އެތައް ސަތޭކަ އަހަރުތަކެއްގެ ކުރިން އިސްލާމީ އުންމަތުގެ ދުޝްމިނުން އިސްލާމީ މުޖްތަމަޢުތައް ހަލާކުކޮށްލުމަށްޓަކައި ރާވަމުން އާދެއެވެ. އިދިކޮޅު މުފައްކިރުންނާއި އިސްތިރާތީޖީ ފިކުރުވެރިން އެކިކަންކަމާއި މަޝްރޫޢުތައް އެކަމަށްޓަކާ އެކުލަވާލައިފައިވެއެވެ. އެއީ އިސްލާމީ އުންމަތް ރަނގަޅަށް ދިރާސާކުރުމަށެވެ. އަދި އެ އުންމަތުގެސަލްބީ އަދި އީޖާބީކަންތައްތައް ރަނގަޅަށްފާހަގަކޮށް އޭގެއަލީގައި އިސްލާމުންނާ ހަނގުރާމަކުރުމަށެވެ. މިސާލަކަން ވިލިޔަމް އެވާރޓ ގްލޭޑްސްޓޯން ނަގަމާހިނގާށެވެ! ހުޅަނގުގެ އިސްތިޢުމާރީ ޙަރަކާތްތަކުގެ ދުވަސްވަރު މީލާދީން 19 ގަރުނުގެ ފަހުކޮޅުގައި އިނގިރޭސި ޕާލަމެންޓްގައި، ކީރިތި ޤުރްއާން އުފުލައިގެންހުރެ އޭނާ ބުނެފައިވެއެވެ. އިސްލާމީ ޤައުމުތަކުން އަހަރެމެން ހިފައިފާފައިވާ ބިންތަކުގައި އަހަރެމެން ހަމަޖެހިތިބުމަށް ހުރަސްއަޅާ ވަރަށް ބޮޑު އަދި އުދަގޫ ދެހުރަހެއްވެއެވެ. އެދެ ހުރަސް ނައްތާލުން އަހަރެމެންގެ މައްޗަށް ލާޒިމުވެގެންވެއެވެ. އޭގެތެރެއިން އެކަށްޗަކީ މި ފޮތެވެ. (އެބަހީ ޤުރްއާނެވެ.) އެއަށްފަހު ކުޑަކޮށް ހިމޭންވެލުމަށްފަހު ހުޅަނގުފަރާތައް އިޝާރަތްކޮށްފައިބުންޏެވެ. ދެން ޤިބުލައެވެ.
ގްލޭޑްސްޓޯންގެ އެބަހަށް އިތުރު ބަޔާންލިޔަމުން މިޝަނަރީންނާއި އޮރިއަންޓަލިސްޓުން ބުނެފައިވެއެވެ. އޭނާގެ ވާހަކައަކީ ތެދުވާހަކައެކެވެ. އެކަމަކު އެވާހަކައިގައި ވަރަށް މުހިންމު އަދި އަސާސީ ޢުންޞުރެއް އުނިވެފައިވެއެވެ. އެއީ އިސްލާމީ އުންމަތުގެ އީޖާބީ ސަބަބުތަކުގެ ތެރޭގައި އެންމެ މުހިންމު މަރުކަޒުކަމުގައިވާ މުސްލިމު އަންހެނާއެވެ. ފަހެ، އަންހެނަކު ޤުރްއާނުގެ މަންހަޖުގެ މަތީން ތަރުބިޔަތުކުރެވި އެމަންޖެގެ ޝަޚްޞިއްޔަތު ބިނާކުރެވޭހިނދު އެނެރެވުނީ އެންމެ އަންހެނެއްނޫނެވެ. ފުރިހަމަ ޤުރްއާނީ ޖީލެކެވެ. އެހެނީ އެއަންހެނާ ބޮޑުވަމުންއަންނަ ޖީލުގެ ދަރިންގެ ހިތްތަކުގައި އިސްލާމީ އުންމަތުގެ ވަޙުދަތު އަށަގަންނުވާނެވެ. އެ ވަޙުދަތަކީ، އެއްބައިވަންތަކަމަކީ ކަޢުބަތުﷲ ގެފުޅު ތަމްސީލުކޮށްދޭ ވަޙުދަތެވެ. ކަޢުބާ ރަމްޒުކޮށްދެނީ މުޅިދުނިޔޭގެ އެއްބައިވަންތަކަމެވެ. އެއިޙުސާސް ޖީލްގެ ދަރިންގެ ހިތްތަކުގައި ޖައްސާބަޔަކީ މުސްލިމު އަންހެނާއެވެ.
