ދިއިސްލާމް މިސްރުގެ އާންމު އިންތިޚާބުގެ ނަތީޖާ އާއި މެދު ކަންބޮޑުވާން ނުޖެހޭނެ : އަމްރު މޫސާ

މިސްރުގެ އާންމު އިންތިޚާބުގެ ނަތީޖާ އާއި މެދު ކަންބޮޑުވާން ނުޖެހޭނެ : އަމްރު މޫސާ

މިސްރުގެ އާންމު އިންތިޚާބުގެ ނަތީޖާ އާއި މެދު ކަންބޮޑުވާން ނުޖެހޭނެ : އަމްރު މޫސާ

ކިޔާލަން ހޭދަވާނީ 2 މިނިޓް

ފޮންޓް ސައިޒް

މިސްރުގެ އާންމު އިންތިހާބުގެ ފުރަތަމަ ބުރުގެ ވޯޓުގެ ނަތީޖާގައި ދީނީ ޕާޓީތަކުން ގާތްގަނޑަކަށް 65 ޕަސެންޓް ކާމިޔާބުކޮށްފައި ވާއިރު އެއްވެސް ބަޔަކު އެ ނަތީޖާއާ މެދު ކަންބޮޑުވެ ބިރު ގަންނަން ނުޖެހޭނެ ކަމަށާއި ނަތީޖާ ގަބޫލުކުރަން ޖެހޭނެ ކަމަށް އަރަބި ލީގުގެ ކުރީގެ ސެކްރެޓަރީ ޖެނެރަލް އަމްރު މޫސާ ވިދާޅުވެއްޖެއެވެ.

މިސްރުގައި ހުސްނީ މުބާރަކްގެ ޒަމާންވީ ވެރިކަން ނިމުމަކަށް އައުމަށްފަހު، އަންނަ އަހަރު ބާއްވާ ރިއާސީ އިންތިހާބުގެ ރޭހުގެ އެންމެ ކުރީގައި އުޅުއްވާނެ ކަމަށް ބެލެވިފައިވާ މޫސާ ވިދާޅުވި ގޮތުގައި ޑިމޮކްރަސީއަށް ގޮވާލާފައި، ޑެމޮކްރަސީގެ އުސޫލްތަކާއި ހަމަތަކުގެ މަތިން ބާއްވާފައިވާ އިންތިޚާބެއްގެ ނަތީޖާ ކުށްވެރިކޮށް ޤަބޫލު ނުކުރާނަމަ، ޑިމޮކްރަސީގެ ވާހަކަ ދެއްކުމުގެ މާނައެއް ނެތްކަމަށެވެ.

އަރަބް ތޯޓް ފައުންޑޭޝަންގެ 10 ވަނަ ބައްދަލުވުމުން ކުރިއަށްދާއިރު އެ ބައްދަލުވުމުގައި މޫސާ ވިދާޅުވީ ތުރުކީގައި އޮތް މޮޑެލްގެ ސަރުކާރެއް މިސްރުގައި ނުބާއްވާނެ ކަމަށާއި އެ ގައުމުގައި އޮންނާނީ އަރަބި މޮޑެލްގެ ޑިމޮކްރަސީއެއް ކަމަށެވެ. އަދި ވިދާޅުވީ އިސްލާމީ ދުނިޔޭގައި ދީނީ ފިކުރު ހުރި ސަރުކާރެއް އޮވެއްޖެ ނަމަ އެ ބަޔަކާ މެދު ހުޅަނގުން ޝައްކުގެ ނަޒަރަކުން ދެކޭ ކަމަށެވެ.

މި މޭރުމުން ވާހަކަ ދައްކަވަމުން މޫސާ ވިދާޅުވީ ޑިމޮކްރަސީ އަކީ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި ރައްޔިތުން ނިންމާ ކޮންމެ ގޮތަކަށް ޖެހެނީ އިހްތިރާމްކުރަން ކަމަށެވެ.

އަމްރު މޫސާ ވަނީ ދީނީ ޖަމާއަތްތަކުން ވެސް ވެރިކަމުގެ ނިޒާމު މި ޒަމާނާ އެއްގޮތަށް ބައްޓަންކުރުމަށް ގޮވާލައްވާފައެވެ. އަދި ވިދާޅުވީ ދީނީ ހަމަތަކާ އެކުގައި ވެސް ޑިމޮކްރަސީ ފުރިހަމަ އަށް ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މިސްރުގެ އިތުރުން މުޒާހަރާތަކާ އެކު ވެރިކަން ބަދަލުވެގެން ދިޔަ އަރަބި ހުރިހާ ގައުމުތަކެއްގައި ވެސް ވަނީ ދީނީ ޖަމާއަތްތަކުން އިންތިހާބުތަކުގައި ކުރި ހޯދާފައެވެ. އެކަމާ ހުޅަނގުގެ ގައުމުތަކުން ދަނީ ނަތީޖާ ނިކުމެފައިވާ ގޮތާއިމެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.