ދިއިސްލާމް މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ 2000 ޕައުންޑް ފަލަސްތީނުގެ ކުޑަކުދިންނަށް ހަދިޔާކޮށްފި

މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ 2000 ޕައުންޑް ފަލަސްތީނުގެ ކުޑަކުދިންނަށް ހަދިޔާކޮށްފި

މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ 2000 ޕައުންޑް ފަލަސްތީނުގެ ކުޑަކުދިންނަށް ހަދިޔާކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ދުނިޔޭގެ މަޝްޙޫރު ފުޓްބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯ 2000 ޕައުންޑް ފަލަސްތީނުގެ ކުޑަކުދިންނަށް ހަދިޔާކޮށްފިއެވެ.

މި ފައިސާއަކީ ރޮނާލްޑޯ ކުޅިވަރު ބޫޓްތަކެއް ނީލަން ކިޔުމަށް ފަހު ލިބުނު ފައިސާއެވެ.

އިޒްރޭލުގެ އަނިޔާވެރިކަމުގައި ޖެހިފައިވާ އަދި އެހީގެ އަތްތަކަކަށް ބޭނުންޖެހިފައިވާ ފަލަސްތީނުގެ ކުޑަކުދިންނަށް މި ލިބުނު އެހީތެރިކަމަކީ އެ ކުދިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެކެވެ. އަދި އިޒްރޭލުގެ ނުބައި ނުލަފާ އަތްތަކުގައި ބަނދެވިފައިވާ ފަލަސްތީނުގެ މައުސޫމް ކުޑަކުދިންނަށް އެމީހުންގެ ބޭނުންތައް ފުއްދުމަށް ލިބުނު އެހީއެކެވެ.

ފަަލަސްތީނުގެ އެންމެހާ އަޚުންނާއި އުޚުތުންގެ ހުވަފެނަކީ އިޒްރޭލުގެ ނުބައިކަމުން ސަލާމަތްވެ އެހެން އިންސާނުން ފަދައިން އުފާވެރި ދިރިއުޅުމެއް ލިބުމެވެ. އަދި އެމީހުންނަށް އެހެން މީހުންގެ ދީލަތި އެހީތައް ލިބުމެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.