
ސާފް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ރާއްޖޭގެ ޤައުމީ ފުޓުބޯޅަ ޓީމް ފުރުމުގެ ކުރިން ރައީސް ނަޝީދާއި ބައެއް ވެރިން ޓީމަށް އަލްވަދާއު ކިއުއްވުމަށް ކުރެއްވި ބައްދަލުކުރެއްވުމުގެ ތެރެއިން – ފޮޓޯ : ރައީސް އޮފީސް
އިންޑިއާގެ ނިއުދިއްލީގައި މިހާރު ކުރިއަށްދާ ހަތް ވަނަ ސާފް ޗެމްޕިއަންޝިޕްގެ ސެމީގެ މެޗު ނިންމާނީ "އެއޮއް ބޮޑު އިންޑިއާ ބަލިކޮށްފައިކަން ކަށަވަރު" ކަމަށް ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެފައި ވަނިކޮށް ރާއްޖެ ބަލިވެ މުބާރާތުން ކަޓައިފި އެވެ.
މިއަދު ކުޅުނު ސެމީފައިނަލް މެޗުގައި އިންޑިއާ އަތުން ރާއްޖެ ބަލިވީ 3- 1 އިންނެވެ.
"ދެގަޑިބައިގައި ފަށައި ފުރަތަމަ ކަށިގަނޑުއްސުރެ ފެށިގެން އަޅުގަނޑުމެން ދެން ކުރިއަށް އޮތް 90 މިނިޓް ނިންމާނީ، އެއޮއް ބޮޑު އިންޑިއާ ބަލިކޮށްފައިކަން އަޅުގަނޑަށް ކަށަވަރު" މެޗު ފެށުމުގެ ކުރިން ރައީސް ނަޝީދު މިއަދު ހެނދުނު ދެއްވި ހަފްތާގެ ރޭޑިއޯ ޚިޠާބުގައި ވިދާޅުވި އެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...