ދިއިސްލާމް ތާރީޚީ ބޮޑު މުޒާހަރާގައި ކުޑަކުދިން ބައިވެރި ނުކުރުމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް އެޗްއާރުސީން އިލްތިމާސްކޮށްފި

ތާރީޚީ ބޮޑު މުޒާހަރާގައި ކުޑަކުދިން ބައިވެރި ނުކުރުމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް އެޗްއާރުސީން އިލްތިމާސްކޮށްފި

ތާރީޚީ ބޮޑު މުޒާހަރާގައި ކުޑަކުދިން ބައިވެރި ނުކުރުމަށާއި ސުލްހަވެރިކަމާއެކު މުޒާހަރާކުރުމަށް އެޗްއާރުސީން އިލްތިމާސްކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އިސްލާމް ދީނަށް ފުރައްސާރަކޮށް ޕިއްލޭ ދައްކައިފައިވާ ވާހަކަތަކާ ގުޅިގެން، އެކަމާ ދެކޮޅު ހެދުމަށް ނޮވެމްބަރ މަހު ބޭއްވި މުޒާހަރާ---ފޮޓޯ: ދިއިސްލާމް

ދިވެހި ރާއްޖޭގެ ތާރީޚުގައި ބޭއްވޭ އެންމެ ބޮޑު މުޒާހަރާގައި ކުޑަކުދިން ބައިވެރި ނުކުރުމަށާއި ކުޑަކުދިން ބައިވެރިކުރުމަށް ބާރު ނޭޅުމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް އިން އިލްތިމާސްކޮށްފި އެވެ. މީގެއިތުރުން ސުލްހަވެރިކަމާއެކީ މުޒާހަރާ ކުރުމަށްވެސް ހިއުމަން ރައިޓްސް އިން ވަނީ އިލްތިމާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން އާއްމުކޮށްފައިވާ ސިޓީގައި ބުނެފައިވަނީ ޞުލްހަވެރިކަމާއިއެކު އެއްވެ އުޅުމާއި މުޒާހަރާކުރުމަކީ ޤާނޫންއަސާސީން ކޮންމެ މީހަކަށް ވެސް ލިބިދޭ ޙައްޤެއްކަމަށާއި، ނަމަވެސް މިފަދަ ކަންކަމުގައި ކުޑަކުދިން ބައިވެރިކުރުމަކީ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމަށް ޢާއިލާތަކާއި ދަޢުލަތަށް އޮތް ވާޖިބަށް ހުރަސް އެޅޭފަދަ ކަމަކަށްވާތީ، އެކަމުގެ ސަބަބުން އެކުދިނަށް ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަމަށް އެޅިދާނެ ހުރަހަކަށް ވާތީ މިފަދަކަންކަން ނުކުރުމަށަވެ.

މީގެއިތުރުން އަމަން އަމާންކަން ގެއްލޭފަދަ އެއްވެސް އަމަލެއް ނުކުރުމަށާއި ސުލްހަވެރިކަން އިސްކުރުމަށް ހުރިހާ ފަރާތްތަކަކަށް ހިއުމަން ރައިޓްސް އިން އިލްތިމާސްކުރައްވައެވެ.

"ގައުމުގައި ނުރައްކާތެރި ޖަރީމާތަކަށް މަގުފަހިވާ ފަދަ އަމަލުތަކާއި ދިވެހި މުޖުތަމައުގެ އަމަން އަމާންކަން ގެއްލޭ ފަދަ އަމަލްތަކަށް ޖާގަނުލިބޭނެހެން، ސުލްހަ މަސަލަސް ކަމަށް އިސްކަންދީގެން ގާނޫނު އަސާސީން ލިބިދޭ އެއްވެ އުޅުމުގެ ހައްގު ޒިންމާދާރުކަމާ އެކު އަދާކުރުމަށް މުޒާހަރާ އަށް ނުކުންނަ ފަރާތްތަކަށް އިލްތިމާސްކުރަމެވެ،"

"އިސްލާމް ދީނުގެ ހިމާޔަތުގައި ދިވެހީން" މި ނަމުގައި މަދަނީ އިއްތިހާދުން ބާއްވަން ހަމަޖެހިފައިވާ ސުލްހަވެރި މުޒާހަރާގެ އަސްލު މަޤްޞަދުތައް އޮޅުވާލާއި އާއްމުންގެ ތެރޭގައި ބިރުވެތިކަން އުފެއްދުމަށް ސަރުކާރުން މަސައްކަތްކުރަން އަންނަކަމަށް ގިނަ އަދަދެއްގެ އާއްމުންދަނީ ބުނަމުންނެވެ. މީގެއިތުރުން 23 ޑިސެމްބަރ ގެ މުޒާހަރާއަކީ ސުލްޙަވެރި މުޒާހަރާއެއްކަމަށް މަދަމީ އިއްތިހާދުން ހާމަކުރައްވައެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.