މިޞްރުން ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްތިޢުމާރީ ޓެރަރިސްޓް ދައުލަތަށާއި އުރުދުންއަށް ފޮނުވާފައިވާ ގޭސް ހޮޅިތަކަށް ހަމަލާދީފިއެވެ.
ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން މަޢުލޫމާތުދީފައިވާގޮތުގައި ޔަހޫދީ ޓެރަރިސްޓް ދައުލަތުގެ ބޯރޑަރު ކައިރީގައިވާ މިޞްރުގެ އުތުރު ސަރަޙައްދުގެ މަޒަރް އަވަށަށް ދިން މިހަމަލާގައި އެދައުލަތަށް މިޞްރުން ފޮނުވާފައިވާ ގޭސް ހޮޅިތަކުގެ ބައެއްވަނީ ގޮވާފައެވެ.
މައުލޫމާތު ލިބިފައިވާގޮތުގައި މިހަމަލާދީފައިވަނީ ރިމޯޓް ކޮންޓްރޯލްޑް ބޮންތަކެއް ބޭނުންކޮށްގެންނެވެ. މިއީ މިޞްރުގެ ކުރީގެ ރައީސް ހުސްނީ މުބާރަކްގެ ވެރިކަން ވައްޓާލުމަށް އެޤައުމުގެ ރައްޔިތުންފަށާފައިވާ މުޒާހަރާތަކަށްފަހު މިޞްރުން ޔަހޫދީ އިސްތިއުމާރީ ދައުލަތަށް ފޮނުވާފައިވާ ގޭސް ހޮޅިތަކަށް އަމާޒުކޮށްގެން ހަމަލާދީފައިވާ 6 ވަނަ ފަހަރެވެ.
މިޞްރުގެ ދިފާޢީ ބާރުން މީޑިއާއަށް ހާމަކުރިގޮތުގައި ކަރަންޓް ނަރުތަކެއް ގުޅާފައިވާ ދެ ޓްރަކް ވަނީ ބޮން ގޮއްވާފައިވާ ސަރަޙައްދުން ފެނިފައެވެ. ބުނެވޭގޮތުގައި މި ހަމަލާދީފަައިވަނީ ޔަހޫދީ އިސްތިޢުމާރީ ދައުލަތާއި އެކު މިޞްރުން ތެލުގެ ވިޔަފާރިކުރުން ހުއްޓާލުމަށް ގޮވަމުންދާ ޖަމާޢަތްތަކުގެ މީހުންނެވެ.

















advertisment
ޚިޔާލު