ދިއިސްލާމް ފުޅާދާއިރާއެއްގައި މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއްގެ 15 މިލިއަން ޑޮލަރު އެޤައުމުގެ ސިފައިން ހިފަހައްޓައިފި

ފުޅާދާއިރާއެއްގައި މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއްގެ 15 މިލިއަން ޑޮލަރު އެޤައުމުގެ ސިފައިން ހިފަހައްޓައިފި

ފުޅާދާއިރާއެއްގައި މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ބޮޑެއްގެ 15 މިލިއަން ޑޮލަރު އެޤައުމުގެ ސިފައިން ހިފަހައްޓައިފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

ހިފަހައްޓާފައިވާ ފައިސާގެ ނޫޓްތައް މެކްސިކޯގެ ސިފައިން މީޑިއާއަށް ދައްކާލަނީ

ފުޅާދާއިރާއެއްގައި މެކްސިކޯގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ބޮޑެއްކަމުގައިވާ ޖޯކުއިން "ޝޯރޓީ" ގަޒްމަންގެ 15 މިލިއަން ޑޮރަލު އެޤައުމުގެ ސިފައިން މިދިޔަ އަންގާރަދުވަހު ހިފަހައްޓައިފިއެވެ.

މެކްސިކޯގެ ސިފައިން ގަޒްމަންގެ ފައިސާ ހިފަހައްޓާފައިވަނީ އެމެރިކާއިން މެކްސިކޯގެ ބޯރޑަރުން އެޤައުމަށް މަސްތުވާތަކެތި އެތެރެކުރަމުން ދިޔަ ސިއްރު ބިންގަރާހެއް ހޯދާފައިވަނިކޮށެވެ. ބޭރުގެ ޚަބަރުފަތުރާ ވަސީލަތްތަކުން ހާމަކޮށްފައިވާގޮތުގައި ގުޒްމާނާއި ގުޅުން ހުރިކަމަށް ބުނާ 15 މިލިއަން ޑޮލަރު މެކްސިކޯގެ ސިފައިން ހިފަހައްޓާފައިވަނީ ޓިޖުއާނާ ސިޓީގެ ބޯރޑަރުކައިން އަތުލައިގަތް ކާރަކުންނެވެ.

މަޢުލޫމާތު ލިބިފައިވާގޮތުގައި މިއީ 2006 ވަނަ އަހަރު މެކްސިކޯގެ ރައީސް ފެލިޕޭ ކަލްޑްރަން އެޤައުމުގެ ސިފައިންނަށް މަސްތުވާތަކެތީގެ ވިޔަފާރިކުރަމުންދާ ގޭންގްތަކާއި ދެކޮޅަށް ނިކުތުމަށް ގޮވާލުމަށްފަހު މިގޭންގްތަކާއި ގުޅުމެއްވާ، ދެވަނައަށް އެންމެ ގިނަ ޢަދަދެއްގެ ފައިސާ ހިފަހައްޓާފައިވާ ފަހަރެވެ. ގުޒްމާންގެ އުފަން ސްޓޭޓްގެ ވެރިކަންކުރާ ޕްރޮވިންސްގައި 2008 ވަނަ އަހަރު ސިފައިންވަނީ 26 މިލިއަން ޑޮލަރު ހިފަހައްޓާފައެވެ.

ވޭތުވެދިޔަ ފަސް އަހަރުގެ ތެރޭގައި މެކްސިކޯގެ ސަރުކާރާއި އެޤައުމުގައި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ގޭންގްތަކާއި ދެމެދު ހިނގަމުން އަންނަ ކުރިމަތިލުންތަކުގައި މިހައިތަނަށް 45،000 މީހުން މަރުވެފައިވެއެވެ.

ގަޒްމަން އަކީ މެކްސިކޯގައި އެންމެ ފުޅާދާއިރާއެއްގައި މަސްތުވާތަކެތީގެ ބާވަތްތައްކަމުގައިވާ ކްރިސްޓަލް މެތާއި، ގަންޖާއާއި ކޮކެއިންގެ ވިޔަފާރިވެރިއާއެވެ. އޭނާ މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދައިފައިވާ މުއްސަނދިކަމުގެ ސަބަބުން އޭނާގެ ނަންވަނީ ފޯރބްސް މަޖައްލާގެ ދުނިޔޭގެ ބިލިއަނަރުންގެ ލިސްޓަށްވެސް އަރާފައެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.