ދިއިސްލާމް ހޫނު ޚަބަރު : އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުންދާ ހިލްއަތު ހައްޔަރުކޮށްފި

ހޫނު ޚަބަރު : އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުންދާ ހިލްއަތު ހައްޔަރުކޮށްފި

ހޫނު ޚަބަރު : އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރަމުންދާ ހިލްއަތު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

 

ހިލްއަތު ޑްރަގް އޯވަރޑޯޒްވެގެން ރ.އަތޮޅުގެ ފަޅު ރަށެއްގައި ހޭނެތިފައި އޮއްވާ މިދިޔަ އަހަރު ޖޫން މަހު ތެރޭގައި ފެނުނު މައްސަލާގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދަނީ

އިސްލާމްދީނާ ދެކޮޅަށް ފާޅުގައި ފުރައްސާރަކޮށް ލިޔެ ވާހަކަދައްކަމުންދާ ބްލޮގަރ ހިލްއަތު ރަޝީދު ފުލުހުން މިރޭ ހައްޔަރުކޮށްފި އެވެ.

ކޯޓް އަމުރެއްގެ ދަށުން ހިލްއަތު ހައްޔަރުކޮށްފައިވާކަން ފުލުހުންގެ މީޑިއާ އޮފިޝަލް އަޙްމަދު ޝިޔާމް ވަނީ މީޑިއާ އަށް ކަށަވަރުކޮށްދީފަ އެވެ. ޝިޔާމް ވިދާޅުވި ގޮތުގައި ހިލްއަތު ހައްޔަރު ކުރީ ލާދީނީ މިނިވަންކަމަށް ގޮވާލައި މިދިޔަ ހޮނިހިރު ދުވަހު މާލޭގައި ބޭއްވި އެއްވުމުގެ މައްސަލަ ތަޙްޤީޤު ކުރުމަށެވެ.

"އާޓިފިޝަލް ބީޗް ސަރަހައްދުގައި ބޭއްވި ހަރަކާތުގައި ހިނގި ކަންތައްތަކާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ހިލްއަތު ހައްޔަރުކުރީ ކޯޓް އަމުރެއްގެ ދަށުން. މިކަމާ ގުޅިގެން އިތުރަށް ހައްޔަރުކުރަންޖެހޭ މީހަކު ވެސް އަޅުގަނޑުމެން ހައްޔަރު ކުރާނަން،" މީޑިއާ އޮފިޝަލް ވިދާޅުވި އެވެ.

ލާދީނީ މިނިވަންކަމަށް ގޮވާލައި އާޓިފިޝަލް ބީޗަށް 10 ވަރަކަށް މީހުން އެއްވުމުން، އާއްމުންގެ ބަޔަކު ވަނީ ލާދީނީ ގޮވުން ގޮވާ މީހުންނާ ދެކޮޅާށް ގާއުކައި އެމީހުންގެ ހަރަކާތް ހުއްޓުވާލާފައެވެ. އަދި ގާއުކުމުގެ ސަބަބުން ހިލްއަތުގެ ބޯ ފަޅައިގެން ގޮސްފަ އެރޭ އޭނަ ވަނީ ހޮސްޕިޓަލަށް ވެސް ގެންގޮސްފައެވެ.

މަޢުލޫމާތު ލިބޭ ގޮތުގައި ހިލްއަތު ހައްޔަރުކޮށްފައި ވަނީ މާލެއިން ބޭރުގެ ރަށެއްގައި އުޅެނިކޮށެވެ.

ހިލްއަތު އަކީ މާރާލަން ޖެހޭ މީހެއް ކަމުގައި އައްޑޫ ސިޓީ ކައުންސިލްގެ ހުޅުމީދޫގައި ހުންނަ ޑިޕާޓްމަންޓް އޮފް އެންވަޔަރަމެންޓް ހިންގުމާ ހަވާލުވެ ހުންނެވި އެމްޑީޕީގެ އިބްރާހީމް ދީދީ ވަނީ މިހަފްތާގައި ވިދާޅުވެފަ އެވެ.

ގިނަ ބަޔަކު ބުނަމުންދާ ގޮތުގައި ލާދީނީ މިނިވަންކަމަށް ގޮވާލައި ހިންގި ޣައިރު ޤާނޫނީ ޖަރީމާ އަކީ އެމްޑީޕީ ސަރުކާރުން ހިތްވަރުދީގެން ކުރުވާފައިވާ ކަމެކެވެ.

ޓެގް

ހިލްއަތު ރަޝީދު ލާދީނީ މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.