މޮރޮކޯގެ ޤާނޫނުހަދާމަޖިލީހުގެ އިންތިޚާބުގައި އަލްޢަދާލާ ވަލް ތަންމިޔާ ޕާޓީން (އިސްލާމީ ޕާޓީ) ހޯދި ކާމިޔާބީއަށްފަހު އެޤައުމުގެ ބޮޑުވަޒީރަކަށް އެޕާޓީގެ ލީޑަރު ހަމަޖައްސަވައިފިއެވެ.
މޮރޮކޯގެ ރަސްގެފާނު މުހައްމަދު (ހަޔެއް) ވަނީ މިދިޔަ އަންގާރަދުވަހު ޢަދާލާތު ޕާޓީގެ ރައީސް ޢަބްދުލްއިލާހް ބަންކީރާންއަށް ވަނީ މޮރޮކޯގެ ބޮޑުވަޒީރުކަން ހަވާލުކުރައްވައިފައެވެ.
މޮރޮކޯގެ އިސްލާމީ ޕާޓީގެ ޢަދާލާތުންވަނީ އެޤައުމުގެ 395 ގޮނޑީގެ ޤާނޫނުހަދާމަޖިލީހުގެ 107 ގޮނޑި ވަނީ ކާމިޔާބުކޮށްފައެވެ. އިންތިޚާބު ބާއްވާފައިވަނީ އިދިކޮޅު ފަރާތްތަކުގެ މުޒާހަރާތަކުގެ ސަބަބުން ޤާނޫނު އަސާސީއަށް އިސްލާހްގެނެސް އިންތިޚާބު ބޭއްވުމަށް އެޤައުމުގެ ރަސްކަމަށް މަޖްބޫރުވެގެންނެވެ.
މޮރޮކޯގެ އާޤާނޫނު އަސާސީގެ ދަށުން، ޤާނޫނުހަދާމަޖިލީހުގެ އިންތިޚާބުގައި އެންމެ ގިނަ ވޯޓް ކާމިޔާބުކުރާ ޕާޓީގެ ލީޑަރަކަށް ބޮޑުވަޒީރުކަން އަރުވަންޖެހެއެވެ.
މަޢުލޫމާތު ލިބިފައިވާ ގޮތުގައި އަލްޢަދާލާ ވަލް ތަންމިޔާ ޕާޓީން މިހާރު ދަނީ ސަރުކާރުގެ އިއްތިހާދެއް ޤާއިމްކުރުމަށް މަސައްކަތްކުރައްވަމުންނެވެ. އަދި މިއިއްތިހާދުގައި ބައިވެރިވުމަށް ގިނަ ޕާޓީތަކުން ދަނީ ޝައުގުވެރިކަން ފާޅުކުރަމުންނެވެ.


















advertisment
ޚިޔާލު