ޖަމްޢިއްޔަތުއްސަލަފުގެ ޢިލްމުވެރީންގެ މަޖިލީހުގެ ރައީސް، އައްޝައިޚް އަޙްމަދު ސަމީރު ބިން އިބްރާހީމްގެ ދަރުސެއް މިރޭ މަނަދޫގައި ބޭއްވުމަށް ހަމަޖައްސައިފިއެވެ.
މިދަރުސް އިންތިޒާމް ކުރަނީ ޖަމްޢިއްޔަތުއްސަލަފާއި މަނަދޫ ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ގުޅިގެންނެވެ.
ސަލަފުން މަޢުލޫމާތުދޭ ގޮތުގައި މިދަރުސް ޚާއްޞަކޮށްފައިވަނީ އަންހެން ބޭފުޅުންނަށެވެ. މިދަރުސް އޮންނާނީ މަނަދޫގައި ހުންނަ ނ. އަތޮޅު މަދަރުސާގައި 20:30 ގައި ކަމަށާއި، މައުޟޫއަކީ "ދަރިން ތަރުބިއްޔަތު ކުރުން" ކަމަށް އެޖަމްޢިއްޔާއިން ބުންޏެވެ.
ސަލަފުން ބުނީ ނ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައ މަނަދޫގައި ޚާއްޞަ 2 ދަރުސެއް ބޭއްވުމަށާއި، މާފަރުގައިވެސް ދަރުސެއް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުގައި ޅ. އޮޅުވެލިފުށީގައި ވެސް ދަރުސެއް ބޭއްވުމަށް ރޭވިފައިވާ ކަމަށް ސަލަފުން ހާމަކުރެއެވެ.
މިދަތުރުގައި ބައިވެރިވެލައްވަނީ ޝައިޚް ސަމީރުގެ އިތުރުން ސަލަފްގެ އޮޕަރޭޝަންސް މެނޭޖަރ ޢަލީ ރަމީޒް އެވެ.

ކޮމެންޓް (0)
ލޯޑް ކުރަމުން...