ދިއިސްލާމް ޣައިރުޤާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރުމަށްޓަކައި 2300 ބަދަވީން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ނިންމައިފި

ޣައިރުޤާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރުމަށްޓަކައި 2300 ބަދަވީން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ނިންމައިފި

ޣައިރުޤާނޫނީ ޔަހޫދީ އާބާދީތައް ފުޅާކުރުމަށްޓަކައި 2300 ބަދަވީން އެމީހުންގެ ވަޒަނުން ބޭރުކުރުމަށް އިޒްރޭލުން ނިންމައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ބަދަވީންގެ އަވަށެއް

ހުޅަނގުއައްސޭރީގެ "އަލްޤުދުސް" އާއި "އަރީޙާ" އާއި ދެމެދުގައި ދިރިއުޅެމުންދާ ޢަރަބި ބަދަވީންގެ 20 އާބާދީއެއް އެމީހުންގެ ގެދޮރުން ބޭރުކޮށް "ޤުދުސް" ގެ ކުނިގޮނޑާއި އިންވެގެން އޮންނަ ސަރަޙައްދަކަށް ބަދަލުކުރުމަށް އިޒްރޭލުން ނިންމައިފިއެވެ.

ހުޅަނގު އައްސޭރީގައި ދިރިއުޅެމުންދާ 27000 އަށް ވުރެގިނަ ޢަރަބި ބަދަވީން، ބާރުގެ ބޭނުންކޮށްގެން އެމީހުންގެ ބިންތަކުން ބޭރުކުރުމަށް އިޒްރޭލުން ރާވާފައިވާ ބޮޑު މަޝްރޫޢުގެ ދަށުން، ހިންގަން އުޅޭ ލާއިންސާނީ މި ޢަމަލު ފެށުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ. މިކަމުގެ ސަބަބުން ޒަމާނުއްސުރެ ޖަަނަވާރު ހުއިހައްޕަމުން އައި ބަދަވީންނަށް އެމީހުންގެ މަސައްކަތް ހުއްޓާލަންޖެހޭނެއެވެ.

އަންނަ މަހު ބަދަލުކުރުމަށް ހަމަޖެހިފައިވާ 2300 މީހުން ހިމެނޭ "ޖަހާލީން" ޤަބީލާގެ ތިންބައިކުޅަ ދެބަޔަކީ ކުޑަކުދިންނެވެ. އެމީހުން މިހާރު ދިރިއުޅެމުންދަނީ ބާ ޓިނާއި ފިލާ އާއި ކޮޅުފަދު ފަދަ ތަކެތީން ހަދާފައި ހުރި "ވަގުތީ ހިޔާ" ތަކުގައެވެ. ވޭތުވެދިޔަ އަހަރުތަކުގައި އިޒްރޭލުގެ އިސްތިޢުމާރީ ސަރުކާރުންވަނީ ފަލަސްޠީނުގެ ބަދަވީ ޤަބީލާތަކަށް އެއްވެސް ޚިދުމަތެއް ދިނުމަށް ދެކޮޅުހަދާފައެވެ. އަދި އެތައް ފަހަރެއްގެ މަތިން ގަދަކަމުން އެމީހުންގެ ވަޒަނުން އެމީހުން ބޭރުކޮށްފައެވެ.

ބަދަލުކުރުމަށް ހަމަޖެހިފައިވާ ޤަބީލާގެ މީހެއްކަމުގައިވާ ޢީދް ޚަމީސް ޖަހާލީން (46 އަހަރު) ބުނިގޮތުގައި "އިޒްރޭލުގެ ޢަސްކަރިއްޔާގެ ޢަމަލުތަކުގެ ސަބަބުން އެމީހުން މިހާރު ދިރިއުޅެން ޖެހިފައިވަނީ އަހަރަކަށް ފަހު އަހަރެއް ކުޑަވަމުން އަންނަ ޖަލެއްގައެވެ."

ބަދަވި ޤަބީލާތަކުން ބުނާ ގޮތުގައި އިޒްރޭލުގެ މިޖަރީމާގެ ސަބަބުން  އެމީހުންގެ ޘަޤާފީ ދިރިއުޅުންހަލާކުވެ ޒަމާނުއްސުރެ އެމީހުން ކުރަމުން އައި ހުއިހެއްޕުމުގެ މަސައްކަތް ހުއްޓާލަން ޖެހޭނެއެވެ. އަދި ކުނިގޮނޑާއި ކައިރީގައި އުޅެންޖެހުމުން  އެމީހުންގެ ޞިއްޙަތަށްވެސް އޭގެ ނޭދެވޭ އަސަރުކުރާނެއެވެ.

________________________

މަޞްދަރު: އިންޓަނޭޝަނަލް މިޑްލް އީސްޓް މީޑިއާ ސެންޓަރ

ޓެގް

ހުޅަނގު އައްސޭރި ފަލަސްތީން އިޒްރޭލް

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.