އަރަބިދުނިޔެދިއިސްލާމްދުނިޔެ

ޝައިޚް ބިން ބާޒަށް ނިސްބަތްކޮށް ދޮގު ޚަބަރު ފެތުރި ބަޔަކާއި ދެކޮޅަށް އަބުރުގެ ދައުވާކޮށްފި

ޝައިޚް ބިން ބާޒް

ޝައިޚް ބިން ބާޒް

ސައުދީ އަރަބިއްޔާގެ ކުރީގެ މުފްތީ ޝައިޚް ޢަބްދުލްޢަޒީޒް ބިން ބާޒް އަށް ނިސްބަތްކޮށް ދޮގު ޚަބަރުތަކެއް ފަތުރާފައިވާ ކުވައިތުގެ ޤާނޫނީ ވަކީލަކާއި، ވިޔަފާރިވެރިޔަކާއި އަދި ޓީވީ ޗެނަލްއަކާއި ދެކޮޅަށް ޝައިޚްގެ ދަރިފުޅު، ޢަބްދުﷲ ބިން ބާޒް އަބުރުގެ ދައުވާކުރައްވާފިއެވެ.

އިޤްތިޞާދް ބިޒްނަސް ޑެއިލީއިން ހާމަކޮށްފައިވާ ގޮތުގައި އަންނަ ހޯމަދުވަހު މިމައްސަލައަށް ކުވެއިތުގެ ޕްރޮސެކިއުޓަރ ޖެނެރަލް ގޮތެއް ނިންމަވައި ޙުކުމް އިއްވާނެއެވެ.

ޢަބްދުﷲ ބިން ބާޒް ދައުވާގައި ބުނާގޮތުގައި ކުވައިތުގެ ޤާނޫނީ ވަކީލު ޚާލިދު އައްޝައްތީއާއި، ވިޔަފާރިވެރިޔާ މަޙްމޫދު ޚައިދަރާއި އަދި ޓީވީ ޗެނަލް އަލްޢަދާލާ ވަނީ ޝައިޚް ބިން ބާޒާއި ސައުދީ ބޮޑެތި ޢިލްމުވެރިންނަކީ  ޓެރަރިސްޓުންގެ ޙައްދުފަހަނައަޅާފައިވާ ފިކުރު ފެތުރުމަށް މަސައްކަތްކުރައްވާފައިކަމަށް ބުނެ އެބޭފުޅުންގެ އިސްތަށިފުޅުގައި ދޮގު ތުހުމަތުތަކެއް އަޅުވާފައެވެ.

މިއަހަރުގެ މާޗް 20 ވަނަ ދުވަހު މަޙްމޫދު ޚައިދަރުގެ ޢަދާލާތު ޓީވީ ޗެނަލުން ދެއްކި ޕްރޮގްރާމެއްގައި ޚާލިދު އައްޝައްތީވަނީ ޝައިޚް ބިން ބާޒާއި ޝައިޚް މުޙައްމަދު ބިން ޢަބްދުލްވައްހާބަށް ބަދުބަސްބުނެފައެވެ. އަދި އައްޝައްތީގެ މިދޮގު އިލްޒާމްތައް އެޗެނަލުންވަނީ ހަފްތާއެއްވަންދެން ދައްކާފައެވެ.

ކުވައިތުގެ މަޖިލިސް މެމްބަރުންގެ އިތުރުން، އެޤައުމުގެ ލިޔުންތެރިންނާއި، ކޮލަމިސްޓުންނާއި އަދި މީޑިއާވަނީ އައްޝައްތީގެ މިދޮގު ބުހުތާންތައް ވަރަށް ބޮޑަށް ކުށްވެރިކޮށް އެވާހަކަތައް ފެތުރުމުގައި ބައިވެރިވި މީހުންނަށް އޭގެ ޤާނޫނީ އުޤޫބާތްދިނުމަށް ގޮވާލާފައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *