ދުނިޔޭގައި އޮތް އެންމެ ބޮޑު އެއް ޓެރެރިސްޓް ޤައުމު، އެމެރިކާ،ގެ ޖާސޫސީ އިދާރާ، ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އިން ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްގެ ނަމުގައި މުސްލިމުންނަށް ޖާސޫސްކުރަމުންދާކަމުގައި އެމެރިކާގެ މަދަނީ ޙައްޤުތަކާއިބެހޭ ޖަމިއްޔާއެއްކަމުގައިވާ އެމެރިކަން ސިވިލް ލިބަރޓީސް ޔޫނިއަން (އޭސީއެލްޔޫ) އިން ހާމަކޮށްފިއެވެ.
"އެފްބީއައިއިން ދަނީ އެމީހުންގެ ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކުގެ ނަހަމަބޭނުންކޮށްގެން މުސްލިމު ކޮމިއުނިޓީތަކުގެ ޖާސޫސްކޮށް މަޢުލޫމާތު އެއްކުރަމުން،" އޭސީއެލްޔޫއިން ހާމަކޮށްފައިވެއެވެ.
އެމެރިކާގެ ފްރީޑޮމް އޮފް އިންފޮމޭޝަން އެކްޓް ނުވަތަ މަޢުލޫމާތުގެ މިނިވަންކަމުގެ ޤާނޫނުގެ ދަށުން ހޯދައިފައިވާ ލިޔެކިއުންތަކުން ހާމަވެފައިވާގޮތުގައި އެފްބީއައިއިންވަނީ މުސްލިމުންގެ އީމެއިލް އެޑްރެސްތަކާއި، ފޯން ނަންބަރުތަކާއި، އެމީހުންގެ ބުރުސޫރައިގެ ތަފްސީލާއި، ކަންކަމާއި މެދު ދެކޭގޮތް ހޯދައި ރެކޯޑްކޮށްފައެވެ.
ކޮމިއުނިޓީ އައުޓްރީޗް ޕްރޮގްރާމްތަކުގެ ނަމުގައިބޭއްވޭ ޖޮބްފެއަރތަކާއި، ދީނީ ކެއުންތަކާއި، ބައްދަލުވުންތަކުގައި މުސްލިމުންނަށް ނޭނގި އެމީހުންގެ މަޢުލޫމާތުތަށް ޖަސޫސްކޮށް އެފްބީއައިއިން ނަގަމުންދާކަމަށް އޭސީއެލްޔޫއިން އިތުރަށް ހާމަކުރިއެވެ.
އައުޓްރީޗް ޕްރޮގްރާމްތައް އެފްބީއައިއިން ފަށާފައިވަނީ 2001ގެ ސެޕްޓެމްބަރ 11ގެ ހަމަލާގެ ކުރިންނެވެ. އޭސީއެލްޔޫ އިން ބުނެފައިވާގޮތުގައި މީސްމީހުންނަށް ލާރިދީގެންވެސް އެފްބީއައިންދަނީ މުސްލިމުންނަށް ޖާސޫސްކުރަމުންނެވެ.
ޓެރަރިޒަމްއާއިދެކޮޅަށް މަސައްކަތްކުރާމީހުންނަށް ކިޔަވައިދިނުމަށާއި ތަމްރީނުކުރުމަށް އެފް.ބީ.އައި އިން ބޭނުންކުރާ ޓްރެއިނިންގ މެނުއަލްގައި ހިމަނައިގެން އެފް.ބީ.އައި އިން ކިޔަވާދެމުންގެންދަނީ އާންމުގިނަމުސްލިމުންނަކީ ނުރައްކާތެރި ހައްދުފަހަނައަޅާފައިވާ ބައެއްގެގޮތުގައިކަންވެސް މީގެދުވަސްކޮޅެއްކުރީގައިވަނި ފަޅާއަރާފައެވެ. އަދި މީގެއިތުރުން ގިނަމުސްލިމުންނަކީ ޓެރަރިސްޓުންނާއި ހަމްދަރުދީވާ ބައެއްކަމަށާއި އަދި މުސްލިމުންދޭ ޞަދަގާތާއި ޒަކާތަކީ ހަނގުރާމަވެރިނަށް ފަންޑުކުރުމަށް ދޭފައިސާކަމަށްވެސް މި ޓްރެއިނިންގގައި ކިޔަވާދެއެވެ.
އެމެރިކާގެ ވާރޖީނިއާގައިހުންނަ އެފްބީއައިގެ ޓްރެނިންގ ސެންޓަރގައި ހިންގާ މި ޓްރެއިނިންގގައި، މުސްލިމެއްގެ ދިނީއަޤީދާ ވަރުގަދަވާވަރަކަށް އޭނާގެ ނުރައްކާތެރިކަމާއި ހައްދުފަހަނައެޅުން އިރުތުވާކަމަށާއި އަދި މުސްލިމުން އަނބުރާލުމަކީ ނުވާނެކަމެއްކަމަށްވެސް ތަފާތު ޗާޓްތައް ހަދައިގެންދަނީ ކިޔަވާދެމުންނެވެ. އަދި ހަމަމިއާއިއެކު ކާފަރުންނާއި އިދިކޮޅަށްކުރެވޭ ކޮންމެހަނގުރާމައަކީ މުސްލިމުންގެ ޤާނޫނުގައި ޙައްޤު ކަމެއްކަމަށް ދެކޭދެކުމާއި އަދި ކީރިތިޤުރުއާން އަކީ ބަދަލުނުކުރެވޭނެ އިލާޙީ ބަސްފުޅުކަމަށް ދެކޭހާދުވަހަކު އެމީހުން ބޭނުންވާގޮތަށް މުސްލިމުން “މޮޑަރޭޓް” ނުކުރެވޭނެކަމަށްވެސް އެފް.ބީ.އައި ގެ ޓްރެއިނިންގ މޮޑިއުލްތަކުގައިވެއެވެ.

















advertisment
އިމާމެކޯ ކިޔައިގެން އުޅޭ ހާލިދް ލަތީފަކީ މިކަމާ ގުޅޭ މީހެއްކަންނޭނގެ.
ދެދޭތެރެއިން ސިލޯނުގަ ހުންނަ އެމެރިކާ އެމްބަސީން ރާއްޖެ ފޮނުވާނެ ދަރުސް ދޭން…