މީގެ ޤަރުނެއްހާ ދުވަސްކުރިން ފަރެންސޭސި ލިޔުންތެރިޔަކު ކަމުގައިވާ އީޓީން ލާމީގެ ވަރަށް ނުރައްކާތެރި މަޒްމޫނެއް ވޯލްޑްސް މެގަޒިން ޝާއިޢުކުރެވުނެވެ. އެމަޒުމޫނުގައި ލިޔުންތެރިޔާ ހާމަކޮށްފައިވެއެވެ. ބާރުގެ ބޭނުންކޮށްގެން އިސްލާމްދީނާއި އެދީނުގެ ރޫޙު ނައްތާލުމަށް ކުރެވޭ ކޮންމެ މަސައްކަތަކުން އެދީނަށް ލޯބިޖެހުމާއި އެދީނަށް ވަންނަމީހުން އިތުރުވެގެންދިޔުންފިޔަވައި އެހެން ނަތީޖާއެއް ނުނިކުންނާނެވެ. އެދީންނައްތާލުމަށްޓަކައި އެންމެ ވަރުގަދަޔަށް އަސަރުފޯރުވޭނެ ވަސީލަތަކީ އަދި މުސްލިމުންގެ އިޖްތިމާޢީ ބިންގާ ގުޑުވާލެވޭނެ އެންމެ އަސަރުގަދަ ކަމަކީ އެމީހުންގެދަރިން ކުރިސްޓިއަން ސްކޫލުތަކުގައި ތަރުބިޔަތުކުރުމެވެ. އެކުދިންގެ އެންމެ ފުރަތަމަ ހެދިބޮޑުވުމުގައި އެކުދިންނަށް އިޙްސާސްވެސް ނުކުރެވޭނޭހެން އިސްލާމްދީނާމެދު ޝައްކުކުރުން އެކުދިންގެ ނަފްސުތަކުގައި އުފައްދައިގެންނެވެ. އެކުދިންގެ ޢަޤީދާ ފާސިދުކޮށްގެންނެވެ. އޭރުން މުސްލިމުކުއްޖަކު ނަޞާރާދީނަށް ނުވަނަސްވަރިހަމައެވެ. ހަމަގައިމުވެސް އެކުދިން މުސްލިމުންނަކަށް ނުވާނެވެ. އިސްލާމީ ޢަޤީދާ ދޫކޮށް ފާޅުގައި ނަޞާރާދީނުގެ ޢަޤީދާ އިޢުލާނުކޮށްގެން އުޅެނޭ (މުރުތައްދު މުސްލިމުން) މީހުންގެ ފަރާތުން އިސްލާމްދީނަށް ހުރި ނުލައްކަލަށްވުރެ، އިސްލާމްދީންމަތީގައި ހުރެ އިސްލާމަކަށް އަދި ކުރިސްޓިޔަނަކަށް ނުވާމީހާގެ ނުރައްކާ އެދީނަށް މާބޮޑުވާނެވެ. ނޫނީ ކުރިސްޓިއަން އިސްލާމެއްގެ ފަރާތުން ލިބިގެންދާނެކަން ކަށަވަރެވެ.
އީޓީން ލާމީގެ މަޒްމޫނުގައި އިތުރަށް ބުނެފައިވާ ގޮތުން ކުރިން ބުނެވިދިޔަ ގޮތަށް މުސްލިމުކުދިން ތަރުބިޔަތުކުރުމުގެ ފައިދާ އެގޮތުގައި ދައްކާނެކަން ކަށަވަށެވެ. ވަކިންޚާއްޞަކޮށް އެމީހުންގެ އަޞްލު މަޤުޞަދުކަމުގައިވާ އިސްލާމްދީނުގެ ރޫޙުފޮހެލައި މުސްލިމުންގެ އިޖްތިމާޢީ ބިނާ ފުނޑުފުނޑު ކޮށްލުމަށްޓަކައި އެންމެ ބޮޑަށް މުހިންމުވަނީ މުސްލިމުން އަންހެނުންނަށް ރާހިބާއިންގެ މަދްރަސާތަކުން ނުވަތަ އެފަދަ މީހުންގެ ފިލޯސަފީގެ ދަށުން ކިޔަވައިދޭ ސްކޫލުތަކުގައި ތަޢުލީމާއި ތަރުބިޔަތު ދިނުމެވެ. އެމީހުންގެ މައިގަނޑު އަމާޒަކީ އިސްލާމްދީން ނައްތާލުން ކަމުގައިވާއިރު އެއަމާޒަށް ދިއުމަށްޓަކައި އެންމެ ބޮޑަށް އަސަރުފޯރުވޭނެ ވަސީލަތަކީ އަދި އެކަމަށް އޮތް އެންމެކުރުމަގަކީ މުސްލިމުން އަންހެނުންނެވެ. ނުވަތަ އަންހެންކުދިންނެވެ. އެއްވެސް ޖެހިލުމެއްނެތް ކަމަށް ބުނެ އީޓީން ލާމީ ބުނެފައިވެއެވެ. "އިސްލާމްދީން ނައްތާލައި އަދި އެދީނުގެ ބަދަހި އިޖްތިމާޢީ ބިނާ ރޫޅާލުމަށް މިއަށްވުރެ ފަހި އަދި ފަސޭހަ ކުރުމަގެއް ނޯންނާނެވެ. އަދި ކީއްހެއްޔެވެ؟ މިކަމަށް އޮތްހަމައެކަނި މަގަކީ މިއީއޭ ބުނުމަކީ އަހަރެން ލަދުގަންނަންޖެހޭކަމެއްކަމުގައި ނުދެކެމެވެ."
