ރިޕޯޓް

ލޮޖިކް – ތިމާގެ ބުއްދި އާއި މެދު އޮތީ ކޮން އިތުބާރެއް؟

އިސްލާމްދީނުގެ އަސްލުތަކާއި މެދު (ކުޑަމިންވަރަށް ޢިލްމު ލިބިފައިވާ ) އިންސާނާ ކިރާމިންގަޑެއްކަމުގައި “ލޮޖިކްސް – އިންސާނާގެ ބުއްދި ނިންމާ ގޮތަށް ރިޔާޢަތް ކޮށް ގޮތްނިންމަމުން އައީ އިއްޔެ އަކު މިއަދަކު ނޫނެވެ. އިންސާނާ ދެކިފައިވާ ދިގު ތާޜީޚީ މާޒީގައި އިންސާނާ މަގުފުރެދުމުގެ އަސްލެއްކަމުގައި ވެފައިވާ އެކައްޗެކީ ލޮޖިކްސްއެވެ. ބުއްދީ ގެ އަލިން ހާލިޤުވަންތަ ކަލާނގެ ދެނެގަތުމަށް އިންސާނާ ކިތަންމެ މަސައްކަތެއް ކުރި ކަމުގައި ވިނަމަވެސް މި ކަމަކީ އިންސާނާ އަށް ކާމިޔާބު ކުރެވޭނެ ކަމެއް ކަމުގައި ނުވުމުން ޙާލިޤު ވަންތަ އިލާހު ރަސޫލުންނާއި ނަބީން ފޮނުއްވާ ފޮތްބާވާލައްވައެވެ.

ވިސްނުމާއި ފިކުރުގެ ދުވަސްވަރު އެކަމަށް މަޝްހޫރު ޢިލްމުވެރިއެއް ކަމުގައިވާ ސޯކްރޭޓްސް ގްރީކްގެ ޒުވާނުން އަލިފާނަށް އަޅުކަން ކުރުމާއި މެދު އިންކާރު ކުރިއެވެ. އަދި ޒުވާނުންނަށް ގޮވާލިއެވެ. އަލިފާނަކީ އިލާހެއް ނޫނެވެ. އެހެނަސް އޭނާގެ ވިސްނުމުން ހައްޤު އިލާހު ދެނެއެއް ނުގަނެވުނެވެ. އޭނާ ބުނެފައިވަނީ ” ތިމަންނާ އަށް ނޭނގޭ ކަން އިނގެއެވެ. އެހެނަސް ތިމަންނަ އަށް ނޭނގެނީ ކޮންއެއްޗެއްކަން ބުނެދޭކަށް ނޭނގެއެވެ.” އޭނާ އަށް ހައްޤު އިލާހު ދެނެގެންނާކަށް ނޭނގެއެވެ.

އިސްލާމްދީނުގައިވާ ކަންތައްތަކަކީ “ލޮޖިކްސް” ( ބުއްދީގެ އަލީގައި) ހޯދައި ގަނެވޭނެ ކަންތައްތަކެއްނޫނެވެ. އެހެނީ އިންސާގެ ބުއްދިއަކީ ހުދޫދު ކުރެވިފައިވާ އެއްޗެކެވެ. އިސްލާމްދީނުގައިވާ ހުކުމް ތަކަށް ބަލާލާއިރު މީހަކާއި ކާވެނި ނުކޮށް ޒިނޭކުރުމުން 100 އެތިފަހަރުން ތަޢުޒީރުކުރުމާއި އެއްވެސް ހާލަތެއްގައި އެއްޖިންސުން ގުޅުން ހިންގައިފި ނަމަ މަރުގެ ހުކުމް ކަނޑައެޅިފައިވާ ގޮތް އިންސާނާގެ ބުއްދިން ދެނެއެއް ނުގަނެވެއެވެ. ފޮޑިއެއް ޖެހުމުން ވުލޫ ގެއްލުމާއި ހުއްފުގައި ނުވަތަ (ބޫޓަށް އަރައިގެން ހުރެ ވުލޫ ކުރާއިރު – ހުއްފަކީ ބޫޓެވެ. ނުވަތަ ފައިތިލަ ނިވާ ކުރެވިފައިވާ ބޫޓުފާޑުގެ އެއްޗެވެ.) ބޫޓުގެ މަތީގައި ފެންފުހެން ޖެހޭ ސަބަބު އިންސާނާގެ ބުއްދިން ދެނެއެއް ނުގަނެވޭނެއެވެ.

އިސްލާމްދީނުގައިވާ ހުކުމްތަކާއި އުސޫލުތަކަށް ތިމާގެ ބުއްދިން ވިސްނޭ އެއްޗެއް މިއަދުގެ މުސްލިމުން ފާޅުކުރަމުން ދަނީ އިސްލާމީ އުޞޫލާއި ސުލޫކު އޮންނަ ގޮތްނޭގޭހާލުއެވެ. އަހަރެމެންގެ ތެރެއިން ވާ ބައެއްމީހުންނަށް ހީވެފައި އޮންނަނީ އިސްލާމްދީން ވެސްވާންޖެހޭނީ އެމީހުން ޤަބޫލުކުރާ ޑިމޮކްރަސީ އެކޭ އެއްފަދައިން ގިނަމީހުން ޤަބޫލުކުރާގޮތްތަކެއް ގެ މައްޗަށް ނިންމިފައި ހުންނަ ކަންތައްތައްކަމުގައެވެ. މިފަދަ މީހުން ޤަބޫލު ކުރާ ގޮތުގައި އިސްލާމްދީނުގައި ހުރި ކަންތައްތަކަކީ ވަރަށް ތާކުންތާކު ނުޖެހޭ ކަންތައްތެކެވެ. މީގެ ތެރޭގައި ފިރިހެނުންނަށް 4 އަނބި ހުއްދަ ކުރުންފަދަ ކަންތައް ހިމެނެއެވެ.

ލޮޖިކްސް އިން ތެދުމަގު ހޯދަން އުޅޭކޮންމެ މީހަކު މަގުފުރެދިދެއެވެ. އޭނާގެ ބުއްދީ ގެ ނުކުޅެދޭކަން ތިމާ އަށް ވިސްނޭ ކޮންމެ މީހަކު ފޮތާއި ޢިލްމުވެރިންގެ ލަފާއާއި އިރުޝާދު ހޯދައެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *

More in ރިޕޯޓް