި އެމީހެއްގެ މުޅި ހަށިގަނޑާއި، މުޅި ނަފްސާއި މުޅި ޖާނު އިސްލާމްދީނަށްޓަކައި ދޫކުރަން ތައްޔާރުވުމަށެވެ. އެގޮތުން އަޅުގަނޑުމެންނަށް ހެޔޮކަންތައްތަކަށް އަމުރުކޮށް ނުބައި ކަންތައްތައް މަނާ ކުރެވެން މިއަދުއޮތީ އަޅުގަނޑުމެންގެ އަޑު އުފުލައިގެންކަމަށާއި އަޅުގަނޑުމެންގެ ޝުޢޫރު ފާޅުކޮށްގެން ކަމަށް ޝެއިޚް ވިދާޅުވިއެވެ. ވީމާ 23 ޑިސެމްބަރ އަކީ އަޅުގަނޑުމެންނަށް ލިބިފައިވާ ފުރުޞަތެއްކަމަށާއި އީމާންކަމުގެ ޒައްރެއްގެ މިންވަރު ހުރި ކޮންމެ ބޭފުޅަކު މިކަމުގައި ބައިވެރިވުމަށް ޝެއިޚް ގޮވާލެއްވިއެވެ.
މިހާރު އަޅުގަނޑުމެންގް ރާއްޖޭގައި އިސްލާމްދީނާ ޚިލާފަށް ކަންތަކަކަށްފަހު ކަންތަކެއް ހިނގަމުންގޮސް އަޅުގަނޑުމެންގެ ތެރޭގައި އިސްލާމީ ޝަރީއަތުގައި ﷲ ކަނޑައަޅުއްވައިފައިވާ ހައްދުތަކަކީ އެއީ ރަނގަޅުއެއްޗެއްތޯ ނުވަތަ މީސްތަކުންނަށް ކަމުދާ އެއްޗެއްތޯ ބަހުޘް ކުރާ ދަރަޖައަށް އަޅުގަނޑުމެންގެ ހާލަތުގޮސްފައިވާކަމަށް ޝެއިޚް ވިދާޅުވިއެވެ.
މީގެއިތުރުން އަޅުގަނޑުމެން ހިނގަމުންދާ މަގުމަތީގައި މިހާރު ބުދުތައްވެސް ބެހެއްޓިއްޖެކަމަށާއި ، މިއީ އިސްލާމްދީނާ ޣީރަތްތެރިކަންހުރި އަދި އީމާންތެރިކަމުގެ ޒައްރެއްގެ މިންވަރު ހުރިމީހަކަށްވެސް ކެތްކުރެވޭނެކަމެއް ނޫންކަމަށް ޝެއިޚް ވިދާޅުވިއެވެ.
"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހީން" މި ނަމުގައި ބާއްވާ މުޒާހަރާގައި ގިނަ ރައްޔިތުންތަކެއް ބައިވެރިވުމަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ދަނީ ތައްޔާރީތައްވަމުންނެވެ.
އެހެން ވީޑިއޯ
"ދާރިސް" ގެ ނަމުގައި ސަލަފުން މަޖައްލާއެއް ނެރެފި
ރޯދަވެރިންނަށް 30: ޝައްވާލު 6 ރޯދަ ހިފާނީ ކިހިނެތް؟
ރޯދަވެރިންނަށް 29: މާތް މަތިވެރި ގުދުސީ ޙަދީޘްފުޅެއް!
ރޯދަވެރިންނަށް 28: ގޭގައި ޢީދު ނަމާދު ކުރާނީ ކިހިނެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 27: އެ ދުވަހުން އެކުވެރިންނަކީ ކޮން ބައެއް!
ކޮވިޑް19 ނަސޭހަތް: ﷲގެ އުލޫހިއްޔާތަށް އީމާންވުމޭ ބުނެވޭ ބަހުގެ މާނައަކީ ކޮބާ؟
ރޯދަވެރިންނަށް 25: މާތް ނަބިއްޔާ މުޙައްމަދު صلى الله عليه وسلم ގެ 6 ޚުލްޤުފުޅެއް!
ކޮވިޑް19 ނަސޭހަތް: ހޭދަކުރުމާއި މުޞީބާތް ފިއްލެވުމާއި ހުރު ގުޅުން
ރޯދަވެރިންނަށް 24: ކުޑަ ކަމަކުން ބޮޑު ޘަވާބު!

ކޮމެންޓް (0)
ލޯޑް ކުރަމުން...