ރާހިބާއިންގެ މަދްރަސާތަކުގައި ނޫނީ ކުރިސްޓަން ފެލޯސަފީގެ ދަށުން އުނގަންނައިދޭ ސްކޫލުތަކުގައި މުސްލިމުން އަންހެން ކުދިންނަށް ތަރުބިއްޔަތު ދިނުމަކީ އެދީނުގެ އަހުލުވެރިންގެ ތެރޭގައި މުސްލިމުންގެ އިޖްތިމާޢީ ވަރުގަދަ ބިނާ ރޫޅާލުމުގެފަނި އުފައްދާނެ ހާލިރޭވުމެވެ. އޭރުން އިސްލާމްދީނުގެ އަދާވަތްތެރިޔަކަށްވާނީ މުސްލިމް އަންހެނާއެވެ. އެމަންޖެމެންގެ ފުށުން ކުރިމަތިކުރާނެ ކަންތައްތައް މައިތިރި ކުރުމަކީ ފިރިހެނުންނަށް ނުވާނެކަމެކެވެ. އެހެނީ، ކުރިސްޓިޔަން ސްކޫލުތަކުން ތަރުބިއްޔަތު ލިބިގެންދާއިރު މުސްލިމު އަންހެންކުދިންނަށް ފިރިހެނުން މައިތިރި ކުރުމުގެ ހުނަރާއި އުކުޅު ހުންނާނީ ކިތައްމެހާވެސް ރަނގަޅަކަށް ދަސްކޮށްދެވިފައެވެ. އޭރުން އެމަންޖެމެންގެ ބޭނުންތަކާއި އިޙްސާސްތަކަށް ފިރިންލައްބުވައި އެމީހުންގެ ޢަޤީދާއާއި ސްލޫކަށް އަސަރުފޯރުވާނެކަމީ ކަށަވަރުކަމެކެވެ. މިގޮތުގެ މަތީން މަޑުމަޑުން ފިރިމީހާ އިސްލާމްދީނުގެ ރޫޙާ ދުރުކުރަމުންގޮސް އިސްލާމްދީނާއި ދުރުކޮށްލާނެވެ. އަދި ދަރިން ތަރުބިޔަތުކުރާނީ އިސްލާމްދީނުގެ މަތީގައެއްނޫނެވެ. މިޙާލަތުގައި ކާފަރުންގެ އެންމެ ބޮޑު ލަނޑުދަނޑި ޙާޞިލުވީއެވެ. އެލަނޑުދަނޑިއަކީ އިސްލާމްދީން ނެތިކޮށްލުމުގެ މަސައްކަތް އެމީހުންގެ ބަދަލުގައި މުސްލިމު އަންހެނުން ކުރުމެވެ. މުސްލިމުންގެ އިޖްތިމާޢީ ބަދަހި ބިނާގެ ބިންގަލުގައި އެތެރެއިން ރެނދުއެޅުވުމެވެ.
މިދުވަސްވަރު އިސްލާމްދީނާއި އަދި މުސްލިމުންގެ އިޖްތިމާޢީ ބިނާއާދެކޮޅަށް ރޭވޭރޭވުންތައް އޭގެ އިންތިހާއަށްވަނީ އަރާފައެވެ. އިސްލާމްދީނާދެކޮޅު މަކަރުވެރި ރޭވުންތައް އަމާޒުކުރެވިފައިވަނީ މުސްލިމު ޒުވާނުން ނަށެވެ. ވަކިން ޚާއްޞަކޮށް މުސްލިމު އަންހެނުންނާއި ޢާއިލާތަކަށެވެ.
