ދިއިސްލާމް ޑިސެމްބަރ 23 ގައި ބާއްވާ މުޒާހަރާ ކ. ގުރައިދޫގަވެސް

ޑިސެމްބަރ 23 ގައި ބާއްވާ މުޒާހަރާ ކ. ގުރައިދޫގަވެސް

ޑިސެމްބަރ 23 ގައި ބާއްވާ މުޒާހަރާ ކ. ގުރައިދޫގަވެސް

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

"އިސްލާމްދީނުގެ ހިމާޔަތުގައި ދިވެހިން" މި ޝިއާރުގެ ދަށުން 23 ޑިސެމްބަރ 2011 ވާ ހުކުރުދުވަހު މުޅިރާއްޖެއަށް އަމާޒުކޮއްގެން މަދަނީ އިއްތިހާދުގެ ފަރާތުން ބާއްވާ ބޮޑު މުޒާހަރާގައި ބައިވެރިވުމުގެ ގޮތުން، ކ. ގުރައިދޫގެ މަދަނީ ޖަމްޢިއްޔާއެއްކަމައްވާ ޖަމްޢިއްޔަތުލް މިފްތާޙް އިސްނަގައިގެން އެރަށުގައިވެސް މިމުޒާހަރާ ބާވާގޮތައް ހަމަޖެހިފައިވާކަން ދިއިސްލާމަށް ވަނީ މަޢުލޫމާތުލިބިފައެވެ.

"13 ޑިސެމްބަރ 2011 ވީ އަންގާރަ ދުވަހުގެ ރޭގަނޑު އިޝާނަމާދައްފަހު ޖަމްޢިއްޔާގެ މެންބަރުންގެ މެދުގައި މަޝްވަރާ ކުރުމަށްފަހު މުޒާހަރާ މިރަށުގަވެސް ބާއްވާގޮތައް ނިންމީ، އަދި މިއަދުވާނީ މިރަށުގައި ހުރި އެހެން މަދަނީ ޖަމްޢިއްޔާތަކަށްވެސް ސިޓީ ފޮނުވާފަ، އެއީ އެޖަމްޢިއްޔާތަކުގެވެސް ހިޔާލުހުރިގޮތް ބަލައި، ރަށުގެ ހުރިހާ ރައްޔިތުން ގުޅިގެން ސުލްހަވެރިކަމާއެކު ކާމިޔާބު މުޒާހަރާއެއްގޮތުގައި މިކަންވެގެން ދިއުމަށެވެ." ޖަމްޢިއްޔަތުލް މިފްތާޙުގެ ރައީސް މުޙައްމަދު ފިރުޝާން ދިއިސްލާމަށް މަޢުލޫމާތު ދެމުންވިދާޅުވިއެވެ.

ދިއިސްލާމަށް މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި މުޒާހަރާއަކީ ކ. ގުރައިދޫގައި އިސްލާމްދީނާ ގުޅުންހުރި ކަމެއްގައި މިހާތަނަށް ބާއްވާ ފުރަތަމަ މުޒާހަރާއެވެ.

ޓެގް

ޑިސެމްބަރު 23 މުޒާހަރާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.