ދިއިސްލާމް އިސްލާމް ދީނުގެ ދިފާޢުގައި 23 ޑިސެމްބަރ ގައި ނުކުތުމަށް ނިލަންދޫ ކައުންސިލުން ނިންމައިފި

އިސްލާމް ދީނުގެ ދިފާޢުގައި 23 ޑިސެމްބަރ ގައި ނުކުތުމަށް ނިލަންދޫ ކައުންސިލުން ނިންމައިފި

އިސްލާމް ދީނުގެ ދިފާޢުގައި 23 ޑިސެމްބަރ ގައި ނުކުތުމަށް ނިލަންދޫ ކައުންސިލުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ނިލަންދޫ

މަދަނީ އިއްތިހާދުން އިސްނަގައިގެން "އިސްލާމް ދީނުގެ ދިފާޢުގައި ދިވެހިން" މި ޝިޢާރުގެ ދަށުން ކުރަން ނިންމައިފައިވާ ސުލްހަވެރި މުޒާހަރާގައި ބައިވެރިވުމަށް ނިލަންދޫ ކައުންސިލުން ނިއްމައިފިއެވެ.

އެކަމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވާނީ ނިލަންދޫ ކައުންސިލުންކަމަށް އެ ކައުންސިލުގެ މިއަދުގެ ޖަލްސާގައި ވަނީ ނިއްމާފައެވެ. ކައުންސިލުން މި ނިއްމުން މި ގޮތަށް ނިއްމާފައިވަނީ ސަރުކާރުންނާއި ސަރުކާރަށް ވާގިވެރިވާ ފަރާތްތަކުން ހިންގަމުންދާ ލާދީނީ ކަންތައްތަކަށް ނިލަންދޫ ރައްޔިތުން ފާޅުގައި ދެކޮޅު ހަދާނެކަމަށް އެންގެވުމުގެ ގޮތުންކަމަށް ނިލަންދެ.ކޮމް ގައި ހާމަކޮށްފައިވެއެވެ.

އާއްމުކޮށް ހުޅުވާލައިގެން ނިލަންދޫ ގެ ކައުންސިލުން މިއަދު ބޭއްވި ބައްދަލުވުމުގައި މުޒާހަރާއަށް ނުކުތުމަށް ދެކޮޅު ހަދާފައިވަނީ އެ ކައުންސިލުގައި ހިމެނޭ ހަަމައެކަނި އެމްޑީޕީ މެމްބަރު ޢަބުދުއްރައްޒާގު ހުސައިންއެވެ.

ޢައްބުދުއްރައްޒާގު ހުސެއިން ބުނެފައިވަނީ މިގޮތަށް ހުޅުވައިލައިގެން ބައްދަލުވުން ބޭއްވީ އެ މައްސަލާގައި އޭނާ އިދިކޮޅަށް ވޯޓު ދޭނެކަމަށް އިނގޭތީ ރައްޔިތުންގެ ކުރިމަތީގައި ބޭޒާރުކޮށްލުމުގެ ގޮތުންކަމަށް ނިލަންދު.ކޮމް ގައި ހާމަކޮށްފައިވެއެވެ. އެހެންނަމަވެސް ކައުންސިލުން ބުނެފައިވަނީ މި ގޮތަށް ބައްދަލުވުން ބޭއްވީ މިފަދަ ޚައްސާސް މައްސަލައެއްގައި ގޮތެއް ނިންމާއިރު ރައްޔިތުންނަށް ކޮންމެހެން އެނގެންޖެހޭތީ ކަަމަށެވެ.

ޑިސެމްބަރ 23 ގައި ބާއްވާ ބޮޑު މުޒާހަރާއަށް އެކި ރަށް ރަށުން އަންނަނީ ގިނަ ތައްޔާރީތަކެއް ވަމުންނެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.