ދުޝްމަނުންގެ އެންމެމައި ޓާގެޓަކަށް ޢާއިލާއާއި މުސްލިމުއަންހެނުން ވެގެންދިޔައީ އަންހެނުންގެ ރިސާލަތުގެ މަތިވެރި ކަމުގެ ސަބަބުންނެވެ. އެކަނބަލުންގެ ފިޠުރީ ރިސާލަތަކީ ޖީލުތައް ބިނާކުރުމެވެ. އުންމަތް ހިންގާނެ ފިރިހެނުން އުފެއްދުމެވެ. މިރިސާލަތުން މުސްލިމުން އެކަހެރިކުރުމަށް މިއަދު ދުނިޔޭގައި އެންމެ ބޮޑަށް މަސައްކަތްކުރާ އެއް މުފްސިދަކީ ބްރޯޑްކާސްޓިންގ ދާއިރާގައި މަސައްކަތްކުރާ އިޒްރޭލްގެ ޑރ މަލްހޯމް އަޚްނޯވްއެވެ. މިއީ މަޝްހޫރު ސްޓަރ އެކަޑަމީ ޕްރޮގްރާމްގެ ވެރިޔާއެވެ. މިނާއާ ނޫސްވެރިންކުރި ސުވާލުތަކަކާއި އޭގެ ޖަވާބު މިތާނގައި ހާމަކޮށްލަމެވެ. އެއީ އިސްލާމީ މުޖްތަމަޢުގައި ތިބި ޢިލްމުވެރިންނާއި މުފައްކިރުންނާއި ތަޢުލީމީ ދާއިރާގެ މާހިރުންނާއި އަދި ބްރޯކާސްޓިންގެ ދާއިރާގެ މީސްތަކުން އެވާހަކައިން އިބްރަތްލިބިގެން މުސްލިމުންގެ އިޖްތިމާޢީ ކިއްލާ ސަލާމަތްކުރުމުގެ މަސައްކަތް ފެށުމަށްޓަކައެވެ.
1 ތިބާ އުންމީދުކުރި ކަންތައްތައް އާދެ! އިސްލާމީ އުންމަތުގެ މެދުގައި ސްޓަރ އެކަޑަމީ ބިނާކުރުން ފުރިހަމަވުން. މިކަންފުރިހަމަވުމުން ތިބާގެ އިޙްސާސްތަކަކީކޮބާ؟
ޖ. އެއީ ސިފަކުރަންވެސް ނޭގޭ އިޙްސާސްތަކެކެވެ. ނަމަވެސް އަހަރެމެންގެ އެ މަޤުޞަދަށް ވާސިލުވިއިރު، އަހަރެންގެ އުމުރުގެ ބޮޑުބައެއް އެކަމުގައި ހިނގައްޖެއެވެ.
2 “އަހަރެންގެ އުމުރުން ބޮޑުބައެއް އެކަމުގައި ހިނގައްޖެ” މިހެން ބުނުމުގައި ތިބާގެ މަޤުޞަދަކީކޮބާ؟
ޖ. އާއެކެވެ. އަހަރެމެން ހުޅަނގުގެ ދައުލަތްތަކަށް އެކަޑަމީ ވެއްދުމުގެ ކުޅަދާނަކަން ލިބިގެންދިޔައީވެސް ވަރަށް ގިނައަހަރުތަކެއް ދިގުއިންތިޒާރަކަށްފަހުގައެވެ. ބައެއް ޢަރަބި ދައުލަތްތަކަށް ގެންދެވުނީ އޭގެފަހުންނެވެ. އަދި އަހަރެމެން ޔަޤީކުރަމެވެ. އިޒްރޭލް ދައުލަތް ދެމިއޮތުމަށް އެންމެ ކާމިޔާބު ރޭވުމަށް އަހަރެމެންގެ މި ސްޓާ އެކަޑަމީގެ ވިސްނުންވެގެންދާނެވެ.
3 ސްޓާއެކަޑަމީގެ ވިސްނުން އެހާކާމިޔާބު ވިސްނުމަކަށް ތިބާއަށް ކަށަވަރުވަނީކީއްވެ؟
ޖ. އެއީ ގިނަމުސްލިމުން އިސްލާމްދީނާ ދުރަށްދާކަން އެނގޭތީއެވެ. ނަމަވެސް އިސްލާމީ އުންމަތުގައި ޒުވާނުންގެތެރެއިން މަދުބަޔަކު އެދީނަށް ރަނގަޅަށް ތަބާވާތްފަށައިފިއެވެ. މިޙަރަކާތް އިތުރަށް ފުޅާވެގެންދާނަމަ އެއީ އަހަރެމެންގެ ދައުލަތްނެތިގެންދާނެކަމަކަށްވާނެއެވެ.
