ދިއިސްލާމް ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން މިރޭ އޮންނާނެ : އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން މިރޭ އޮންނާނެ : އިސްލާމިކް މިނިސްޓްރީ

ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ކޭތަ ނަމާދު ކުރުން މިރޭ އޮންނާނެ : އިސްލާމިކް މިނިސްޓްރީ

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

މިރޭ ހަނދުކޭތަ ހިފާނެ ކަމަށް ފަލަކީ ހިސާބުތަކުން ދައްކާތީ، ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި މިރޭ ކޭތަ ނަމާދު ކުރުން އޮންނާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް އަޙްމަދުﷲ ޖަމީލް "ދިއިސްލާމް" އަށް މަޢުލޫމާތު ދެއްވި ގޮތުގައި ކޭތަ ނަމާދުކުރުން އޮންނާނީ މިރޭ އިޝާ ނަމާދަށް ފަހުއެވެ. މާލޭގައި މިނަމާދު ކުރުމަށް ހަމަޖެހިފައިވަނީ އިސްލާމީ މަރުކަޒްގައެވެ. ރަށްރަށުގައި އެރަށެއްގެ ކައުންސިލުން ކަނޑައަޅާ މިސްކިތެއްގައެވެ.

ފަލަކީ ހިސާބުތަކާ ޙަވާލާދީ މިއަހަރުގެ ރަސްމީ ކަލަންޑަރުގައި ވާގޮތުގައި 2011 ޑިސެމްބަރ 10 ވަނަ ދުވަހުގެ ރޭ ހިފާ ފުރިހަމަ ހަނދުކޭތަ ރާއްޖެ އަށް ފެންނާނެއެވެ. މިކޭތަ ހިފަން ފަށާނީ މިއަދު 17:45 ގައި ކަމަށާއި، ކޭތަ ވީއްލާނީ ރޭގަނޑު 21:08 ގައި ކަމަށް ކަލަންޑަރުގައިވެއެވެ. އަދި މިކޭތަ ފުރިހަމަވެފައި ހުންނާނީ ރޭގަނޑު 19:06 ން 19:57 އާ ދެމެދު ކަމަށްވެއެވެ.

މިއަހަރުގެ ޖޫން 15 ވަނަ ދުވަހުގެ ރޭ ހިފި ފުރިހަމަ ހަނދުކޭތަ އެއް ވެސް ރާއްޖެ އަށް ފެނިފައި ވެއެވެ. ކޭތަ ނަމާދަކީ ފިރިހެނުންނަށާއި އަންހެނުންނަށް ސުންނަތްކަން ގަދަވެގެންވާ ނަމާދެކެވެ.

ކޭތަ ނަމާދު ކުރާނެ ގޮތް

ޓެގް

ކޭތަ ނަމާދު ހަނދު ކޭތަ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.