ސަޢޫދީޢަރަބިއްޔާގެ ރަސްގެފާނު ޢަބްދުﷲ ބިން ޢަބްދުލް ޢަޒީޒުގެ ރިޢާޔަތުގެ ދަށުން ބާއްވާ "ރަސްގެފާނު ޢަބްދުލް ޢަޒީޒު ބައިނަލްއަޤްވާމީ ޤުރްއާން ހިތުދަސްކުރުމުގެ މުބާރާތް" ބޭއްވުމަށް ހަމަޖެހިފައިވަނީ 1433 ވަނަ އަހަރުގެ މުޙައްރަމް މަހުގެ 23 އިން 30 ގެ ނިޔަލަށް މައްކާގެ އަލްމަސްޖިދުލް ޙަރާމް ގައެވެ.
މިއީ ރަސްގެފާނު ޢަބްދުލް ޢަޒީޒުގެ ބައިނަލްއަޤްވާމީ ޤުރްއާން ހިތުދަސްކުރުމުގެ 33 ވަނަ މުބާރާތެވެ.
މި މުބާރާތުގެ ޢާއްމު ގުޅުންތަކާ ބެހޭ ކޮމެޓީގެ ރައީސް ސަލްމާން ބިން މުޙައްމަދު އަލްޢަމްރީ ވިދާޅުވި ގޮތުގައި މި މުބާރާތުގައި 53 ޤައުމުން 161 ބައިވެރިން ވާދަކުރާ އިރު، ފަނޑީޔާރުންގެ ގޮތުގައި ތަފާތު ޤައުމުތަކުން 10 ފަނޑީޔާރުން ބައިވެރިވެލައްވާނެއެވެ. މިގޮތުން ހިމެނެނީ ސަޢުދީޢަރަބިއްޔާގެ 4 ފަނޑިޔާރުންކަމަށްވާ: ޑރ.އިބްރާހިމް ބިން ސަޢީދު އައްދޫސަރީ، ޑރ.ޢީމާދު ބިން ޒުހައިރު ޙާފިޡް، އައްޝައިޚް ސުޢޫދު ބިން ޢަބްދުލް ޢަޒީޒް ޣުނައިމު، ޑރ.އައްސާލިމް މަޙްމޫދު މަޙްމޫދު އައްޝަންޤީޠީ އާއި އުރުދުންގެ އައްޝައިޚް ސަމީޙް އަޙްމަދު ޟާލިޢު އަލްޢުޘާމިނަ، މިޞްރުގެ ޑރ.ޢަޙްމަދު ޢީސާ އަލްމަޢުޞަރާވީ، މޮރިޓޭނިޔާގެ އައްޝައިޚް ލަމާތު މުޙައްމަދު އަލްމުޚްތާރު އަލްއަމީން، މެލޭޝިޔާގެ އައްޝައިޚް ޢަބްދުލް މަލިކް ޠާހިރު، ޕާކިސްތާނުގެ ޑރ.މުޙައްމަދު ޠާހިރު ޙަކީމް އަދި ނައިޖީރިޔާގެ އައްޝައިޚް ޞާދިޤް ޞިއްދީޤް ޒާވިޔާ އެވެ.
މި މުބާރާތުގެ މަޤްޞަދަކީ ކީރިތި ޤްރުއާން ކިޔެވުމާއި އުގަންނައިދިނުމާއި ހިތުދަސްކުރުމަށް ސަޢުދީ ޢަރަބިއއްޔާއިން ބަހައްޓާ އަހައްމިއްޔަތުކަން އަންގައި ދިނުމާއި މުސްލިމު އުއްމަތުގެ ދަރިންގެ މެދުގައި ކީރިތި ޤުރުއާން ދަސްކުރުން ފެތުރުމެވެ.
މުބާރާތުގެ ކިޔެވުން ހަމަޖެހިފައިވަނީ ފަސް ގޮތްޕަކަށް ބަހާލައިގެންނެވެ.
އެއީ:
1- ތަޖްވީދާއި ބަސްތަކުގެ ތަފްސީރާއެކު މުޅި ޤުރުއާން އެއްކޮށް ހިތުދަސް ކުރުމުގެ ބައި.
2- ތިލާވަތާއި ތަޖުވީދާއެކު މުޅި ޤުރުއާން އެއްކޮށް ހިތުދަސްކުމުގެ ބައި.
3- ތިލާވަތާއި ތަޖުވީދާއެކު 20 ފޮތް ތަރުތީބުން ހިތުދަސްކުރުމުގެ ބައި.
4- ތިލާވަތާއި ތަޖުވީދާއެކު 10 ފޮތް ތަރުތީބުން ހިތުދަސްކުރުމުގެ ބައި.
5- ތިލާވަތާއި ތަޖުވީދާއެކު 5 ފޮތް ތަރުތީބުން ހިތުދަސްކުރުމުގެ ބައި. (އިސްލާމީ ނޫން ޤައުމުތަކުގެ ޖަމްޢިއްޔާތަކުގެ ބައިވެރިންނަށް ޚާއްޞަ).
މުބާރާތުގެ ވަނަވަނައަށް އަންނަ ފަރާތްތަކަށް ފައިސާގެ އިނާމުގެ ގޮތުގައި ބޮޑެތި ޢަދަދުތަކެއް ކަނޑައެޅިފައި ވެއެވެ. މިގޮތުން ފުރަތަމަ ބައިން އެއްވަނަ އަށް އަންނަ ފަރާތަކަށް 100،000 ސަޢޫދީ ރިޔާލު، ދެވަނަ އަށް 90،000 ސަޢޫދީ ރިޔާލް، ތިންވަނައަށް 80،000 ސަޢޫދީ ރިޔާލް، ހަތަރު ވަނައަށް 70،000 ސަޢޫދީ ރިޔާލް އަދި ފަސްވަނައަށް 60،000 ސަޢޫދީ ރިޔާލް އެވެ. އަދި އެހެނިހެން ގޮފިތަކުގެ ފުރަތަމަ ފަސް ވަނައަށްވެސް ފައިސާގެ އިނާމް ދިނުމަށް ހަމަޖެހިފައި ވެއެވެ.
މީގެއިތުރުން މުބާރާތުގެ ހުރިހާ ބައިވެރިންނަށް މަދީނާއަށް ޒިޔާރަތް ކުމާއި މަދީނާގައި ހުންނަ ޤްރުއާން ޗާޕްޚާނާއާއި، ޤުބާ މިސްކިތް އަދި އިސްލާމިކް ޔުނިވާސިޓީއަށް ގެންދިއުން ހިމެއެވެ.
ކޮމެންޓް (0)
ލޯޑް ކުރަމުން...