4 މުސްލިމު އަންހެނުންނާއި ޢާއިލާއަށް ވަދެގަތުމަށްޓަކައި އޮތް މަގަކަށް ސްޓަރ އެކަޑަމީ ހަދަން އެހާ ބޭނުންވީ ކީއްވެހޭ؟
ޖ. އެއީ އަހަރެން ބޭނުންވަނީ އެ އެކަޑަމީގެ އެހީގައި އެބައިމީހުން އިސްލާމްދީނާއި ދުރުކުރާށެވެ.
5 ސްޓާއެކަޑަމީއަށްފަހު އިސްލާމްދީނަށް ޙަމަލަދިނުމުގައި ތިބާގެ އެންމެ މަޝްހޫރު ޕްލޭންއަކީކޮބައިހޭ؟
ޖ. މުސްލިމު އަންހެނުންނެވެ. އެމީހުންނާ ހަނުހިމޭން ހަނގުރާކުރުމެވެ.
6 މުސްލިމު ފިރިހެނުންދޫކޮށްފައި ހަމައެކަނި މުސްލިމު އަންހެނުން އަމާޒުފަތްގަޑަކަށްހަދައި ހަނގުރާމަކުރުމުގެ ސިއްރަކީކޮބާ؟
ޖ. އެއީ،އެންމެ މުސްލިމު އަންހެނަކު ހެޔޮމަގުން އެއްފަރާތްކުރެވުނުނަމަވެސް އެމަންޖެގެ ފަހަތުން ޖީލެއް ނޫނީ މުސްލިމުންތަކެއް މަގުފުރެދިގެންދާނެކަން އަހަރެންނަށް އެނގޭތީއެވެ.
7 މުސްލިމުއަންހެނުންނާ ކުރަންތިޔަ ނިންމި ހަނގުރާމަ ޞިފަކުރާގޮތަކީކޮބާ؟
ޖ. އަހަރެމެން ޓޭންކުތަކާއި ހަނގުރާމަތީ މަތިންދާބޯޓު އުފެއްދުމަށް ވުރެ ބޮޑަށް އަހަރެމެން އެދެނީ މުސްލިމު އަންހެނުންނާ ހަނގުރާމަކޮށް އެމަންޖެމެން ބުއްދީގެގޮތުންނާއި ޢާޠިފީގޮތުންނާއި ފިކުރީގޮތުންނާއި އަޚުލާޤީގޮތުންނާއި އަދި ފިޒިކަލްގޮތުން ފާސިދުކުރުމަށެވެ.
8 މިހާރު ލުބުނާނުގައި ޤާއިމުކުރެވިފައިވާ ސްޓަރ އެކަޑަމީގައި ތިޔަފަރާތުގެ އެއްވެސް އެހީތެރިކަމެއްވާނެހެއްޔެވެ؟
ޖ. އާނ، އެބައިމީހުންނަށް ހިލޭ އެހީ ހޯދުމުގެ މަސައްކަތް ކުރަނީ އަހަރެމެންނެވެ. އަދި އެތައް ހިނގަމުންދަނީ އަހަރެމެންގެ ބެލުމާއި ވިސްނުމުގެ ދަށުންނެވެ.
9 މި ބައްދަލުވުން ނިންމާލާއިރު، ތިޔަފަރާތުން އަހަރުމެންގެ އިޒްރޭލް އުންމަތަށް ބުނަން ބޭނުންވާ ވާހަކައަކީކޮބާ؟
ޖ. ބުނަން ބޭނުންވަނީ އިސްލާމީ އުންމަތްވަނީ ނިދާފައެވެ. އެއުންމަތް ނިދާފައި އޮތްއޮތުމުގެ ފައިދާ ހެޔޮގޮތުގައި ތިޔަބައިމީހުންނަގާށެވެ. އެއަށް އުންމަތް ހޭލައިފިނަމަ އެތައް ޤަރުނެއްގެ ތެރެއިން އެބައިމީހުންގެ އަތުން ފޭރިގަނެވިފައިވާ ހުރިހާއެއްޗެއް މަދުއަހަރެންގެ ތެރޭގައި އަނބުރާހޯދާނެވެ.
-ނިމުނީ-

















ޚިޔާލު