އޭޝިއާ އިންޑޮނޭޝިއާގެ މުސްލިމުން ނަމާދުކުރަން ތިބޭ މިސްރާބު ބަދަލުކުރުމަށް އިލްމުވެރިންގެ ކައުންސިލުން ގޮވާލައިފި

އިންޑޮނޭޝިއާގެ މުސްލިމުން ނަމާދުކުރަން ތިބޭ މިސްރާބު ބަދަލުކުރުމަށް އިލްމުވެރިންގެ ކައުންސިލުން ގޮވާލައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ލިޔުނީ: ހުސެއިން ސާލިމް

އިންޑޮނޭޝިއާގެ މުސްލިމުން ނަމާދުކުރަމުން ދަނީ ނުބައި ދިމާއަކަށް ތިބެގެން ކަމަށް އެ ޤައުމުގެ ޢިލްމުވެރިންގެ ކައުންސިލުން ހާމަކޮށްފިއެވެ.

މިކަން އާންމުންނަށް ހާމަކޮށްފައިވަނީ މިދިޔަ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. ދުނިޔޭގެ އެންމެ މުސްލިމުން ގިނަ ޤައުމުގައި މިހާތަނަށް ނުބައި ދިމާއަކަށް ތިބެ ނަމާދު ކުރެވެމުން ދިޔަކަމީ ގިނަ ބައެއްގެ ހިތުގައި ސުވާލު އުފެދޭކަމެކެވެ.

އިލްމުވެރިންގެ ކައުންސިލުން ހާމަކުރެއްވި ގޮތުގައި މިހާރު އިންޑޮނޭޝިއާގައި ނަމާދު ކުރެވެމުން ދަނީ އެފްރިކާގެ ކެންޔާ ނުވަތަ ސޯމާލިޔާ އާ ދިމާއަށް ތިބެއެވެ.” އަހަރުމެން މިހާރު މި ނަސޭހަތްތެރިވަނީ މިހާރަށްވުރެއް ކުޑަކޮށް ހުޅަނގު އުތުރަށް ނަމާދުކުރާއިރު ތިބުމަށް” ޢިލްމުވެރިންގެ ކައުންސިލްގެ ވެރިޔާ ޗޮލިލް ރިޟްވާން ހާމަކުރެއްވިއެވެ. ރިޟްވާން އިތުރަށް ހާމަކުރެއްވި ގޮތުގައި ކުރިން އެމީހުން ކުރި ނަމާދުތަކަކީ ބާޠިލް ނަމާދުތަކަކަށް ވެގެނެއް ނުދާނެއެވެ. އަދި އެކަމާ ކަންބޮޑު ނުވުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

މީގެކުރިން އިލްމުވެރިންގެ ކައުންސިލުން ވަނީ ލަވަކިޔުމާއި، ސިނގިރޭޓު ބޮއުމަކީ ޚަރާމްކަމެއްކަމަށް ކަނޑައަޅައި ފަތުވާއެއް ނެރެފައެވެ. އިންޑޮނޭޝިއާ އަކީ އެންމެ މުސްލިމުން ގިނަ ގައުމަށް ވީނަމަވެސް އެ ޤައުމަކީ ދީނާ ދައުލަތް  ވަކިކޮސްފައިވާ، ސެކިޔުލާ ޤައުމެކެވެ.

ޓެގް

އޭޝިއާ

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.