ދިއިސްލާމް އެމެރިކާގެ ކޮވިންގްޓަންގައި ފުލުހުންގެ އެހީއަށް އެދުނު މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކޮވިންގްޓަންގައި ފުލުހުންގެ އެހީއަށް އެދުނު މީހަކު ހައްޔަރުކޮށްފި

އެމެރިކާގެ ކޮވިންގްޓަންގައި ފުލުހުންގެ އެހީއަށް އެދުނު މީހަކު ހައްޔަރުކޮށްފި

ކިޔާލަން ހޭދަވާނީ އެއް މިނިޓް

ފޮންޓް ސައިޒް

އެމެރިކާގެ ކޯވިންގްޓަން ޕޮލިސް ޑިޕާޓްމެންޓުގެ އޮފިސަރެއް އޭނާގެ ޕެޓްރޯލް ކާރު ކައިރީގައި

އެމެރިކާގެ ކޮވިންގްޓަންގައި މީހަކު އޭނާގެ ކާރުގެ ތެޔޮ ހުސްވެގެން ތެޔޮ އަޅަން އެސަރަޙައްދުގެ ފުލުހުންގެ އެހީތެރިކަމަށް އެދުމުން އޭނާ ހައްޔަރުކޮށްފިއެވެ.

ކޮވިންގްޓަންގެ ފުލުހުން އޭނާ ހައްޔަރުކޮށްފައިވަނީ ވަގު ލައިސަންސް ޕްލޭޓްތަކަކާއި މަސްތުވާތަކެތި ގެންގުޅުނުކަމުގެ ތުހުމަތުގައެވެ. ފުލުހުން ބުނެފައިވާ ގޮތުގައި 35 އަހަރުގެ އެރިކް ކަރޓަރ ކޮވިންގްޓަން ޕޮލިސް ޑިޕާޓްމަންޓަށް އައިސް އޭނާގެ ކާރުގެ ތެޔޮއެޅުމަށް ފުލުހުންގެ އެހީތެރިކަމަށް އެދިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު މެންދަމު 3 ޖެހިއިރެވެ.

ފުލުހުން ކަރޓަރގެ ކާރު އޮތް ހިސާބަށް ގޮސް ރޭޑިއޯ އޮޕަރޭޓަރަށް ގުޅުމުން އެކާރުގެ ލައިސަންސް ޕްލޭޓަކީ ވަގު ޕްލޭޓެއްކަން އެނގުނެވެ. ދެން ފުލުހުން އެކާރު ބަލައިފާސްކުރުމުން އިތުރު ވަގު ލައިސަންސް ޕްލޭޓަކާއި ހައިޑްރޯކޮޑޯން ނަމަކަށް ކިޔާ މަނާ ބޭސްފުޅިއެއްވެސް ފެނުނެވެ.

ފުލުހުން ކަރޓަރގެ ފަތިފުށް ބަލައިލުމުން އޭނާއަކީ ހެމޮންޑް ޕޮލިސް ޑިޕާޓްމަންޓުން ހޯދައިނުފެނިފައިވާ ކުށްވެރިއެއްކަންވެސް އެނގުނު ކަމަށް ފުލުހުން ހާމަކޮށްފައިވެއެވެ.

މި ޚަބަރަށް ތިޔަބޭފުޅުންގެ ވިސްނުން

ކޮމެންޓް (0)

ލޯޑް ކުރަމުން...

ކޮމަންޓް ޝާއިއު ކުރެވޭނީ އެޑިޓޯރިއަލް ޓީމުން ރިވިއުކުރުމަށްފަހު، ކޮމެންޓް ކުރުމުގެ މިންގަނޑުތަކަށް ފެތޭނަމަ އެވެ.