އަރަބިދުނިޔެދިއިސްލާމްދުނިޔެ

'ސީރިއާގެ ޓެރަރިސްޓުންނަށް ފަންޑުކުރަނީ އެމެރިކާއިންނާއި ޔަހޫދީ އިސްތިޢުމާރީ ދައުލަތުން'

ސީރިއާގެ އިދިކޮޅު ފަރާތްތައް

ސީރިއާގެ އިދިކޮޅު ފަރާތްތައް

ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތެއް ކަމުގައިވާ "ފްރީ ސީރިއާ އަރމީ" އަކީ އެމެރިކާއިންނާއި އަދި ހައްދުފަހަނައަޅާފައިވާ ޔަހޫދީ އިސްތިޢުމާރީ ދައުލަތުން ފަންޑުކުރާ ޓެރަރިސްޓް ޖަމާޢަތެއްކަމުގައިވާ މަޝްހޫރު ސިޔާސީ މާހިރަކު ހާމަކޮށްފިއެވެ.

ނޮވެމްބަރު މަހުގެ 20 ވަނަ ދުވަހު ގްލޯބަލް ރިސަރޗް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމެއްގައި ތައިލެންޑުގެ ސިޔާސީ ކަންކަން ދިރާސާކުރާ މާހިރެއްކަމުގައިވާ ޓޯނީ ކަރޓަލޫޗީ ހާމަކުރިގޮތުގައި ސީރިއާގެ އިދިކޮޅު ހަނގުރާމަވެރި ޖަމާޢަތަކީ އެޤައުމުގައި ހިނގަމުން އަންނަ ހަމަނުޖެހުންތައް ބޮޑު ލޭއޮހޮރުވުމަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުންދާ ބައެއްކަމަށް އިންޓަރނޭޝަނަލް އިންސްޓިޓިއުޓް ފޮރ ސްޓްރެޓެޖިކް ސްޓަޑީސްގެ ރިޕޯޓެއްގައި ބުނެފައިވާކަމަށެވެ.

ކަރޓަލޫޗީ ބުނިގޮތުގައި ސީރިއާގައި ޑިމޮކްރަސީއެއް ޤާއިމްކުރުމަށް ގޮވާލަމުންދާ މިހަރަކާތަކީ އިނގެރޭސި ވިލާތާއި އަދި އެމެރިކާގެ ޖާސޫސީ އިދާރާތަކުން ތަމްރީންކުރުވާފައިވާ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރިންނެވެ.

ހުޅަނގުގެ މީޑިއާބޭނުން ކޮށްގެން ޙަޤީޤަތް އޮޅުވާލައި ސީރިއާގެ ޤައުމީ ބަތަލުންކަމަށް ދައްކުވައިދޭ މިޖަމާޢަތަކީ އެމެރިކާގެ ވޮޝިންގްޓަނުން އަންނަ އަމުރުތަކަށް ބޯލަނބަމުން އަންނަ އެމެރިކާއާއި ޔަހޫދީ އިސްތިއުމާރީ ދައުލަތުގެ ގޮނޑިކޮއްކޮގެ ބައި އަދާކުރަމުން އަންނަ ހަނގުރާމަވެރިންކަމަށްވެސް އޭނާ އިތުރަށް ހާމަކުރިއެވެ.

ކަރޓަލޫޗީ ބުނެފައިވާގޮތުގައި މެދުއިރުމަތީގައި މިހާރު ހިނގަމުން އަންނަ ހަމަނުޖެހުންތަކަކީ ވަރަށް ހުޅަނގުގެ ވަރަށް ބޮޑު ރޭވުމެއްގެ ދަށުން ހިނގަމުން އަންނަ ކަންތައްތަކެކެވެ. ސީރީއާގެ ސަރުކާރު ވައްޓާލުމަށް ހުޅަނގުންވަނީ 1991 ވަނަ އަހަރުން ފެށިގެން ރާވައިފައިވާކަމަށްވެސް އޭނާ ހާމަކޮށްފައެވެ.

ގްލޯބަލް ރިސަރޗް ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ލިޔުމުގައި އިތުރަށް ހާމަކުރިގޮތުގައި ލީކްވެފައިވާ އެމެރިކާ ސަރުކާރުގެ ސިއްރު ލިޔުންތަކުންވަނީ 2005 ވަނަ އަހަރުން ފެށިގެން ސީރިއާގެ އިދިކޮޅު ޖަމާޢަތްތަކަށް ފަންޑުކުރަމުންނެވެ.

ގުޅުންހުރި

ޚިޔާލު

Your email address will not be published. Required fields are marked *