ފޭސްބުކްގެ‘އެފް’އަކީ ރިޕޯޓް ފޯމަށް އަރާ ‘އެފް’ އަށް ވެދާނެބާ؟
މަޝްހޫރު ސޯޝަލް ނެޓްވޯރކް، ‘ފޭސްބުކް’ ބޭނުންކުރާ ކިޔަވާކުދިންގެ މާކްސް ދަށްވާކަމަށް ދިރާތަކުންދައްކާކަމުގައި ޓައިމް މެގަޒިންއިން އިން ހާމަކޮށްފިއެވެ.
ޓައިމް އިން މަޢުލޫމާތު ދީފައިވާގޮތުގައި ކެލިފޯނިއާ ސްޓޭޓް ޔުނިވަރސިޓީގެ ނަފްސާނީ ޢިލްމުގެ ޕްރޮފެއްސަރެއް ކަމުގައިވާ ޑރ. ލެރީ ރޯސެންކޮށްފައިވާ ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފޭސްބުކްގެ ސަބަބުން ކިޔަވާކުދިންގެ ކިޔެވުމަށް ބުރޫ އަރައި އެދަރިވަރުންގެ ތަޢުލީމީ ފެންވަރު، ފޭސްބުކް ބޭނުން ނުކުރާކުދިންނަށްވުރެ ދަށަށްދެއެވެ.
އެމެރިކަން ސައިކޮލޮޖިސްޓް އެސޯސިއޭޝަންގެ 119 ވަނަ އަހަރީ ބައްދަލުވުމުގައި ޑރ. ރޯސެން ހާމަކުރިގޮތުގައި އޭނާ ކުރި ދިރާސާއިން ދައްކާގޮތުގައި ފޭސްބުކް ބޭނުން ކުރާ ކިޔަވާކުދިންގެ ތަޢުލީމީ ފެންވަރު ދަށްވުމުގެ އިތުރުން، ފޭސްބުކް ބޭނުންކުރާ ކުދިންގެ ތެރޭގައި ނަފްސާނީ ބަލިތަކާއި، މުޖްތަމަޢުން އެކަހެރިވެއުޅުމާއި، އަދި ރުޅިގަދަވުން ފަދަކަންތައްތަކަށް މަގުފަހިވެގެންދެއެވެ.
ރޯސެންގެ ދިރާސާއިން އަދިވެސް ހާމަވެފައިވާ ގޮތުގައި، “ޓެކްނޮލޮޖީއާއި މީޑިއާ މާބޮޑަށް ބޭނުންކުރާ ކުދިންގެ ޞިއްޙަތަށް އޭގެ ސަބަބުން ނޭދެވޭ އަސަރުކޮށް، އެންޒައެޓީއާއި ޑިޕްރެޝަންފަދަ ނަފްސާނީ ބަލިތަކަށް އެކުދިން ހުށަހެޅިގެންދެއެވެ.”
މީގެ އިތުރުން، އޮހާއޯ ސްޓޭޓް ޔުނިވަރސިޓީގެ ޕީއެޗްޑީ ދަރިވަރެއްކަމުގައިވާ އޭރީން ކާރޕިންސްކީ ކުރި ދިރާސާއަކުން ހާމަވެފައިވާ ގޮތުގައި ފޭސްބުކް ބޭނުން ނުކުރާ ކުދިންނަށް ވުރެ ފޭސްބުކް ބޭނުންކުރާ ކުދިންގެ މާކްސް 20 އިން ސައްތަ ދަށަށްގޮސްފައިވެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...