ދިއިސްލާމް ބޮޑު މުޒާހަރާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ބޮޑު މުޒާހަރާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ބޮޑު މުޒާހަރާގައި ވީހާވެސް ގިނަބަޔަކު ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

އަދާލަތު ޕާޓީގެ އިސް ވެރިން--ހަވީރު ފޮޓޯ: ނަސްރުﷲ ސޯލިހް

ޑިސެމްބަރ 23 ގައި މަދަނީ އިއްތިޙާދުން އިސްނަގައިގެން " އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ޝިޢާރުގެ ދަށުގައި ބާއްވާ ބޮޑު މުޒާހަރާގައި ވީހާވެސް ގިނަ ރައްޔިތުން ބައިވެރިވުމަށް އަދާލަތު ޕާޓީން ގޮވާލައިފިއެވެ.

އަދާލަތު ޕާޓީން ބުނެފައިވަނީ އެ އެއްވުމަކީ ޤާނޫނު އަސާސީން ލިބިދޭ ޚިޔާލުފާޅުކުރުމާއި އެއްވެއުޅުމުގެ  މިނިވަންކަމުގެ ދަށުން ބޭއްވޭ ޞުލްޙަވެރި އެއްވުމެއް ކަމަށާއި މި އެއްވުމުގައި ވީހާ ވެސް ގިނަ ރައްޔިތުން، އަންހެނުން، ފިރިހެނުން، މުސްކުޅިން، ޒުވާނުން ބައިވެރިވުމަކީ ޢަދާލަތުޕާޓީގެ އެންމެހާ ޢިލްމުވެރިން ގޮވާލާކަމަށެވެ. އަދި މިއީ ރާއްޖޭގެ އިސްލާމީ ކުރިމަގު ކަނޑައަޅައިދޭ މުހިއްމު ތާރީޚީ ދުވަހެއްކަމަށް އެ ޕާޓީން ވަނީ ހާމަކޮށްފައެވެ.

އަދާލަތު ޕާޓީގެ ވެބްސައިޓުގައި 23 ޑިސެމްބަރ 2011ގައި ބާއްވާ މުޒާހަރާ ބާއްވަން ޖެހޭ 25 ސަބަބެއް ވަނީ ބަޔާންކޮށްފައެވެ. އަދި މި މުޒާހަރާ ރާއްޖޭގެ އެކި ރަށްރަށުގައި ބޭއްވުމަށްވެސް އަދާލަތު ޕާޓީންވަނީ ގޮވާލާފައެވެ.

އެމްޑީޕީން ބޮޑު މުޒާހަރާއާ ދެކޮޅަށް ނުކުންނަ ނުކުތުމަށް އަދާލަތު ޕާޓީންވަނީ ރައްދުދީފައެވެ. އެގޮތުން އެ ޕާޓީން ހާމަކޮށްފައިވަނީ މަދަނީ އިއްތިޙާދުގެ އެއްވުމާ ދެކޮޅަށް، ލޭ އޮހޮރުވުމުގެ މަޤްޞަދުގައި ދީން ނާޖާއިޒުގޮތުގައި ހަތިޔާރަކަށް ހަދައިގެން އެމްޑީޕީން ބޭޢްވުމަށް ޤަސްތުކުރާ ލާދީނީ ޙަރަކާތަކީ، އިސްލާމްދީނާ ޚިލާފު ޙަރަކާތެއްކަމަށާއި އަދި އެ އެއްވުމަކީ ފާސިދު އަމަލެއްކަމަށް އަދާލަތުން ސިފަކުރައްވާކަމަށެވެ.

މީގެއިތުރުން ރޭ އެމްޑީޕީ އިން "މެދުމިނަށް ތާއިދު" މި ނަމުގައި ބޭއްވި އެއްވުމަކީ އެ ކަމުގެ ފަހަތުގައި ޞަލީބީންގެ މިޝަނަރީސްތަށް ވާކަމެއްކަމަށް އަދާލަތު ޕާޓީން ވަނީ ތުހުމަތުކޮށްފައެވެ.

23 ޑިސެމްބަރ 2011 ގެ އެއްވުމަކީ ސުލްޙަވެރި އެއްވުމެއް ނޫންކަމަށް ތުހުމަތުކޮށް ސަރުކާރުން އެއްވުމުގެ މަޤްޞަދު އޮޅުވާލަމުންދާކަމަށް މަދަނީ އިއްތިހާދުންނާއި ގިނަ އާއްމުން ދަނީ ބުނަމުންނެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.